އަކްބަރު ޖަމާލް
އިސްލާމިކް އެމިރޭޓް އޮފް އަފްޣާނިސްތާން (އައިއީއޭ) އާއި އެމެރިކާއާ ދެމެދު ވެވުނު ދޯހާ އެއްބަސްވުމުގައި ޝަރުތެއް ހިމަނާފައި ވަނީ “އެމެރިކާ އާއި އެމެރިކާގެ އެކުވެރި ގައުމުތަކާ ދެކޮޅަށް އަފްޣާނިސްތާނުގެ ސަރަހައްދު އެއްވެސް މީހަކު ބޭނުން ނުކުރާނެ ކަމަށާއި އައިއީއޭ އިން ވެސް އެކަން ކުރުމުގެ ފުރުސަތު އެއްވެސް މީހަކަށް ނުދޭނެ” ކަމަށެވެ. މި ޝަރުޠުގެ ދީނީ އަދި ސިޔާސީ ޙާލަތު ދެނެގަތުމަށްޓަކައި ގިނަ ފަހަރަށް އުފެދެނީ އަސާސީ ސުވާލެކެވެ: އިސްލާމްދީނާއި ޝަރީޢަތުން ވަކި މުއްދަތަކަށް ކުފްރާ ދެކޮޅަށް ހަނގުރާމަކުރުން ހުއްޓުވުން، ނުވަތަ ހަނގުރާމައަކަށް ނުވަނުމަށް އެއްބަސްވުމެއް ހެދުން ހުއްދަ ހެއްޔެވެ؟
މި ސުވާލާއި އެކަމާ ގުޅިފައިވާ މައްސަލަތައް ރަނގަޅަށް ދެނެގަތުމަށްޓަކައި، ޖަޒުބާތީ އަދި ފަށުވި ޙުއްޖަތްތަކުން ބޭރަށް ބަލައި، އިސްލާމީ ޝަރީޢަތާއި، ރަސޫލާގެ ސީރާއާއި، ޚާއްޞަކޮށް ހުދައިބިއްޔާގައި ގެންގުޅުނު ޙިކުމަތްތެރި އުސޫލާއި، އިސްލާމީ ފިޤުހުގައި ޤަބޫލުކުރެވޭ އިނާޔަތްތަކާއި، މިހާރުގެ ޒަމާނުގެ ޖިއޮޕޮލިޓިކަލް ހަޤީޤަތްތައް ބަލަންޖެހެއެވެ. މިކަމުން އެއް ކަމެއް ސާފުވެގެންދެއެވެ: އިސްލާމްދީނުގައި ހަނގުރާމައަކީ ވަގުތީ ކަމެއް ކަމުގައި ވާއިރު، ސުލްހައަކީ ދައުލަތެއްގެ ފިކުރީ، އިޤްތިޞާދީ އަދި އިދާރީ ޤާބިލުކަން ހަރުދަނާކުރެވޭނެ ހަގީގީ އަދި ދެމިއޮންނަ މަޤްޞަދެވެ.
މި ސަބަބަށްޓަކައި މި މަޝްވަރާ ފެށުމުގެ ކުރިން ޚުދު އެ މާއްދާގެ ބަސްތަކާއި މުހިންމު މަދު ނުކުތާތަކެއް ދެނެގަތުން މުހިންމެވެ. އެ މާއްދާގައި ބުނެފައި ވަނީ “އެމެރިކާ އާއި އެމެރިކާގެ އެކުވެރި ގައުމުތަކާ ދެކޮޅަށް އަފްޣާނިސްތާނުގެ ބިން އެއްވެސް މީހަކު ބޭނުން ނުކުރާނެ ކަމަށާއި އައިއީއޭ އިން އެއްވެސް މީހަކަށް އެކަން ކުރުމުގެ ފުރުސަތު ނުދޭނެ” ކަމަށެވެ.
