އަބޫ އުމައިރުލް އަފްޣާނީ
ދާޢިޝްގެ ލީޑަޝިޕް އެކުލެވިގެންވަނީ ބަޢަޘީ ސެކިއުލަރިސްޓުންނާއި ޚަވާރިޖު ފިކުރުވެރިންގެ ޕާޓްނަރޝިޕަކުންނެވެ. އޭގެ އެންމެ އިސް ފަރާތްތަކުގެ ތެރޭގައި ތިރީގައި މިވަނީއެވެ.
1. ދާޢިޝްގެ ޖުމްލަ ލީޑަރު އަބޫބަކުރު އަލް ބަޣްދާދީ ނުވަތަ އެބޭފުޅުން “ޚަލީފާ” އޭ ކިޔާ އެއްޗެއް.
އޭނާގެ އަސްލު ނަމަކީ އިބްރާހިމް އަލްބަދްރީ އަލް ސަމަރައިގެ ނަމުން ވެސް މަޝްހޫރު އިބްރާހިމް އައްވަދު އެވެ. ބަޢަޘީންގެ ވެރިކަމުގައި އިސްލާމިކް ޔުނިވަރސިޓީ އޮފް ބަޣްދާދުން އިސްލާމިކް ސްޓަޑީޒްގެ ދާއިރާއިން ޑޮކްޓަރުގެ ޑިގްރީ ހާސިލް ކުރެއްވިއެވެ. ކިޔެވުން ނިންމުމަށްފަހު ސައްދާމް ހުސެއިންގެ ސަރުކާރު ވެއްޓުމާ ހަމައަށް އިމާމެއްގެ ގޮތުގައި އަދި ޔުނިވާސިޓީގެ ލެކްޗަރާއެއްގެ ގޮތުގައި ހުންނެވިއެވެ.
2003 ވަނަ އަހަރާ ހަމައަށް ބައިނަލްއަގްވާމީ އެއްވެސް ޖިހާދީ ހަރަކާތަކާ ގުޅުމެއް ނެތް ކަމަށާއި، ދުނިޔޭގެ ޚިލާފަތެއް ނުވަތަ ދުނިޔޭގެ ޖިހާދެއްގެ ޚިޔާލު ވެސް ގަބޫލު ނުކުރައްވާ ކަމަށެވެ. ސަބަބަކީ ސާދާ ކަމެކެވެ. ބަޢަޘީންގެ ވެރިކަމުގައި ހުރިހާ އިމާމުންނާއި ދީނީ މުދައްރިސުންވެސް ހަރުކަށި ފާރަވެރިކަމެއްގެ ދަށުގައި ބެހެއްޓިއެވެ. ހަމައެކަނި ޖިހާދީ ނުވަތަ ޚިލާފަތަށް ޚާއްޞަ ވިސްނުންތަކެއް ގެންގުޅުނު މީހަކަށް ދުވަހަކުވެސް އިމާމެއްގެ ގޮތުގައި ނުވަތަ ލެކްޗަރާއެއްގެ ގޮތުގައި ޚިދުމަތް ކުރުމުގެ ހުއްދައެއް ނުދެވުނެވެ. ޔޫއޭއީ، ސައުދީ އަރަބިއްޔާ، އަދި ކުވައިތުގައި ވެސް މިއަދު މިއޮތް ހާލަތާ ވަރަށް ވައްތަރު ކަމަށާއި އެފަދަ ވިސްނުންތަކެއް ހުރި އިލްމުވެރިންނަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.
އަނެއް ނުކުތާއަކީ އަބޫބަކުރު ބަޣްދާދީ އަކީ ބަދުރީ ދަރިކޮޅުގެ ސުންނީ ޢަރަބިއެއް ކަމެވެ. އެހެނަސް ދާޢިޝް، ސީއައިއޭ އާއި އެކު، އޭނާއަކީ ޤުރައިޝް ޤަބީލާއަށް ނިސްބަތްވާ ކަމަށް ބުނާ ދޮގު ވާހަކަ ޕްރޮމޯޓް ކުރިއެވެ. ހަގީގަތް ސާފު. ބަދުރީ ޤަބީލާއަކީ ލޯކަލް އިރާޤުގެ ޤަބީލާއެއް ކަމަށާއި، ހިޖާޒުންގެ ޤަބީލާއެއް ނޫން ކަމަށާއި، އެއީ ހިޖާޒުންގެ ޤަބީލާތަކާ ނުވަތަ ޤުރައިޝް ޤަބީލާތަކާ ގުޅިފައިވާ އެއްވެސް ހެއްކެއް ނެތް ޤަބީލާއެކެވެ.
