މީރު ޝަހުވާނީ
އޭޕްރީލް 13 ވަނަ ދުވަހު ބައިނަލްއަގްވާމީ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޕާކިސްތާނުގެ ގްވާދާރުގެ ޖީވާނީ ސަރަހައްދުގައި ޕާކިސްތާނުގެ ކަނޑުގެ ސިފައިންގެ ކަނޑުގެ އުޅަނދެއް ކަނޑުގައި އަމާޒުކޮށް މަދުވެގެން ތިން ކަނޑުގެ ސިފައިން މަރުވެފައިވެ އެވެ. އެ ރިޕޯޓުގައި ބުނެފައި ވަނީ ބާރުގަދަ ދޯންޏެއް ބޭނުންކޮށްގެން ކަނޑުގެ ސިފައިންނާ ކައިރިއަށް ހަމަލާދީ، އޭގެ ފަހުން އެ ސިފައިންނަށް ބަޑިޖަހާފައިވާ ކަމަށެވެ. ހަމަ އެއާއެކު ޕެޓްރޯލް އުޅަނދުގައި ތިބި ތިން މީހުން ވެސް ވަނީ ޖެހި މަރުވެފަ އެވެ. އެ ހަމަލާއަށް ފަހު ހަމަލާދިން މީހުން ވަނީ އެތަނުން ވަކިވެފަ އެވެ.
މިހާދިސާގެ ޒިންމާ އުފުލާފައިވަނީ ބަލޫޗް ވަކިވެގަތުމަށް މަސައްކަތްކުރާ ބަޔަކު ކަމަށްވާ ބަލޫޗް ލިބަރޭޝަން އާމީ އެވެ. އަދި އެމީހުންގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ވީޑިއޯއެއް އާންމުކޮށްފައިވާއިރު، އެ އަމަލު ހިންގީ އެމީހުންގެ “ޒަރުޕަހާޒް” (މާނައަކީ މެރިޓައިމް ޕްރޮޓެކްޝަން ފޯސް) ކަމަށް ބުނެއެވެ.
މި ވީޑިއޯގައި ފެންނަނީ އައްސޭރިފަށުގެ ސަރަހައްދެއްގައި މޫނު ނިވާކޮށްގެން ތިބި ހަތަރު ފަރާތެއް، ބަލޫޗީ ބަހުން ވާހަކަ ދައްކާތަނެވެ. އެއަށްފަހު އެމީހުން ޕާކިސްތާނުގެ އަސްކަރިއްޔާއަށް އިންޒާރުދީ، މި މެސެޖު ފޯރުކޮށްދެނީ: “އަހަރެމެންގެ ބިންތަކާއި ކަނޑުތައް ދޫކޮށްލާ، މި ބިންތަކާއި ކަނޑުތައް އަޅުގަނޑުމެންނަށް ނިސްބަތްވެ އަހަރެމެން އެމީހުންގެ ވެރިން. މިއަށްފަހު ބާރު ދޯންޏަކަށް އަރައި ހަމަލާ ކުރިއަށް ގެންދެއެވެ.
ޕާކިސްތާން އުފެދުނު ފަހުން ބަލޫޗް ވަކިވެގަންނަ މީހުން ދޭތެރެ ދޭތެރެއިން އަސްކަރިއްޔާއާ ކުރިމަތިލާން ޖެހުނު ނަމަވެސް، ފާއިތުވި ދެ ދިހަ އަހަރު ތެރޭގައި، ތުހުމަތު ކުރެވޭ ފިއްތުންތަކާއި އަސްކަރީ އޮޕަރޭޝަންތަކުގެ އާ ރާޅުތައް އެކި ނަންނަމުގައި ވަރުގަދަވަމުން ދިޔަ ނަމަވެސް، އެމީހުން ވެސް ވަނީ އެމީހުންގެ ހަނގުރާމައިގެ އުސޫލުތައް އެޑެޕްޓްވެ ބަދަލުކޮށްފަ އެވެ. އެތައް ފަހަރަކު ބަދަލު ހިފުމުގެ އަމަލުތަކެއްގެ ގޮތުގައި ޕާކިސްތާނުގެ އެކި ސަރަހައްދުތަކުގައި ވަރުގަދަ އަދި އަނިޔާވެރި ހަމަލާތަކެއް ދީފައިވެ އެވެ.