މިހާރު އުފެދޭ ސުވާލަކީ މިއީ: ވަކި މުއްދަތަކަށް ކުފުރާ ދެކޮޅަށް ކުރާ ހަނގުރާމަ ހުއްޓުވުމުގެ އެއްވެސް އަސާސެއް އިސްލާމްދީނުގައި އެބައޮތް ހެއްޔެވެ؟ އެހެން ގޮތަކަށް ބުނާނަމަ، މި ޝަރުޠު، މޫނުމަތިން ބަލާއިރު، ޤިޔާމަތް ދުވަހާއި ހަމައަށް ޖިހާދު ދޫކޮށްލުން ކަމަށް ފެނޭ ހެއްޔެވެ؟
މިތަނުގައި ވިސްނަންޖެހޭ އެއް ނުކުތާއަކީ، އައިއީއޭ އަކީ ދިފާޢުވުމަށް ހުރަސްއެޅޭނެ ގޮތަކަށް މި ޝަރުޠުގެ މައްޗަށް ބަނދެވިފައިވާ ތަނެއް ނޫނެވެ. އެކަމަށް ބޭނުންވެއްޖެނަމަ، އައިއީއޭއަށް އެގައުމުގެ ސަރަހައްދު އަމިއްލަ ދިފާއުގައި ބޭނުންކުރުމުގެ ފުރިހަމަ ގާނޫނީ، ދީނީ އަދި ބުއްދިވެރި ހައްގު ލިބިގެންވާއިރު، އެ ހައްގު އެއްވެސް ބާރަކަށް އެ ހައްގު އަތުން ނަގާކަށް ނުކެރޭނެ އެވެ.
މި ސަބަބަށްޓަކައި މި ޝަރުތަކީ “ހައްދެއް ނެތް ހަނގުރާމަ ހުއްޓާލުމެއް” ކަމަށް ދެނެގަތުމަކީ ރަނގަޅު ކަމެއް ނޫން ކަމަށާއި، މިފަދަ މާނަކުރުމަކީ އެއްބަސްވުމުގެ ރޫހާ ގުޅޭ ކަމެއް ވެސް ނޫން ކަމަށެވެ. “އެއްބަސްވުމުގެ ދަށުން އެމެރިކާ އާއި އެމެރިކާގެ އެކުވެރި ގައުމުތަކާ ދެކޮޅަށް އަފްޣާނިސްތާނުގެ ސަރަހައްދު ބޭނުން ކުރުމުގެ ފުރުސަތު ނުދިނުން” އާއި “ހައްދެއް ނެތް ހަނގުރާމަ ހުއްޓާލުމަކީ” ތަފާތު ދެ ކަމެއް ކަމަށާއި އޮޅުން ބޮޅުން ވެގެން ނުވާނެ ކަމަށެވެ.
މިހާރު، މުހިންމު ދެތިން ނުކުތާއެއް:
ފުރަތަމަ ކަމަކީ އިސްލާމީ ނަޒަރަކުން ބަލާއިރު ހަނގުރާމައަކީ ވަގުތީ ގޮތުން ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައި ވާއިރު، ސުލްހައަކީ ދެމިއޮންނަ މަޤްޞަދެކެވެ.
ދެވަނަ ކަމަކީ، ރަސޫލާ މުޙައްމަދު ޞައްލަالله ޢަލައިހި ވަސައްލަމަ ވިދާޅުވެފައިވަނީ ޤިޔާމަތް ދުވަހާއި ހަމައަށް ޖިހާދު ދެމިއޮންނާނެ ކަމަށެވެ. އެހެންކަމުން އަޅުގަނޑުމެން ހަނދާންކުރަންޖެހޭ ކަމަކީ ޖިހާދުގެ ބޭނުމަކީ ފިތުނަ ނައްތާލުމެވެ. ކީރިތި ޤުރުއާނުގައި ވެއެވެ.
﴿وَقَاتِلُوهُمْ حَتّىٰ لَا تَكُونَ فِتْنَةٌ﴾
“އަދި ފިތުނައެއް ނެތްހާ ހިނދަކު އެމީހުންނާ ހަނގުރާމަ ކުރާށެވެ.”
