ހަސަން މުޖާހިދު
އިސްލާމިކް އެމިރޭޓް އޮފް އަފްޣާނިސްތާނާއި ރަޝިޔާއާ ދެމެދު ސޮއިކުރި އެއްބަސްވުމުގެ ސަބަބުން ކައިރި މުސްތަގުބަލެއްގައި އަފްޣާނިސްތާން އިތުރަށް ހަރުދަނާވެ، އަސްކަރީ އަދި ފަންނީ ފުޅާ ފައިދާތަކެއް ލިބިގެންދާނެ ކަމަށް ބެލެވެ އެވެ. އަފްޣާނިސްތާނުގެ ސަރަހައްދު އެއްވެސް ގައުމަކާ ދެކޮޅަށް ބޭނުން ނުކުރާނެ ކަމުގެ ޔަގީންކަން ބައިނަލްއަގުވާމީ މުޖުތަމައަށް އައިއީއޭ އިން ތަކުރާރުކޮށް ދީފައިވެ އެވެ.
އެހެންކަމުން ޕާކިސްތާނުގެ ވެރިކަމުން ރަޝިޔާއާއި އަފްޣާނިސްތާނާ ދެމެދު ވެފައިވާ އެއްބަސްވުމާމެދު ކަންބޮޑުވުން ފާޅުކޮށް، އެއީ އަމިއްލައަށް ނުރައްކަލެއްގެ ގޮތުގައި ދެކޭނަމަ، އެފަދަ ކަންބޮޑުވުން އުފެދިދާނީ އަފްޣާނިސްތާނުގެ ސަރަހައްދަށް އަރައިގަނެ، ކުރިއަށް އޮތްތަނުގައި ވެސް ރަނގަޅު ސުލްހަވެރި ނިޔަތެއް ގެންގުޅެން ގަސްތު ނުކުރާތީ އެވެ. މީގެ އިތުރުން ރަޝިޔާ ފަދަ ބޮޑު އަދި ބާރުގަދަ ގައުމަކާ ގުޅުން ދެމެހެއްޓުމަށް އައިއީއޭ އިން ތަހައްމަލު ނުކުރެވޭ ކަމަށް ފެންނަނީ، އެފަދަ ގުޅުންތަކަކީ އެގައުމުގެ މަގާމަށް ލިބުނު ވަރުގަދަ ގެއްލުމެއްގެ ގޮތުގައި ބަލާތީ އެވެ.
އަފްޣާނިސްތާނުގެ ސަލާމަތާއި ހަމަޖެހުމާއި ދިފާއީ ރައްކާތެރިކަމާއި، ކުރިމަތިވެދާނެ ނުރައްކަލަކަށް ތައްޔާރަށް ހުރުމަށްޓަކައި، އަފްޣާނިސްތާނުގެ ޤާބިލުކަން ހަރުދަނާކުރުމުގެ ޝަރުޢީ ހައްޤު ލިބިގެންވެއެވެ.
އައިއީއޭ އިން ހޯދަނީ ރަޝިޔާ، ޗައިނާ ނުވަތަ އެހެން ދައުލަތަކާ އެކު ވިޔަސް އިސްލާމީ އުސޫލުތަކާއި ގައުމީ މަސްލަހަތުތަކާއި ބެލެންސްޑް ޚާރިޖީ ސިޔާސަތުގެ އަލީގައި ހުރިހާ ގައުމަކާ އެކު އެކަށީގެންވާ އަދި ދެފަރާތަށް ފައިދާހުރި ގުޅުންތަކެއް ގާއިމްކުރުމަށެވެ.
ރަޝިޔާއާ ގުޅުން ބަދަހިވުމުގެ މުހިންމު އެއް ސަބަބަކީ އަފްޣާނިސްތާނުގެ މިހާރުގެ ސަރުކާރަށް ރަޝިޔާއަށް އިތުބާރު ލިބިފައިވުމެވެ. މީގެ ކުރިން ރަޝިޔާގައި މަސްތުވާތަކެތީގެ ވިޔަފާރިއާއި، އަމާންކަން ނެތުމާއި، އައިއެސްގެ ހަރަކާތްތަކާ ގުޅޭގޮތުން ކަންބޮޑުވުންތަކެއް ހުއްޓެވެ. ނަމަވެސް އައިއީއޭ އިން ވަނީ މި ގޮންޖެހުންތައް ހުއްޓުވައި ނައްތާލުމަށް، ލިބިފައިވާ ވަސީލަތްތަކުގެ ތެރެއިން، އަމަލީ ފިޔަވަޅުތައް އަޅާފައެވެ. ނަތީޖާއެއްގެ ގޮތުން ދެފަރާތުގެ ދެމެދުގައި އޮންނަ ދެފަރާތުގެ މެދުގައި އޮންނަ އިތުބާރު އިތުރުވެ، ކުރިއަށްވުރެ ދެފަރާތުގެ ގުޅުން ވަނީ ބަދަހިވެފައެވެ.