ނަމަވެސް މިފަހަރު އޮޕަރޭޝަން ފެންނަނީ މާޒީގެ ހާދިސާތަކާ ތަފާތުކޮށެވެ. މީގެ ކުރިން ބަލޫޗް ވަކިވެގަތުމުގެ އަމަލުތައް މައިގަނޑު ގޮތެއްގައި ހިމެނެނީ ޗެކްޕޮއިންޓްތަކާއި، އަސްކަރީ ކޮންވޯއީތަކަށް އަމާޒުކުރުމާއި، ނުވަތަ އަސްކަރީ އިންސްޓޯލޭޝަންތަކަށާއި އެފަދަ ތަންތަނަށް ހަމަލާދިނުމަށެވެ. ނަމަވެސް ވައިގެ ސިފައިންގެ ޔުނިޓްތަކާއި ޚާއްސަކޮށް ކަނޑުގެ ސިފައިންނަށް ބޮޑުތަނުން ބެލެވުނީ ރައްކާތެރިކަމުގެ ގޮތުގައެވެ. މިއީ ބަލޫޗް ވަކިވެގަތުމަށް މަސައްކަތްކުރާ މީހުން ވަރަށް ހުނަރުވެރި އަދި ކުއްލި އޮޕަރޭޝަނެއް ހިންގައި، އެމީހުންގެ އަމާޒަށް ވާސިލްވެ، ގެއްލުމެއް ނުލިބި ކާމިޔާބުކަމާއެކު ވަކިވި ފުރަތަމަ ފަހަރެވެ.
މި ހާދިސާގެ ސަބަބުން ބައިނަލްއަޤްވާމީ ފެންވަރުގައި އާ މަޝްވަރާތަކެއް އުފެދި، މީޑިއާގެ ބޮޑު ސަމާލުކަމެއް ވަނީ ލިބިފައެވެ. ވަކިން ހާއްސަކޮށް ޕާކިސްތާނުގެ އެތެރޭގެ ތަހުލީލު ކުރާ ފަރާތްތަކާއި ދިރާސާވެރިން ސިފަކުރާ ގޮތުގައި މި ހާދިސާއަކީ ހަމައެކަނި ހައިރާން ކުރުވަނިވި ކަމެއް ނޫން ކަމަށާއި ކަންބޮޑުވާ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ. އެމީހުން ބުނާ ގޮތުގައި ކަނޑުގެ ސިފައިންނަށް އަމާޒުކުރުމަކީ އެއްފަރާތުން ސަލާމަތީ ގޮތުން ބޮޑު ނުރައްކަލެއް ތަމްސީލުކުރާ ކަމެއް ކަމަށާއި އަނެއްކޮޅުން އެ ބާރުތަކުގެ ހިތްވަރަށް ގެއްލުންދީ ދައުލަތާއި އަސްކަރިއްޔާގެ އިތުބާރު ބަލިކަށިވެފައިވާ ކަމެއް ކަމަށެވެ.
ސްޓްރެޓެޖިކް އަދި އިގްތިސާދީ ގޮތުން މުހިންމު ހަބެއް ކަމަށްވާ ގްވާޑާގައި ދިން މި ހަމަލާ ދީފައިވަނީ ޗައިނާއިން އަހަރުތަކެއް ވަންދެން ބޮޑު އިންވެސްޓްމަންޓެއް ކޮށްފައިވާ ސަރަހައްދެއްގަ އެވެ. ނަމަވެސް މިފަދަ ހަމަލާތަކާއި ބަލޫޗް ވަކިވެގަތުމަށް މަސައްކަތްކުރާ މީހުން ކުރިން ދޭ އިންޒާރުތަކުގެ ސަބަބުން މި ޕްލޭންތަކަށް އަސަރުކޮށް، ހަމައެކަނި ސްޓޭޓްތަކަށް ނޫން އާދައިގެ އިންވެސްޓަރުން ވެސް އެތަނުގައި އިންވެސްޓް ކުރުމަށް ހިތްވަރު ކެނޑެ އެވެ.
މި ހަމަލާއަށް ދުނިޔޭގެ ސަމާލުކަން ވެސް ލިބިފައިވަނީ، މީގެ ދުވަސްކޮޅެއް ކުރިން، ބަލޫޗް ވަކިވެގަތުމަށް މަސައްކަތްކުރާ މީހުން ޑްރޯން ބޭނުންކުރާ ކަމަށް ރިޕޯޓް ކުރެވިފައި އޮތުމުންނެވެ. މި ޑްރޯންތަކުން އަދި ކަށަވަރުވެފައިވާ އެއްވެސް ހަމަލާއެއް ދީފައި ނުވި ނަމަވެސް، އެ ޑްރޯންތަކާ ބެހޭ ގޮތުން ރިޕޯޓްތަކާއި ދައުވާތަކުން މިހާރު ވެސް ވަނީ ޕާކިސްތާނުގެ ދައުލަތުގެ ތެރޭގައި ކަންބޮޑުވުންތަކެއް އުފެދިފަ އެވެ. މި ދައުވާތަކަށް ބަލާއިރު މިހާރު މި ޑްރޯންތައް ބޭނުން ކުރަމުންދަނީ ސަވައިލެންސް އާއި ޓާގެޓް ދެނެގަތުމަށް ނަމަވެސް އެއީ ރާޑަރ ޑިޓެކްޝަން އަދި ޖަމިންގ ސިސްޓަމްތަކުން ރައްކާތެރިކޮށްފައިވާ ޑްރޯންތަކެއް ކަމަށް ވެސް ބުނެފައިވެއެވެ.