އިސްލާމީ ނަޒަރަކުން ބަލާއިރު، ނުބައި ޢަމަލުތަކެއްގެ ސަބަބުން ނުވަތަ ކުފުރެއްގެ ސަބަބުން ވިޔަސް ނުރަނގަޅުކަމާއި ކޮރަޕްޝަނަކީ ފިތުނައެއް ކަމުގައި ބެލެވެއެވެ. އެކަން ނައްތާލުމަށް ޖިހާދު ބޭނުންވި ކޮންމެ ތަނެއްގައި ޖިހާދު ދެމިއޮންނާނެ.
ފިޤުހުގައިވާ ގޮތުން ޖިހާދުގެ މަޤްޞަދުތަކުގެ ތެރޭގައި ދިފާޢުކުރުމާއި، އަނިޔާވެރިކަން ނިމުމަކަށް ގެނައުމާއި، އިސްލާމީ ދައުލަތުގެ މަސްލަހަތު ހިމާޔަތްކުރުމާއި، އިސްލާމީ ސަރަޙައްދު ފުޅާކުރުން ހިމެނޭ ނަމަވެސް، މި މަޤްޞަދުތައް ޙާޞިލުކުރަންޖެހޭ ގޮތް އިތުރަށް ފުންކޮށް ވިސްނަންޖެހެއެވެ. އިސްލާމީ ދައުލަތެއް ޤާއިމުވެއްޖެނަމަ، މި މަޤްޞަދުތައް ޙާޞިލުކުރެވޭނީ ކޮން އިރަކު އަދި ކިހިނެއްތޯއެވެ؟
ހަނދާންކުރަންޖެހޭ ކަމަކީ، ދިފާޢީ ދާއިރާއިން، އަނިޔާވެރިކަން ނިމުމަކަށް ގެނައުމާއި، އިސްލާމީ ދައުލަތުގެ މަސްލަހަތު ހިމާޔަތްކުރުމުގެ ދާއިރާއިން އައި.އީ.އޭގެ މަޤްޞަދުތައް، ކޮންމެވެސް މިންވަރަކަށް ޙާޞިލުކޮށްފައިވާކަމެވެ. އެކަމަކު އިސްލާމީ ސަރަޙައްދު ފުޅާކުރުންފަދަ މަޤްޞަދުތަކުގެ ވާހަކަ ދައްކާއިރު އިސްލާމްދީނަށް ބޭނުންވަނީ އެކަށީގެންވާ ބާރާއި އެކަށީގެންވާ ޝަރުޠުތަކެކެވެ.
އިސްލާމީ ދައުލަތަކުން މިހާރުގެ ބޯޑަރުތަކުން ބޭރަށް ގޮސް އެހެން ސަރަހައްދުތައް އެ ދައުލަތެއްގެ ސަރަހައްދަށް ގެންނަން ބޭނުންނަމަ، އަނެއް ފަރާތުން އަތުވެދާނެ ރިއެކްޝަނުން ދިފާއުވުމުގެ ގާބިލްކަން ވެސް އޮންނަން ޖެހެ އެވެ. އެހެންކަމުން، އެކަމަށް ބޭނުންވާ ބާރާއި ދިފާޢީ ޤާބިލުކަން އޮތުމުން، އުދުވާނީ ނުވަތަ ފުޅާކުރުމުގެ ޖިހާދުވެސް ކުރެވިދާނެއެވެ. އެކަމަކު އަމިއްލަ ނަފްސު ދިފާއު ކުރުމުގެ ގާބިލްކަން ނެތް ނަމަ، އޮފެންސިވް ޖިހާދު ފެށުމަކީ ޝަރީއާ ބުނާ ގޮތުން ބުއްދިވެރި ކޯހެއް ނޫނެވެ. ޖިހާދުގެ މުހިއްމު އެއް ޝަރުތަކީ އިސްތިތާޢާ، އެކަމަށް ބޭނުންވާ ބާރާއި ޤާބިލުކަމެވެ.
މިއީ ވެސް، މުސްލިމެއްގެ މައްޗަށް ޖިހާދު ފަރުޟުވުމުން، އެއް ޝަރުތަކީ، ޖިހާދަށް ނިކުންނައިރު، އާއިލާގެ ބޭނުންތައް ފުއްދައިދޭވަރަށް މުއްސަނދިކަން ދޫކޮށްލުމެވެ.
