ލިޔުނީ ޑރ.ރެހާން
ޤައުމުތަކުގެ މެދުގައި އޮންނަ އަސާސީ އެއް އުސޫލަކީ ދައުލަތެއްގެ ސަރަޙައްދު ނުވަތަ ސިޔާސަތުތައް ބޭނުންކޮށްގެން އަވަށްޓެރި ޤައުމުތަކަށް ނުވަތަ ސަރަޙައްދުގެ އެހެން ޤައުމުތަކަށް ގެއްލުން ނުދިނުމެވެ. ނަމަވެސް ފިތުނައާއި ޚިޔާނާތުގެ ތެރެއިން އުފަންވާ ވެރިކަންތަކުން އަބަދުވެސް މަސައްކަތް ކުރަމުން އައީ އަވަށްޓެރި ދައުލަތްތަކާ ދެކޮޅަށް އެމީހުންގެ ފަސްގަނޑާއި ސިޔާސަތުތައް ބޭނުންކޮށް، އެ ދައުލަތްތަކަށް ނުރައްކާތައް އުފެއްދުމަށެވެ.
ޕާކިސްތާނުގެ އަސްކަރީ ވެރިކަމުގެ ހިމާޔަތުގައި ޕާކިސްތާނުގެ ސަރަހައްދުން ހިންގަމުން އައި ކަމަށް އަމިއްލައަށް އިއުތިރާފުވުމާއެކު އެކި ގައުމުތަކުގެ ދާޢިޝްގެ މުހިންމު ބައެއް ފަރާތްތައް ހައްޔަރުކުރުމަކީ ޕާކިސްތާނުގެ ބިން މުޅި ސަރަހައްދުގެ ގައުމުތަކާ ދެކޮޅަށް ބޭނުން ކުރަމުންދާ ކަމުގެ އިތުރު ހެއްކެކެވެ.
ފާއިތުވި ދެތިން އަހަރު ތެރޭގައި އަފްޣާނިސްތާނުގެ އިސްލާމިކް އެމިރޭޓް (އައިއީއޭ) އިން ވަނީ ދާޢިޝްގެ ގިނަ އަދަދެއްގެ މެމްބަރުންނާއި ހަމަލާދޭ މީހުން އަތުލައިގަނެފައެވެ. އެމީހުންގެ އިއުތިރާފުތަކުގައި ތަކުރާރުކޮށް ބުނެފައިވަނީ ޕާކިސްތާނުގެ އެކި ހިސާބުތަކުގައި ތަމްރީނު ލިބިފައިވާ ކަމަށާއި އެގައުމުގެ ތެރޭގައި ހުރި އަސްކަރީ އަދި ޖާސޫސީ ދައުރުތަކުން ފުރިހަމަ ތާއީދާއި ތަމްރީނު ލިބިފައިވާ ކަމަށެވެ. މި އެއްބަސްވުންތަކަކީ މިފަދަ ދައުވާތަކުގެ ފަހަތުގައި ގިނަވަމުން އަންނަ ހެކިތަކުގެ ބައެކެވެ.
ތުރުކީގެ އެމްއައިޓީން ހައްޔަރުކޮށްފައިވަނީ ތުރުކީގެ އެތެރޭގައި އެ ޖަމާއަތުގެ މީޑިއާ ޕްރޮޕެގެންޑާ ހަރަކާތްތަކުގެ ޒިންމާ އުފުލާ ދާޢިޝްގެ މެމްބަރެކެވެ. އެމީހުންގެ ތަމްރީނާއި ރެޒިޑެންޝަލް ސެންޓަރުތައް ހުންނަނީ ޕާކިސްތާނުގެ ބަލޫޗިސްތާނުގައި ކަމަށް އޭނާ އިއުތިރާފުވެ އެވެ. މީގެ ކުރިން އައިއީއޭ އިން ވަނީ މި މަރުކަޒުތަކާ ބެހޭ ލިޔެކިޔުންތައް ހުރި ރިޕޯޓްތަކާއި ހަރުކަށި ހެކިތައް ބައިނަލްއަގްވާމީ މުޖުތަމައުއާ ހިއްސާކޮށް، ތުރުކީގެ މެދުވެރިކަމުގެ ތެރެއިން ޕާކިސްތާނުގެ ވެރިކަމާ އެކު ކުރި މަޝްވަރާތަކުގައި މި މައްސަލަ އުފުލާފަ އެވެ. ތުރުކީގައި ހައްޔަރުކުރި ދާޢިޝްގެ ޕްރޮޕެގެންޑާ ޗީފް އަޙްމަދު ކަޒާންޗީގެ އިޢުތިރާފު ހިމެނޭ ގޮތަށް މިހާރު ލިބިފައިވާ ހެކިތަކުން އަފްޣާނިސްތާނުގެ ޖާސޫސީ ވަސީލަތްތަކުގެ ޞައްޙަކަމާއި ސަމާލުކަމާއި އިތުބާރު ކުރެވޭކަން ކަށަވަރުވެގެންދެއެވެ.
ޕާކިސްތާނުގެ އަސްކަރީ ވެރިކަން މިގޮތަށް ބޭނުންކޮށްފައިވަނީ ހަމައެކަނި އެގައުމުގެ ސަރަހައްދު ނޫނެވެ. އަދި ބައިނަލްއަގްވާމީ އެއްބަސްވުންތަކާއި، ވައުދުތަކާއި، ޚާރިޖީ ސިޔާސަތުގެ އުސޫލުތަކާ ފާޅުގައި ހިލާފުވެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. މިފަދަ އަމަލުތައް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރިއަށްދާއިރު، މިއީ އެމެރިކާއާއި އިސްރާއީލުގެ މަސްލަހަތަށް ޚިދުމަތް ކުރުމަށް ވެރިކަން ތައްޔާރަށް އޮތްކަން ދައްކުވައިދޭ ކަމެކެވެ. އެމެރިކާއާއި އެގައުމުގެ އެކުވެރި ގައުމުތަކާ ޚިލާފުވާ ކޮންމެ ތަނެއްގައި ވެސް ޕާކިސްތާނުގެ އަސްކަރީ ވެރިކަން، ފާޅުގައި އަދި ފޮރުވިފައިވާ ދައުރުތަކުގައި ވެސް، އެގައުމާ ދެކޮޅަށް ނުތަނަވަސްކަމާއި ކޯޅުންތައް އުފެއްދުމުގައި ދައުރެއް އަދާކުރެ އެވެ.
ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި އަފްޣާނިސްތާނާއި ތުރުކީގައި ލޭއޮހޮރުވާލުމުގެ އޮޕަރޭޝަންތައް ރާވައި ހިންގަމުން އަންނަނީ ހަމައެކަނި ދާޢިޝްއިން ނޫނެވެ. އަދި އަފްޣާނިސްތާނާ އެކު ވަރުގަދަ ގުޅުމާއި މަސްލަހަތު ހިއްސާކުރާ ގައުމުތަކަށް ކާބުލަށް ޝައްކުކޮށް، އެގައުމަށް ކުރާ އިތުބާރު ދަށްކުރުމުގެ މަގުސަދުގައި ރަޝިޔާ ހިމެނޭ ގޮތަށް ސަރަހައްދީ އެހެން ގައުމުތަކާ ދެކޮޅަށް ވެސް މިފަދަ ޕްލޭންތަކާއި ހަރަކާތްތައް ހިންގާފައިވެ އެވެ.














































