މުސްތަޣްފިރު އަލް ހަނާފީ
އަހަރުތަކެއް ވަންދެން އައިއެސްގެ ނަމުގައި ކުޅޭ ކުޅިވަރެއް މި ސަރަހައްދާއި ދުނިޔޭގައި ވެސް ކުރިއަށް އެބަދެއެވެ. މީހުން މަރާ، ފާހަގަކޮށްލެވޭ ފަރާތްތައް އަވަހާރަކޮށް، މުސްލިމް އިލްމުވެރިން ޝަހީދުކޮށް، މުސްލިމުންގެ މެދުގައި ބައިބައިވުން އުފައްދައި، މުސްލިމުން މުރުތައްދުވެފައިވާ ކަމަށް ލޭބަލްކޮށް، ގެދޮރާއި ސިޓީތައް ހަލާކުކޮށް، މުސްލިމުންގެ ލޭ އޮހޮރެމުން އެބަދެއެވެ. މި ހުރިހާ ޖަރީމާއެއް ހިންގަނީ އިސްލާމްދީނާއި އިސްލާމީ ޚިލާފަތުގެ ނަމުގައި، ކާކުކަން ނޭނގޭ އަދި މަޤްޞަދު ސާފުނުވާ ޖަމާޢަތެއް (އައި.އެސް.އެސް) އިންނެވެ.
މުޅި ތާރީޚުގައިވެސް ގިނަ ޚަރީޖީންތަކެއް ފެނިގެން ގޮސްފައިވެއެވެ. ނަމަވެސް އެ ތާރީޚީ ޚަރީޖީންނާއި އައިއެސްގެ ޚަރީޖީންގެ ތަފާތަކީ ކުރީގެ މީހުން ޚަރީޖީންނަށް ވެގެން ދިޔައީ އެމީހުންގެ ހައްދުފަހަނަޅާފައިވާ ޢަޤީދާތަކުގެ ސަބަބުން ކަމަށާއި ކާފަރުންނާއި މުޝްރިކުންނާ ސިއްރު ނުވަތަ ފާޅުކަން ބޮޑު ގުޅުންތަކެއް ނުބާއްވާކަމެވެ. ނަމަވެސް އައިއެސްގެ ޚަރީޖީން ތަފާތެވެ. އެމީހުންގެ ހަރުކަށި ފިކުރަކީ އެމީހުންގެ އަމިއްލަ ވިސްނުމުގެ އުފެއްދުމެއް ނޫނެވެ؛ އޭގެ ބަދަލުގައި އެއީ ޒަޔަނިސްޓުން އުފެއްދި ހަރުކަށި މާނަކުރުމެއް ކަމަށާއި، އެއީ އައިއެސްގެ ޚަރީޖީންގެ ތެރެއަށް ސިކުނޑި ދޮވެ، އެމީހުންގެ މަގުސަދުތައް ހާސިލްކުރާ ތަފްސީރެކެވެ.
ލޮބުވެތި މުސްލިމް އަޚުން،
1948 ވަނަ އަހަރު، އިންސާނީ އަދި ބައިނަލްއަޤްވާމީ ހުރިހާ ޤާނޫނުތަކާ ޚިލާފަށް، ޓެލް އަވީވް މަރުކަޒުކޮށްގެން، ހިފާފައިވާ ފަލަސްޠީނުގައި (އިސްރާއީލް) ޤާއިމުވުމުން، މުޅި އަރަބި އަދި އިސްލާމީ ދުނިޔޭގައި ފުޅާދާއިރާއެއްގައި ރިއެކްޝަންތައް އުފެދުނެވެ. ބައެއް މީހުން ހަތިޔާރު އެޅި ހަނގުރާމަ ފެށިއިރު، އަނެއް ބަޔަކު މަސައްކަތް ކުރީ އިސްރާއީލާއި ފަލަސްތީނުގެ ޚިލާފު މައްސަލަ މަޝްވަރާއާއި ބައިނަލްއަޤްވާމީ ޕްރެޝަރުގެ ތެރެއިން ހައްލުކުރުމަށެވެ. ނަމަވެސް މި މައްސަލަ ހައްލުކުރުމަކީ ފަސޭހަކަމަކާ ދުރު ކަމެކެވެ.
ދުވަހުން ދުވަހަށް އިސްރާއީލުގެ ޔަހޫދީންގެ ފަރާތުން ފަލަސްތީނުގެ ރައްޔިތުންނަށް ކުރާ އަނިޔާތައް އިތުރުވަމުން ދިޔައިރު، 1967 ވަނަ އަހަރު މިސްރުގެ އިސްވެރިކަމުގައި ހަ އަރަބި ގައުމަކުން ފަލަސްތީނު މިނިވަން ކުރުމުގެ މަސައްކަތުގައި އިސްރާއީލަށް ހަމަލާ ދިނެވެ. ތާރީޚީ ގޮތުން އަރަބި އިސްރާއީލު ހަނގުރާމައިގެ ނަމުން މަޝްހޫރުވެފައިވާ މި ކޯޅުމުގެ ނަތީޖާއަކަށްވީ އަރަބި ކޯލިޝަން ބަލިވެ އިސްރާއީލުގެ ވެރިކަން އިތުރަށް ބަދަހިވެގެންނެވެ.