މި މިސާލުގެ ސަބަބުން ޑިފެންސިވް ކެޕޭސިޓީގެ މުހިންމުކަން ފަސޭހައިން ވިސްނޭނެއެވެ. އެހެން ގޮތަކަށް ބުނާނަމަ އަމިއްލަ ނަފްސު ދިފާއުކުރުމުގެ ބާރާއި ޤާބިލުކަން ލިބެންދެން ފިޔަވަޅު އެޅުމަކީ ރަނގަޅު މަގެއް ނޫން ކަމަށާއި އިސްލާމީ މަސްލަހަތުތަކުގެ އަލީގައި ބަލައިގަނެވޭނެ ކަމެއް ކަމަށް ނުބެލެވޭނެ ކަމަށެވެ. އެމީހެއްގެ އަތުގައި މިހާރު ހުރި އެއްޗެއް ދިފާޢުކުރުމުގެ ޤާބިލުކަން ނެތްނަމަ، ފަހެ، الله ނަހީކުރައްވާ، އެ އެއްޗެއް ގެއްލުމުގެ ނުރައްކާވެސް އެބައޮތެވެ.
މިހާރު ހަނގުރާމަ ހުއްޓާލުމުގެ މުހިންމު މައްސަލައަށް އަނބުރާލަމާ ހިނގާށެވެ.
ދޯހާ އެއްބަސްވުމުގައި މި މާއްދާގެ ޝަރީޢަތުގެ ދަރަޖައާއި، ގެންގުޅޭ އުސޫލުގެ ފަހަތުގައިވާ ޙިކުމަތް ދެނެގަތުމަށްޓަކައި، ޖަޒުބާތުން ކުރިއަށް ގޮސް، އިސްލާމީ ޝަރީޢަތުގެ މަޤްޞަދުތަކާއި، ރަސޫލާ (ޞޢވ) ގެ ސިޔާސީ އުސޫލާއި، މިހާރުގެ ޒަމާނުގެ ޖިއޮޕޮލިޓިކަލް ހަޤީޤަތްތައް ބަލަންޖެހެއެވެ.
ވަކި މުއްދަތަކަށް ހަނގުރާމަ ހުއްޓާލުމާ ބެހޭ ގޮތުން ޝަރީއަތުން ކުރާ ހުކުމާ ބެހޭ ގޮތުން މުޖުތަމައުގައި ގިނައިން އުފެދޭ ސުވާލުގެ ފަހަތުގައި އޮތީ ކާފަރުންނާ އެކު ހަނގުރާމަ ހުއްޓާލުމަކީ ކަނޑައެޅިފައި ނުވާ ނުވަތަ ހުޅުވާލެވިފައިވާ ނިމުމަކަށް ވުރެ ކޮންމެހެން ވަގުތީ އަދި ކަނޑައެޅިފައިވާ މުއްދަތަކަށް ވާންޖެހޭނެ ކަމަށް ހީކުރުމެވެ. އެހެން ގޮތަކަށް ބުނާނަމަ މި ސުވާލު އުފައްދާ މީހުން ގަބޫލުކުރާ ގޮތުގައި “ހަނގުރާމަ ހުއްޓާލުމަކީ ހަމައެކަނި ވަގުތީ ކަމެއް ކަމަށާއި، ސުލްހައަކީ ހަމައެކަނި ކުރު މަޑުޖެހުމެއް” ކަމަށެވެ.
އެކަމަކު މި ވިސްނުމަކީ އިސްލާމީ އުނގަންނައިދިނުންތަކުގެ ފުރިހަމަ އަދި ފުން ކިޔުމަކަށް ނުފެތޭ ކަމެކެވެ. އިސްލާމީ ނަޒަރަކުން ބަލާއިރު ސުލްހައަކީ ދެމިއޮންނަ ޟަރޫރަތެއް ކަމުގައި ވާއިރު ހަނގުރާމައަކީ ވަގުތީ ޝަރުޠެކެވެ.