2. އަބޫ މުސްލިމް އަލްތުރުކްމާނީ
އޭނާގެ އަސްލު ނަމަކީ ފާދިލް އަހުމަދު އަބްދުﷲ އަލް ހިޔާލީ އެވެ. އޭނާ ވަނީ ބަޣްދާދީގެ ނައިބުގެ މަގާމު އަދާކުރައްވާފައެވެ. ދާޢިޝް އާއި ގުޅުމުގެ ކުރިން އޭނާ ވަނީ ބަޢާޘް ޕާޓީގެ މެންބަރެއްގެ އިތުރުން ސެކިއުލަރިސްޓެއްގެ އިތުރުން ސައްދާމް ހުސެއިންގެ ލަޝްކަރުގެ ޖެނެރަލެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ. ސައްދާމްގެ ސްޕެޝަލް ފޯސްތަކުގެ ކޮމާންޑަރެއްގެ ގޮތުގައި ހުންނެވި އިރު، އޭނާއަކީ ބަޢާސް ޕާޓީގެ ތެރޭގައި ހަރަކާތްތެރިވާ ބޭފުޅެކެވެ.
3. ހާޖީ ބަކުރު
އޭނާގެ އަސްލު ނަމަކީ ސަމީރު ޢަބްދު މުޙައްމަދު އަލްޚްލިފާވީ އެވެ. ރަސްމީކޮށް ބަޣްދާދީގެ މުޝީރެއްގެ ގޮތުގައި އޭނާ ހުށަހެޅި ނަމަވެސް ހަގީގަތުގައި އޭނާ ހުރީ ދާޢިޝްގެ ތެރޭގައި ހަގީގީ ބާރު ހިފަހައްޓާފައެވެ. އެއީ އެތަން އުފެދުމާއި، އޮނިގަނޑާއި، ޖަމާޢަތުގެ ޒިންމާ އުފުއްލަވާ ބޭފުޅާއެވެ. މަންޒަރު ފަހަތުގައި އޭނާގެ ބާރު ބަޣްދާދީއަށް ވުރެ ބޮޑުވިއެވެ. އެއީ ދާޢިޝް މަޝްރޫޢު ފަރުމާކޮށް، ޕްލޭންކޮށް، ފައްޓަވައިދެއްވީ ހާޖީ ބަކުރުއެވެ.
ދާޢިޝްގެ ކުރިން އޭނާއަކީ ސެކިއުލަރ ބަޢާޘީއެއްގެ އިތުރުން ސައްދާމް ހުސެއިންގެ ލަޝްކަރުގެ ކާނަލްއެއްގެ އިތުރުން ބަޢާޘް ޕާޓީގެ ހީވާގި މެންބަރެއްގެ އިތުރުން ސައްދާމްގެ ސަރުކާރުގެ މުހިންމު ޖާސޫސީ އޮފިސަރެކެވެ.
4. އަބޫ ޢަލީ އަލް އަންބަރީ
އޭނާގެ އަސްލު ނަމަކީ އަދުނާން އިސްމާއިލް ނަޖީމެވެ. ދާޢިޝްގެ ތެރޭގައި އޭނާ ވަނީ ބަޣްދާދީގެ ނައިބުގެ މަގާމު އަދާކުރައްވައި، ސީރިއާގެ އިސްވެރިއަކަށް ހުންނެވި ބޭފުޅެކެވެ. އަދި ގްލޯބަލް ޚިލާފަތު ކަމަށް ބުނާ ޚިލާފަތު ފުޅާކުރުމާއި، ދާޢިޝްއަށް ބައިއަތު ހިފާފައިވާ އެހެން ޤައުމުތަކުގައި ޖަމާޢަތްތައް ކޯޑިނޭޓް ކުރުމުގެ މަސައްކަތްވެސް ބަޣްދާދީ އޭނާއާ ހަވާލުކުރެއްވިއެވެ. ދާޢިޝް ބައިނަލްއަޤްވާމީ ޖަމާޢަތަކަށް ބަދަލުކުރުމުގައި މުހިއްމު ދައުރެއް އަދާކުރެއްވިއެވެ. ދާޢިޝްގެ ކުރިން އޭނާއަކީ ވެސް ސެކިއުލަރ ބަޢާޘީއެއް، ސައްދާމްގެ ލަޝްކަރުގެ އިސް ޖެނެރަލެއްގެ އިތުރުން ސައްދާމްގެ ސަރުކާރުގެ ދަށުން ބަޢަޘީ ފިކުރު ފެތުރުމާއި އަސްކަރީ ތަޢުލީމު ބަލަހައްޓާ އޮފިޝަލުންގެ ތެރެއިން އެކަކެވެ.
