މަސްދަރުތައް: އަފްޣާނިސްތާނުގެ ވައިގެ ސިފައިންގެ އެއްވެސް ޑްރޯން ހަމަލާއެއް އަދި ދީފައިނުވާ ކަމަށާއި؛ ބަދަލު ހިފުމުގެ ވަގުތާއި ޠަބީޢަތް އަމިއްލަ އަަށް އިޚްތިޔާރުކުރާނެ ކަމެވެ.
ޕާކިސްތާނުގެ އަސްކަރީ ވެރިކަމާއި އެގައުމުގެ ޕްރޮކްސީ ގްރޫޕްތަކާ ގުޅުން ހުރި ޕްރޮޕެގެންޑާ އެކައުންޓްތަކުން ދަނީ އަފްޣާނިސްތާނުން ޕާކިސްތާނުގެ ކޮންޓްރޯލްގެ ދަށުގައިވާ ސަރަހައްދުތަކަށް ޑްރޯން ހަމަލާތަކެއް ދީފައިވާ ކަމުގެ އަޑުތައް ފެތުރެމުންނެވެ.
އިތުބާރު ހުރި މަސްދަރުތަކުން މި އަޑުތަކަކީ ދޮގު ވާހަކަތަކެއް ކަމަށާއި، ޕާކިސްތާނުގެ އަސްކަރީ ވެރިކަން ބިރުވެރިކަމުގެ ތެރޭގައި ޖެހިފައިވާ ކަމަށާއި ނުވަތަ ބަދަލު ހިފުމުގެ ހަމަލާތަކުން ރެކުމަށް މިކަން ބޭނުން ކުރަނީއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަފްޣާނިސްތާނުން މިހާތަނަށް ޑްރޯން ހަމަލާއެއް ދީފައި ނުވި ނަމަވެސް އުދުވާނީ އަމަލުތަކަށް ރައްދު ދިނުމުގެ ހައްގު އެގައުމަށް ލިބިގެންވާއިރު، އެއްވެސް ހަމަލާއެއްގެ ބާވަތާއި ވަގުތު އަމިއްލައަށް އިޚްތިޔާރު ކުރާނެ އެވެ.
ރަދުލް ޒުލްމްގެ އޮޕަރޭޝަންތަކުގެ ތެރޭގައި އަފްޣާނިސްތާނުގެ ވައިގެ ސިފައިންގެ ޑްރޯންތައް ހުއްޓުވުމުގެ ގާބިލްކަން ޕާކިސްތާނުގައި ނެތްކަން ސާފުވި އެވެ. އަފްޣާނިސްތާނުގެ ވައިގެ ސިފައިން ބޭނުން ވަގުތެއްގައި ޕާކިސްތާނުގެ އަސްކަރީ ވެރިކަން ކޮންޓްރޯލްކުރާ ސަރަހައްދުތަކުގެ ކޮންމެ ތަނެއްގައި ވެސް ސީދާ ގޮތެއްގައި އަމާޒަށް ހަމަލާދެވޭނެ ކަމަށާއި، އިންޝާالله ކުރިއަށް އޮތްތަނުގައި ގިނަ ހިސާބުތައް ގޯސްކަން ސާބިތުވާނެ ކަމަށެވެ.













































