މެދުއިރުމައްޗާއި ދުނިޔޭގައި އދ.އިން އިންދާ ކޯޅުން

ޝާބިރް އަހުމަދް

1947 ވަނަ އަހަރު އދ.އިން ޔަހޫދީންނަށް ދައުލަތެއް އުފެއްދުމަށް ހުށަހެޅިއިރު، ޢަރަބި ކަނޑުގެ ހުރިހާ ޤައުމުތަކާއި، އާންމުކޮށް މުސްލިމް ޤައުމުތަކުން މި ދައުލަތް އުފެއްދުމާ ދެކޮޅު ހެދިއެވެ.  ނަމަވެސް މިއާ ޚިލާފަށް އެމެރިކާއާއި ޔޫރަޕާއި މުސްލިމް ނޫން އެހެން ގިނަ ޤައުމުތަކުން އެޤައުމު ޤާއިމުކުރުން މުހިންމުކަމަށް ބަލައި އެ ނިންމުން ތަންފީޒުކޮށް، 1948 ވަނަ އަހަރު މި ވެރިކަމުން މިނިވަންކަން އިޢުލާންކުރިއެވެ.

މި ވެރިކަމަށް އެއްބާރުލުން ދިނުމުގައި އދ.ގެ މަޤްޞަދަކީ، ޢަރަބި ޤައުމުތަކުގެ ޤުދުރަތީ ވަސީލަތްތަކާއި، ބާރު އެޤައުމުގެ ބާރުގެ ދަށަށް ގެނައުން.  އަނެއް އަމާޒަކީ އުސްމާނީ ޚިލާފަތެއް ފަދަ ޚިލާފަތެއް އަލުން އުފެދި އަރަބި އަދި ތުރުކީގެ ބިންތަކުގައި މުސްލިމުންގެ ބާރު އާލާވުން ހުއްޓުވުމެވެ.  ނަތީޖާއެއްގެ ގޮތުން އަރަބި ގިނަ ޤައުމުތަކެއް ބޭރުގެ ނުފޫޒާއި ކޮންޓްރޯލްގެ ދަށަށް ގޮސް، މެދުއިރުމައްޗާއި އެހެނިހެން ސަރަޙައްދުތަކުގައި އެކިއެކި ހަރަކާތްތަކާއި ނިޒާމުތައް ބަލިކަށިވެ ނުވަތަ ރޫޅިގެން ދިޔައެވެ.

މާޒީގެ ހިސާބުތައް ވަނީ ފަހަތަށް ޖެހިފައެވެ.  ދުނިޔެއިން ހީކޮށްފައި އޮތީ އިސްރާއީލު އަބަދުވެސް މުސްލިމުންނާއި އީރާނާއި ރަޝިޔާއާއި ޗައިނާއާއި ތުރުކީއާ ދެކޮޅަށް ބާރެއްގެ ގޮތުގައި ދެމިއޮންނާނެ ކަމަށާއި އެމެރިކާއާއި އިނގިރޭސިވިލާތުގެ ތާއީދު ދެމިއޮންނާނެ ކަމަށެވެ.  އަހަރުތަކެއް ވަންދެން އެމެރިކާއިން އިސްރާއީލަށް އެތައް ބިލިއަން ޑޮލަރެއް ފޯރުކޮށްދިން ނަމަވެސް އީރާނާއެކު މިހާރު އުފެދިފައިވާ ޓެންޝަންތަކުގެ ސަބަބުން އިސްރާއީލަކީ ކަންބޮޑުވުމުގެ މަސްދަރަކަށް، އާ ކޯޅުންތަކެއް އުފެދި، އެމެރިކާއާއި އިނގިރޭސިވިލާތާއި އާންމުކޮށް ޔޫރަޕްގެ ގައުމުތަކުގެ މަސްލަހަތަށް ބުރޫއަރާ ކަމެއް.

