ޕާކިސްތާނުގެ އަސްކަރީ ވެރިކަމުގެ ރައީސް އާސިފް އަލީ ޒަރުދާރީ ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ގަވަރުނަރުގެ ވެރިކަން ކަނޑައެޅުމަށް އާދީއްތަ ދުވަހު ސޮއިކޮށް އިއުލާންކޮށްފަ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ކެބިނެޓުގެ ލަފާގެ މަތިން އަމަލު ކުރައްވައި ޒަރުދާރީ ވަނީ ޕާކިސްތާނުގެ ގާނޫނު އަސާސީގެ 232 ވަނަ މާއްދާގެ ދަށުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވާފަ އެވެ. 234 ވަނަ މާއްދާގެ ދަށުން އަތޮޅުގެ ތަންފީޒީ ހުރިހާ ބާރެއް ވަނީ ގަވަރުނަރަށް ބަދަލުކޮށްފައެވެ.
މި ނިންމުމާއެކު ޕާކިސްތާން ތަހްރީކް-އެ-އިންސާފް (ޕީޓީއައި) ޕާޓީގެ އިސްވެރިކަމުގައި ހިންގާ ޚައިބަރު ޕަޚްތުންޚްވާގެ ޕްރޮވިންސް ސަރުކާރުގެ ބާރުތައް ނަގާލައި، ޕްރޮވިންސް އެސެމްބްލީ ވަނީ އުވާލާފައެވެ.
މީގެ ދިހަ ދުވަސް ކުރިން އަލްމިރްސާދުގެ މަސްދަރުތަކާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި އަސްކަރިއްޔާގެ ފުރިހަމަ ކޮންޓްރޯލް އޮންނަ ޕާކިސްތާނުގެ ފެޑެރަލް ސަރުކާރުން ކޭޕީގައި ކުއްލި ނުރައްކަލުގެ ހާލަތު ތަންފީޒުކޮށް ޕްރޮވިންޝަލް ސަރުކާރުގެ ބާރުތައް އަތުލަން ރާވަމުންދާ ކަމަށެވެ.











