މި ހަނގުރާމައިގައި އިސްރާއީލަށް އިދިކޮޅު ފަރާތްތައް ބަލިކުރެވުނެވެ. ނަތީޖާއެއްގެ ގޮތުން އިސްރާއީލުން ފަލަސްތީން ދޫކޮށްލުމެއް ވެސް އަދި އަވަށްޓެރި ގައުމުތަކުން ވެސް ފަލަސްތީނުން ވަކިވެފައެއް ނުވެ އެވެ. އިސްރާއީލުން ހީކުރީ މެދުއިރުމަތީގައި ހަލަބޮލިކަމާއި ހަމަނުޖެހުން އުފެއްދުމަށް ބަރޯސާވެފައިވާ ކަމަށާއި، އެކަމުގެ ސަބަބުން އަވަށްޓެރި އިސްލާމީ ގައުމުތައް މައްސަލަތަކުގެ ތެރެއަށް ވަދެ، އަމިއްލަ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށެވެ.
މި ސަބަބަށްޓަކައި އިސްރާއީލުން ވަނީ މެދުއިރުމަތީގައި ގިނަ މަޝްރޫއުތަކެއް ހިންގައި ސަރަހައްދީ ގައުމުތައް ދެފަރާތުގެ ޢަދާވާތްތެރިކަމުގެ ތެރެއަށް ވައްޓާލާފައެވެ. މި މަޝްރޫއުތަކުގެ ތެރޭގައި އައިއެސްގެ ޚަރީޖީންގެ އިސްނެގުމެއް ހިމެނެއެވެ. އެމެރިކާއާއި އިސްރާއީލުން ފުރަތަމަ ފާހަގަކުރި ގޮތުގައި، ޝިޔަޢީން ކަމުގައި ވިޔަސް އަދި ސުންނީ ކަމުގައި ވިޔަސް، އަވަށްޓެރި ހުރިހާ ޤައުމުތަކެއްވެސް އިސްރާއީލާ މެދު ދެކޮޅުވެރި މަޤާމުތަކެއް ގެންގުޅުނެވެ.
ނަތީޖާއެއްގެ ގޮތުން އެމީހުން އެންމެ ފުރަތަމަ މަސައްކަތް ކުރީ އިރާގާއި އީރާނާ ދެމެދު ކުރިއަށް ދިޔަ އަށް އަހަރުގެu ހަނގުރާމަ ފަދަ ދައުލަތްތަކުގެ މެދުގައި ކޯޅުންތައް ރޯކޮށްލުމަށެވެ.
ނަމަވެސް ވަގުތު ފާއިތުވަމުން ދިޔަ ވަރަކަށް އެމެރިކާއާއި އިސްރާއީލަށް ވިސްނުނީ ދައުލަތްތަކުގެ މެދުގައި ހިނގާ ހަނގުރާމަތަކުގެ ބަދަލުގައި ޚާއްޞަކޮށް ސުންނީންނާއި ޝިޔަޢީންގެ މެދުގައި ފިކުރީ ފަރަގުތައް އުފެއްދުމަކީ މާ ފައިދާހުރި ކަމެއްކަން ސާބިތުވެގެން ދިޔައެވެ. ޤައުމުތަކުގެ މެދުގައި އުފެދޭ ކޯޅުންތައް އެންމެ ފަހުން ހައްލުކުރެވޭނެ ނަމަވެސް ދެ މަޒުހަބެއްގެ ނުވަތަ ފިކުރީ ޖަމާޢަތެއްގެ މެދުގައި ރޯވެފައިވާ އަލިފާންގަނޑަކީ ނިއްވާލަން މާ އުނދަގޫ ކަމެކެވެ.
މިއީ އެމެރިކާއިން ފުރަތަމަ މެދުއިރުމަތީގައި ތަކްފީރުގެ ފިކުރު ކުރިއެރުވި ގޮތާއި، އޭގެ ފަހުން އެގައުމުގެ ޖާސޫސީ އެޖެންޓުން މެދުވެރިކޮށް އައިއެސްގެ ޚަރީޖީ ގްރޫޕް އުފެއްދި ގޮތެވެ. މި ޖަމާއަތުން، ފިކުރީ ގޮތުން މެދުއިރުމަތި ފަޅާއަރުވައި، އެތެރޭގެ ހަމަނުޖެހުންތަކުގެ ތެރެއަށް ވަދެގެން ދިޔައެވެ.