5. އަބޫ ޢަބްދުﷲ އަލް ކުރުދީ
އޭނާއަކީ ދާޢިޝްގެ ޖާސޫސީ އިދާރާގެ އިސް އޮފިޝަލުންގެ ތެރެއިން އެކަކެވެ. ދާޢިޝް އާއި ގުޅުމުގެ ކުރިން އޭނާ ވަނީ ސައްދާމް ހުސެއިންގެ ލަޝްކަރުގައި މުހިއްމު ޖާސޫސީ އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރައްވައި، ބަޢަތު ޕާޓީގެ ހީވާގި ސެކިއުލަރ މެންބަރެކެވެ.
6. އަބޫ އަޙްމަދު އަލް އަލްވާނީ
އޭނާއަކީ ދާޢިޝްގެ ލީޑަޝިޕްގެ ތެރެއިން އިސް އަނެއް ބޭފުޅެކެވެ. ދާޢިޝްގެ ކުރިން އޭނާ ވަނީ ސައްދާމް ހުސެއިންގެ ވެރިކަމުގައި އިންޓެލިޖެންސް އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރައްވައި، ބަޢަތު ޕާޓީގެ ހީވާގި ސެކިއުލަރ މެންބަރެކެވެ.
7. އަބޫ ލުޤްމާން
އޭނާއަކީ ދާޢިޝްގެ ލީޑަރޝިޕްގެ މުހިއްމު އެއް މެންބަރެވެ. ދާޢިޝްގެ ކުރިން އޭނާއަކީ ބަޢާސް ޕާޓީގެ ހީވާގި ސެކިއުލަރ މެންބަރެއްގެ އިތުރުން ސައްދާމް ހުސެއިންގެ ވެރިކަމުގައި އިންޓެލިޖެންސް އޮފިސަރެކެވެ.
މިހާރު ބަލާލަމާތޯ ދާޢިޝްގެ ލީޑަރޝިޕްގައި މި ސެކިއުލަރިސްޓުންނާ އެއްފަރާތުގައި ތިބީ ކޮންބައެއްތޯއެވެ.
1. އަބޫ މުޙައްމަދު އަލްއަދުނާނީ
އޭނާގެ އަސްލު ނަމަކީ ތާހާ ސުބީ ފަލާހާ އެވެ. އޭނާ ވަނީ ދާޢިޝްގެ ތަރުޖަމާނުގެ މަގާމާއި އެ ކުންފުނީގެ އެންމެ ނުފޫޒުގަދަ އެއް ބޭފުޅެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާފައެވެ. ސާދާ ބަހުން ބުނާނަމަ އޭނާއަކީ ދާޢިޝްގެ ފިކުރީ ސިކުނޑިއެވެ. ދާޢިޝްގެ ކުރިން އޭނާ ވަނީ އަބޫ މޫސަބު އަލް ޒަރުޤާވީ، މާތް ﷲ ޤަބޫލުކުރައްވާ، އަލްޤައިދާގެ މުޖާހިދުންގެ ތެރޭގައި ހިމެނިވަޑައިގެން، އަލްޤައިދާގެ ލީޑަޝިޕަށް ބައިއަތު ހިފާފައެވެ.
އެކަމަކު އަދުނާނީ ތަބާވީ ކުރީގެ ޚަވާރިޖުންގެ މަގުންނެވެ. އަމިއްލަ ލީޑަރުންނާ ދެކޮޅަށް ބަޣާވާތްކޮށް، އިސްލާމީ އަދި ޖިހާދީގެ ހުރިހާ ޙަރަކާތްތަކަކީ ކާފަރުންގެ ގޮތުގައި އިޢުލާންކޮށް، އެ ޙަރަކާތްތައް މަރާލުމަށް ގޮވާލާ ފަތުވާތަކެއް ނެރުއްވިއެވެ. އިހުގެ ޚަވާރިޖުން ފަދައިން އަދްނާނީވެސް މަޝްހޫރުވެފައިވަނީ އިސްލާމީ ކޮންމެ ހަރަކާތަކާމެދު ފުރައްސާރަކުރާ ބަހާއި ފުރައްސާރަގެ ގޮތުގައެވެ. އާޚިރުގައި މާތް ﷲ އެކަލޭގެފާނު އަމިއްލައަށް ކުރެއްވި ދުޢާ އިޖާބަ ކުރެއްވިއެވެ.