އަދި ކާފަރުންނާއެކު ހަނގުރާމަ ހުއްޓާލުމުގެ މުއްދަތު ބިނާވެފައި އޮންނަނީ އިސްލާމީ ދައުލަތުގެ ހާލަތާއި އަތުގައި އޮތް ޝަރުޠުތަކުގެ މައްޗަށެވެ. ޝާފިޢީ ފިޤުހުގައި ޢާންމުކޮށް ވިސްނޭ ގޮތުގައި ސުލްޙަވެރިކަމުގެ މުއްދަތަކީ ދިހަ އަހަރަށް ނިސްބަތްވާ މުއްދަތެއް ކަމުގައި ވާއިރު، އެއީ ހުދުއިބިއްޔާގެ މުޢާހަދާގެ މައްޗަށެވެ. ނަމަވެސް ހަނަފީ ފިގުހުގައި އާންމު މަސްލަހަތާއި ވަރުގަދަކަމާއި ހާލަތަށް ބަލައިގެން ފަސޭހަކަމާއި އިތުރުކުރުމުގެ ޖާގަ އެބައޮތެވެ.
އެހެންކަމުން އިސްލާމީ ދައުލަތަކުން އެ ދައުލަތެއްގެ ޙާލަތު ފަރުވާތެރިކަމާއެކު ވަޒަންކުރުމަށްފަހު، އެ މުއްދަތު ކުރުކުރަންޖެހުނަސް ނުވަތަ ދިގުކުރަންޖެހުނަސް، އާންމު މަސްލަހަތަށް ބަލާފައި އެކަށީގެންވާ މުއްދަތެއް ކަނޑައަޅައިފާނެއެވެ.
ސަބަބަކީ، އިސްލާމްދީނުގައި ހަނގުރާމައަކީ އޭގެ ޒާތުގައި ނިމުމެއް ނޫނެވެ. އެއީ ފިތުނައާއި ހަމަނުޖެހުން ނައްތާލުމަށް ކޮންމެހެން ޖެހޭ އަދި ވަގުތީ ޟަރޫރަތެކެވެ. އަނެއްކޮޅުން ސުލްހައަކީ ހޯދޭ ހަގީގީ އަދި ދެމިއޮންނަ ޝަރުތަކީ، އިސްލާމްދީނަށް ގޮވާލުން ފޯރުކޮށްދީ، އިންސާނީ ފުރާނަ ރައްކާތެރިކޮށް، އިސްލާމީ ނިޒާމެއްގެ އަމަލީ ފައިދާ ދުނިޔެއަށް ދައްކާލެވޭނެ ޝަރުތެކެވެ.
ކީރިތި ޤުރުއާނާއި ރަސޫލާ (ޞޢވ) ގެ ސުންނަތުން އަޅުގަނޑުމެންނަށް މި އިރުޝާދު ދެއްވައެވެ: ދުޝްމަނުން ސުލްޙައަށް ޝައުގުވެރިކަން ދައްކާއިރު، އިސްލާމީ ދައުލަތުންވެސް އެކަން ޤަބޫލުކުރަންޖެހޭނީ ޢާންމު މަސްލަހަތަށް ރިޢާޔަތްކޮށްގެންނެވެ. الله ތަޢާލާ ޙަދީޘްކުރައްވައެވެ.
﴿وَإِنْ جَنَحُوا لِلسَّلْمِ فَاجْنَحْ لَهَا وَتَوَكَّلْ عَلَى اللَّهِ﴾
“އަދި އެމީހުން ޞުލްޙައަށް ޖެހިއްޖެނަމަ، އެކަމަށް [އަދިވެސް] ޖެހޭށެވެ، الله އަށް ބަރޯސާވާށެވެ.” (އަލްއަންފާލް: 61)
މި އާޔަތުގައި ޞުލްޙަ ޤަބޫލުކުރުމާއި، މާތްالله އަށް ބަރޯސާވުމާ ގުޅުވައިދެއެވެ. އެ ސުލްހަ ދެމިއޮންނާނީ ކިހާ ދުވަހަކު ކަމެއް ކަނޑައެޅިފައެއް ނުވެއެވެ.















