އެމީހުންގެ ބަޔާންތަކުގައިވާ ގޮތުން މި ޑްރޯންތަކުގެ ސަބަބުން ނަފްސާނީ ޕްރެޝަރު އުފެދި އިދިކޮޅު ފަރާތުގެ ހިތްވަރު ދަށްވެ، ބޭނުން ވަގުތެއްގައި ކަނޑައެޅިފައިވާ އަމާޒުތަކަށް ހަމަލާދިނުމަށް ބޭނުން ކުރެވިދާނެ އެވެ. މިވަގުތު ޑްރޯންތައް ހުރުމުން ހަނގުރާމައިގެ ބެލެންސް ވަނީ ބަދަލުވެފަ އެވެ. މިހާރު ވެރިކަން ޙައްދުވެފައިވަނީ ހަމައެކަނި ބޮޑެތި ލަޝްކަރުތަކަށް ނޫނެވެ. މިފަދަ ޓެކްނޮލޮޖީއަކީ ބޮޑެތި އަސްކަރީ ބާރުތަކާ ވެސް ކަންބޮޑުވާ ކަމެއް ކަމަށާއި، ޑްރޯން އޮޕަރޭޓަރުން ހަނގުރާމައިގެ މައިދާނާއި ދުރުގައި ތިބެ، އޮޕަރޭޝަންތައް ދުރުން ކޮންޓްރޯލް ކުރުމުން، އެމީހުންގެ ރައްކާތެރިކަން ވެސް އިތުރުވާ ކަމަށެވެ.
އަނެއް މުހިންމު ނުކުތާއަކީ މި ޑްރޯންތަކަކީ ނިސްބަތުން އަގުހެޔޮ ޑްރޯންތަކަކަށް ވާއިރު، އިދިކޮޅު ފަރާތަށް ޑިފެންސް އާއި ކައުންޓަރ މީސަރސްގެ ހަރަދު ވަރަށް ބޮޑަށް ބޮޑުވުމުން ޕްރެޝަރު އިތުރަށް އިތުރުވެއެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި ބަލޫޗް ވަކިވެގަތުމަށް މަސައްކަތްކުރާ މީހުންގެ މިފަދަ އަމަލުތަކާއި މިފަދަ ފިޔަވަޅުތައް ކުރިއަށް އޮތްތަނުގައި އިތުރުވެ، ހާލަތު އިތުރަށް ކޮމްޕްލެކްސް ވެދާނެ އެވެ. އެމީހުންގެ ޑިމާންޑްތައް ސާފު: އެމީހުން ބޭނުންވަނީ ބަލޫޗް ރައްޔިތުންނަށް އަސާސީ އިންސާނީ ހައްގުތަކާއި، ބަލޫޗިސްތާނުގެ ސަރަހައްދުގައި ދިރިއުޅުމުގެ ހައްގާއި، އެ ސަރަހައްދުގެ ގުދުރަތީ ވަސީލަތްތަކުން ފައިދާ ހޯދުމާއި، ސިޔާސީ ކަންކަމުގައި މިނިވަންކަމާއި، ރައްޔިތުންގެ އިހުތިޔާރަށް އިހުތިރާމްކުރުމެވެ.
ނަމަވެސް އެމީހުން ބުނާ ގޮތުގައި އަސްކަރިއްޔާއިން މި ޑިމާންޑްތަކަށް އަޅާނުލާ، މީހުންގެ އަސާސީ ހައްގުތަކުން މަހުރޫމްކޮށް، އަމިއްލަ ބޭނުންތަކަށް ގުދުރަތީ ވަސީލަތްތަކުގެ ކޮންޓްރޯލް ވަނީ ނަގާފައެވެ. ފާއިތުވި ދެ ދިހަ އަހަރު ތެރޭގައި އެތައް ހާސް ބަޔަކު މަރުވެ، އިތުރު އެތައް ހާސް ބަޔަކު ގެއްލިފައިވާއިރު، އެމީހުންގެ ނަސީބުގެ އެއްވެސް މައުލޫމާތެއް ނެތެވެ. މި ސަރަޙައްދުގައި ފުޅާދާއިރާއެއްގައި އަސްކަރީ ޙާޟިރީވުމާއި، އިޤްތިޞާދީ ދަތިތަކާއި، ހިޖުރަކުރުމާއި، މީހުންގެ ދިރިއުޅުމަށް ހުރަސްއެޅުންތައް ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. މި ސަބަބަށްޓަކައި އެމީހުން ގަބޫލުކުރާ ގޮތުގައި އެމީހުންނަށް މަޖުބޫރުވެފައިވަނީ ދެކޮޅުވެރިކަމުގެ މަގު ގެންގުޅެ، އެމީހުންގެ ޑިމާންޑްތަކަށް ކުރާ މަސައްކަތުގައި ކުރިއަށް ދިއުމަށެވެ.















