މި ސަރަހައްދުގައި ހިނގާ ހަނގުރާމަތަކަކީ އިސްރާއީލަށް ކުރާ ހަނގުރާމަތަކެއް ކަމުގައި ވާއިރު، އެ ހަނގުރާމަތަކުގެ ޠަބީޢަތް ސިފަކޮށްފައިވަނީ މުސްލިމުންނާއި އެހެން މީހުންނާ މެދު ނައްތާލުމާއި ގެއްލުން ދިނުމާއި ޢަދާވާތްތެރިވުމަކީ މައިގަނޑު ވާޖިބެއްގެ ގޮތުގައި ބަލާ ގޮތަކަށެވެ.  މި ސަބަބަށްޓަކައި އެމީހުން ވަނީ ހިޖުރަކުރުން ދައުލަތަކަށް ބަދަލުކޮށްފައެވެ.  އަދި ރަތް ކަނޑާއި އެހެނިހެން ޓްރާންސިޓް މަގުތަކުގެ ކޮންޓްރޯލް ހޯދުމަށް ވެސް މަސައްކަތް ކުރި ނަމަވެސް އީރާނަށް ގެއްލުން ދިނުމަށް ނިންމާފައިވާ މި ނިންމުމުގެ ސަބަބުން އެންމެ ފަހުން އެމީހުންނަށް ވެސް އަސަރުކުރި ނަތީޖާތަކެއް ކުރިމަތިވި އެވެ.

އެމެރިކާއިން އެކަމަށް ތާއީދު ކުރަނީ ކީއްވެގެން ހެއްޔެވެ؟

އަރަބި ޤައުމުތަކާއި އީރާނާއި މި ސަރަޙައްދުގެ އެހެން ދައުލަތްތަކުގެ މައްޗަށް އެމެރިކާއަށް ނުފޫޒު ދެމެހެއްޓުމުގައި އިސްރާއީލުގެ ވެރިކަމުގެ ވުޖޫދާއި ވަރުގަދަކަމަކީ އެމެރިކާއަށް މުހިންމު ދައުރެއް އަދާކުރާ ކަމެކެވެ.  މި ސަރަހައްދުގައި އިސްރާއީލު ނެތް ނަމަ އެމެރިކާ އާއި މުސްލިމް ނޫން އެހެން ގައުމުތަކުގެ ނުފޫޒުގެ ބައެއް އޭޝިއާ އާއި ޔޫރަޕްގެ ބައެއް ގައުމުތަކުން ގެއްލިގެން ދިއުމުގެ ނުރައްކާ އޮންނާނެ އެވެ.

އަދި އިނގިރޭސިވިލާތާއި އެހެން ގައުމުތަކަށް ބަލާއިރު، ހަރުކަށި ޖަމާއަތްތަކާ ދެކޮޅަށް މަސައްކަތް ކުރުމުގެ ޖަސްޓިފިކޭޝަން ނައްތާލެވޭނެ ކަމަށާއި، އަރަބި އަދި އޭޝިއާގެ ސަރަހައްދުތަކުގެ ގުދުރަތީ ވަސީލަތްތަކަށް އެމެރިކާއިން އޮތް ފުޅާ ނުފޫޒު ބަލިކަށިވެދާނެ ކަމަށް ވެސް ދައުވާ ކުރެވެ އެވެ.

އެންމެ ފަހުގެ ނަތީޖާއަކީ އިސްރާއީލުގެ ވެރިކަން ވެފައިވަނީ، އިގްތިސާދީ ދަތިތަކާއި، ހިޖުރަކުރުން އިތުރުވެ، އަނިޔާވެރިކަން އިތުރުވުމުގެ މަސްދަރަކަށެވެ.  ނަމަވެސް މި މައްސަލަތަކަކީ ހަމައެކަނި އިސްރާއީލަށް ނޫން ކަމަށާއި، މެދުއިރުމައްޗާއި އޭޝިއާއަށް ހަމަނުޖެހުން ގެނެސްދީ އަނިޔާވެރިކަމުގެ ދައުރުތަކަށް ތެޔޮ ޖަހާފައިވާ ކަންތައްތަކެއް ކަމަށް ދެކޭތީ، މި ވެރިކަން ގާއިމްކުރުމަށް ތާއީދުކުރި އދ އާއި އެހެނިހެން ގައުމުތަކެވެ.

Exit mobile version