“އޭ الله، އަހަރެމެން ޚަވާރިޖު ނަމަ، ދެން އަހަރެމެން މުޅިން ނައްތާލާށެވެ.”
2. އަބޫ ޢުމަރު އަލް ޝިޝާނީ
އޭނާގެ އަސްލު ނަމަކީ ތަރުޚާން ތަޔޫމުރަޒޮވިޗް ބަޓިރާޝްވިލީ އެވެ. އޭނާ އަކީ ޖޯޖިއާގެ ރައްޔިތެއް ކަމަށާއި އޭނާ ވަނީ ދާޢިޝްގެ ޑިފެންސް މިނިސްޓަރު، އަސްކަރީ ކޮމާންޑަރުގެ މަގާމާއި، އެ ޖަމިއްޔާގެ ލީޑަޝިޕްގެ މެމްބަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާފައެވެ.
އޭނާ ގެންގުޅުއްވީ އެއްބަސްވުމެއް ނެތް ހަރުކަށި ސަލަފީ އަދި ޚަރީޖީ ފިކުރެކެވެ. އެހެން މީހުން ފަދައިން މުސްލިމުންނާއި، އިސްލާމީ ޙަރަކާތްތަކާއި، ޖިހާދީ ޖަމާޢަތްތަކަކީ ކާފަރުން ކަމަށް އިޢުލާން ކުރެއްވިއެވެ. ސީރިޔާގައި ރަޝިޔާއާއި ސީރިޔާގައި ރަފިދާގެ ވެރިކަމާ ދެކޮޅަށް ހަނގުރާމަ ކުރަމުން ދިޔަ ގިނަ މުޖާހިދުންތަކެއް މަރާލުމުގެ ޒިންމާ އޭނާ އުފުއްލެވިއެވެ.
3. އަބޫ ޙަމްޒާ އަލްމުހާޖިރު
އޭނާއަކީ ބަޣްދާދީގެ އެންމެ ގާތް އެއް މުޝީރު އަދި ދާޢިޝްގެ ލީޑަޝިޕްގެ މެންބަރެކެވެ.
ދާޢިޝްގެ ކުރިން އޭނާ ވަނީ އަލްޤައިދާއަށް ބައިއަތު ހިފާފައެވެ. އަބޫ މޫސަބު އަލް ޒަރުޤާވީ ޝަހީދުވެވަޑައިގަތުމަށްފަހު، އިރާޤުގައި އަލްޤައިދާގެ ގޮފިގެ އިސްވެރިއަކަށް ވެވަޑައިގެންނެވިއެވެ. ކުރީގެ ޚަވާރިޖުން ފަދައިން އޭނާގެ އަމިއްލަ ލީޑަރުންނާ ދެކޮޅަށް ބަޣާވާތްކޮށް، އެމީހުން ކާފަރު ކަމަށް އިޢުލާންކޮށް، އަލްޤައިދާގެ އިސް ލީޑަރުންގެ ތެރެއިން އެއް ލީޑަރު އަބޫ ޚާލިދު އަލް ސޫރީ ޝަހީދުކުރުމުގައި ދައުރެއް އަދާކުރެއްވިއެވެ.
4. އަބޫ އައިމަން އަލްޢިރާޤީ
އޭނާ ވެސް އެއް ދުވަހަކު އަލްގައިދާގެ މެންބަރެއްގެ ގޮތުގައި ހުންނެވި އެވެ.
އެހެން މީހުންނާއެކު އޭނާގެ ލީޑަރުންނާ ދެކޮޅަށް ބަޣާވާތްކޮށް، އެމީހުން ކާފަރު ކަމަށް އިއުލާންކޮށް، މުޅި ދުނިޔޭގައި ތިބި އިސްލާމީ ޖިހާދީ ހަރަކާތަކާއި މުސްލިމުންނަށް ތަކްފީރުކޮށް، ގިނަ މުޖާހިދުންނާއި އާދައިގެ މުސްލިމުން މަރާލުމުގެ ޒިންމާ އުފުއްލެވިއެވެ.














