ޤުރުއާނުގައި ޔަހޫދީންނަކީ އިސްލާމްދީނުގެ ވަރުގަދަ ދުޝްމަނުންކަން ސާފުކޮށްދީފައިވީނަމަވެސް، އައިއެސްގެ ޚަރީޖީން އެމީހުންގެ އިސްކަންދޭ ކަންތައްތައް ބަދަލުކުރިއެވެ. އެމީހުން ހިސާރުކުރި މީހުންނާ ހަނގުރާމަ ކުރުމުގެ ބަދަލުގައި އެހެން މުސްލިމުންނަށް މުރުތައްދުވެފައިވާ މީހުންގެ ލޭބަލް ޖަހައި، މުސްލިމުންނާއި އިސްރާއީލާ ދެމެދު ކުރިމަތިވާން ޖެހޭ މަސައްކަތަކީ ޝިޔައީންނާއި ސުންނީންގެ ފުޅާ ކޯޅުންތަކަކަށް ބަދަލުކުރި އެވެ. މި ބަދަލުގެ ސަބަބުން އިސްލާމީ ދުނިޔެއަށް ގުނާ ނުލެވޭ ވަރުގެ ގެއްލުންތަކެއް ލިބުނެވެ.
މެދުއިރުމަތީގައި އިސްލާމްދީން ބަލިކަށިކޮށް، އިސްރާއީލު ރައްކާތެރިކުރުމުގައި އައިއެސްގެ ޚަރީޖީ މަޝްރޫޢަކީ ފައިދާހުރި މަޝްރޫޢެއްކަން އެމެރިކާއާއި އިސްރާއީލަށް އެނގުމުން، އިސްލާމީ ދުނިޔޭގެ އެހެން ސަރަޙައްދުތަކަށްވެސް މި މަޝްރޫޢު ފުޅާކުރިއެވެ. ވިސްނާލާނަމަ އައިއެސް އުފެދުނުތާ މަދު އަހަރުތަކެއް ފަހުން އެ ޖަމާއަތް ގިނަ ދާއިރާތަކުން ހަރަކާތްތެރިވި އެވެ.
މިއީ އައިއެސްގެ އަމިއްލަ ޤާބިލުކަމުގެ ސަބަބުން ހެއްޔެވެ؟ އެހެން ކަމަށްވާނަމަ އައިއެސް އިރާގުން އަފްޣާނިސްތާނަށް ބަދަލުވި ނަމަވެސް އިސްރާއީލަށް ބަދަލު ނުކުރެވޭނީ ކީއްވެގެން ހެއްޔެވެ؟ ސީރިއާގައި އައިއެސްގެ ޚަރީޖީންނާއި އިސްރާއީލުގެ ސިފައިން ވަކިކުރާ ހަމައެކަނި ފާރެއްގެ ހާލަތްތައް ވެސް ކުރިމަތިވި ނަމަވެސް ސީދާ ހަމަލާއެއް ނުދެ އެވެ. އައިއެސް އަށް ކާބުލް، މޮސްކޯ، ތުރުކީ، ލުބުނާން، ބަޣްދާދު، ދިމިޝްގު، އިންޑިއާ، ތެހެރާން، އަދި މިސްރުގައި ހަމަލާތައް ދެވިދާނެ ނަމަވެސް ޓެލްއަވީވްގައި އެކަން ނުކުރެވޭނެ އެވެ. މިކަމުން ދައްކުވައިދެނީ އެމީހުންގެ އޮޕަރޭޝަންތައް ކޮންޓްރޯލް ކުރަނީ އިންޓެލިޖެންސް ނެޓްވޯކްތަކުން ކަމެވެ؛ އެއީ ބޭނުންވާ ވަގުތުތަކުގައި ވަރުގަދަވެ، ނުޖެހޭ ވަގުތުތަކުގައި ބަލިކަށިވެގެންދާ އެއްޗެހިތަކެކެވެ.
ފަހަކަށް އައިސް އީރާނާއި އިސްރާއީލާ ދެމެދު އުފެދިފައިވާ ފިތުނަތައް އިތުރުވެފައިވާއިރު، މެދުއިރުމަތީގައި ވެސް ކުރި ފަދައިން ދެކުނު އޭޝިއާގައި ވެސް ޝިޔައީންނާއި ސުންނީންގެ މެދުގައި ކޯޅުންތައް ރޯ ކުރަން އިސްރާއީލުން މަސައްކަތް ކުރެ އެވެ. އަމާޒަކީ އިސްރާއީލު އަމާންކަމުގައި ދެމިއޮތްއިރު މުސްލިމުން އެތެރޭގެ ހަމަނުޖެހުންތަކުގައި ބައިވެރިކުރުމެވެ. މުސްލިމުންގެ މެދުގައި މިހާރު އުފެދިފައިވާ މައްސަލަތަކަކީ ގިނަ ފަހަރަށް އެކި ލޭބަލްތަކުގެ ދަށުން އުފެދިފައިވާ މައްސަލަތަކަކީ މުސްލިމް މުޖުތަމައު ބައިބައި ކުރުމަށް އަމާޒުކޮށްގެން ހިންގާ މަޝްރޫއުތަކުގެ ބައެއްކަން ހުރިހާ މުސްލިމުންނަށް ވެސް ވިސްނަން ޖެހެ އެވެ.
















