އިދިކޮޅު ބައެއް ފަރާތްތަކުން އައިއީއޭއަށް ފާޑުކިޔަނީ، ކުރިން ތާލިބާނުން ރަޝިޔާއާ އެކު ކުރީގެ ސަރުކާރުތަކުގެ ގުޅުން ކުށްވެރިކޮށް، އިސްލާމީ ނަޒަރަކުން އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ދެކި، މިހާރު އެމީހުން އަމިއްލައަށް ރަޝިޔާއާ ގުޅުން ބަހައްޓަމުން އަންނަ ކަމަށެވެ.
މި އިޢުތިރާޒަށް ރައްދުދީ، ކުރީގެ ސަރުކާރުތަކުގެ ގުޅުންތަކަކީ ބޭރުގެ ތަދައްޚުލުވުން ހަރުދަނާކުރުމަށް ޚިދުމަތްކުރާ ގުޅުންތަކެއްގެ ގޮތުގައި ދެކި، އެމީހުންގެ ނަޒަރުގައި، އެމީހުންގެ އަމިއްލަ މުސްލިމް ޤައުމާ ދެކޮޅަށް އޮތް ގުޅުންތަކެއް ކަމެވެ. ނަމަވެސް އައިއީއޭ އިން ބުނަނީ މިހާރު އޮތް ގުޅުންތައް ކުރިއަށް ގެންދަނީ ގައުމީ މަސްލަހަތާއި އިގްތިސާދީ ތަރައްގީ އާއި ސަލާމަތާއި ހަމަޖެހުމާއި އަފްޣާނިސްތާނުގެ ސަރަހައްދު ދިފާއު ކުރުމަށް ކަމަށެވެ.
ޝަރީޢަތުގެ ނަޒަރަކުން އިސްލާމީ ނޫން ޤައުމަކާ ގުޅުން ދެމެހެއްޓުން
އައިއީއޭއިން މިހާރު ދެކެނީ އެގައުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް ވަރުގަދަކޮށް، ކުރިމަތިވެދާނެ ހަނގުރާމަތަކާއި ހަމަނުޖެހުންތަކާ ދެކޮޅަށް ތައްޔާރަށް ހުރުމަކީ ވަރަށް ބޮޑު ކަމެއް ކަމަށެވެ.
އެއްފަރާތުން ބޭނުންތެރިކަމާއި ފައިދާއެއް އެބައޮތެވެ؛ އަނެއްކޮޅުން، ރަޝިޔާއާއި އައިއީއޭއާ ދެމެދު، ބޮޑު މިންވަރަކަށް އިތުބާރާއި ދެފަރާތުގެ ވިސްނުން އެބައޮތެވެ. މިއީ ޣައިރު މުސްލިމުންގެ ފަރާތުން އެއްބާރުލުން ހޯދުން ހުއްދަ ކަމާމެދު މަޝްވަރާކުރާއިރު އިސްލާމީ ގިނަ ފިޤުހުވެރިން ނަންގަވާފައިވާ ދެ ޝަރުތެވެ.
الله ގެ ރަސޫލާ (ޞޢވ) ހުނައިން ދުވަހު ސަފްވާން ބިން އުމައްޔާގެ ކިބައިން އެހީތެރިކަން ހޯއްދެވި ކަމުގެ ދަލީލެއްގެ ގޮތުގައި ހާޒިރުވާ ޤަދަރުވެރި ފިޤުހުވެރިންނެވެ. ހަމައެފަދައިން، މައްކާ ފަތަޙަކުރި އަހަރު، ޚުޒާޢަތުގެ ޤަބީލާއިންވެސް މުޝްރިކުން ކަމުގައި ވިޔަސް، ޤުރައިޝުންނާ ދެކޮޅަށް الله ގެ ރަސޫލާ (ޞޢވ) އާއި ގުޅިވަޑައިގަތެވެ.
ހުއްދަކަމަށް ނަންގަވާފައިވާ ދަލީލުތަކުގެ ތެރޭގައި އަދިވެސް މުޝްރިކެއްގެ ގޮތުގައި ހުރެގެން އުހުދު ދުވަހު ޞަޙާބީންނާއެކު ނުކުމެވަޑައިގެންނެވި ޤުޒްމާނުގެ މައްސަލަވެސް ހިމެނެއެވެ. ހަނގުރާމައިގެ ތެރޭގައި މުޝްރިކުންގެ ސަފުގެ ތެރެއިން ތިން މިންގަނޑު އުފުލާ މީހުން މަރާލިއެވެ. އެއަށްފަހު الله ގެ ރަސޫލާ (ޞޢވ) ޙަދީޘްކުރެއްވިއެވެ.
“ހަމަކަށަވަރުން الله ތަޢާލާ ބައެއް ފަހަރު ފާފަވެރިއެއް މެދުވެރިކޮށް މި ދީނަށް ތާއީދު ކޮށްދެއްވާފާނެއެވެ.”
ސީރާ (ނަބީ ބަޔޮގްރަފީ) ގެ ޢިލްމުވެރިން ކަށަވަރުކޮށްދެއްވާފައިވާ ފަދައިންނެވެ.
















































