ތާރީޚުގައި ޕާކިސްތާނުގެ އަސްކަރީ ވެރިކަމުގެ ހަގީގަތް! (8)

ޑރ ހުމާމް ޚާން

ޕާކިސްތާން ސިފައިން އުފެދުމާއި ކުރިއެރުވުމުގައި އިނގިރޭސިވިލާތުގެ ދައުރާއި ނުފޫޒު:

އިންޑިއާ ބައިބައިވުމުގެ ކުރިން އިނގިރޭސި އަސްކަރީ ލީޑަޝިޕުން އާންމުކޮށް ލޯކަލް ސިފައިންނަށް މަތީ އަސްކަރީ ރޭންކަށް އައުމުގެ ފުރިހަމަ ފުރުސަތު ނުދިން ކަމަށާއި، އެއީ ޕާކިސްތާން ސިފައިންގެ ފުރަތަމަ އަހަރުތަކުގައި އޮފިސަރުންގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވި ސަބަބެވެ. ގާތްގަނޑަކަށް 150،000 ސިފައިންގެ ކޮމާންޑް ކުރުމަށް ގާތްގަނޑަކަށް 2،500 އޮފިސަރުން ތިބިއިރު، ޝަރުތު ހަމަވީ 4،000 އޮފިސަރުންނާ ހަމައަށެވެ. މި ހުސްކަން ފުއްދައިދިނީ އިނގިރޭސިވިލާތާއި ހަންގޭރީއާއި ޕޮލެންޑްގެ އޮފިސަރުން ކަމަށާއި، އޭގެ ތެރެއިން ބައެއް ބޭފުޅުން 1950 ގެ އަހަރުތަކާ ހަމައަށް އެމީހުންގެ މަގާމުތަކުގައި ތިއްބެވި ކަމަށެވެ. އަނެއްކޮޅުން ޕާކިސްތާން ސިފައިންގެ އެންމެ މަތީ ލީޑަޝިޕް ވެސް ފުރަތަމަ ފަސް އަހަރު އޮތީ އިނގިރޭސި އޮފިސަރުންގެ އަތްމަތީގަ އެވެ.

ޕާކިސްތާން ސިފައިންގެ ފުރަތަމަ ވެރިޔަކީ އޮގަސްޓް 1947 އިން ފެބްރުއަރީ 1948 އަށް އެ މަގާމު ފުރުއްވި ޖެނެރަލް ފްރެންކް މެސަރވީ އެވެ.ދެވަނަ ކޮމާންޑަކީ ފެބްރުއަރީ 1948 އިން ޖެނުއަރީ 1951 އަށް ސިފައިންގެ އިސްވެރިޔަކީ ޖެނެރަލް ޑަގްލަސް ޑޭވިޑް ގްރޭސީ އެވެ.(ޕާކިސްތާން އާމީ، ހީސްޓްރީ އެންޑް އޮގަނައިޒޭޝަން، ލިޔުނީ ސްޓީވަން ޕީ. ކޯހެން، ސ. 3)

ހަމައެފަދައިން ޕާކިސްތާން ސިފައިންގެ އެންމެ މުހިންމު ސްޕެޝަލައިޒްޑް ޔުނިޓްތައް ކަމަށްވާ އެސްއެސްޖީ ނުވަތަ ކޮމާންޑޯ ފޯސްތައް 1950 ވަނަ އަހަރު އިނގިރޭސި އޮފިސަރު ކާނަލް ގްރާންޓް ޓޭލަރ ވަނީ ކުއެޓާގެ “ކްލޯސް ކުއާޓަރ ބަޓްލް ސްކޫލް” ގައި ފަށާފައެވެ. އަދި، އިނގިރޭސި ޒަމާނުން ބާކީ އޮތް ސިފައިން ތަމްރީނު ކުރުމަށް އަސްކަރީ މުއައްސަސާ “ރޯޔަލް އިންޑިއަން އާމީ ސާވިސް ކޯޕްސް ސްކޫލް، ކަކުލް” ކުރިއަށް ދިޔައިރު، ހަމައެކަނި ނަން ބަދަލުކޮށް، އެއަށް ކިޔާފައިވަނީ “ޕާކިސްތާން މިލިޓަރީ އެކަޑަމީ، ކަކުލް” އެވެ.

އަދި އިނގިރޭސި އަސްކަރީ ތައުލީމީ މުއައްސަސާ “ކިމްބަރލީ” ގެ ނަމޫނާއަކަށް ހަދާފައިވާ “ސްޓާފް ކޮލެޖް، ކުއެޓާ” ގައި ވެސް އިސް އޮފިސަރުންގެ ތަމްރީނު ކުރިއަށް ގެންގޮސްފައިވެ އެވެ. މި ކޮލެޖަކީ އިންޑިއާ ބައިބައިވުމުގެ ކުރިން ލޯރޑް ކިޗަނަރ އުފެއްދެވި ކޮލެޖެއް ކަމަށާއި ބައިބައިވުމަށްފަހު 1954 ވަނަ އަހަރާ ހަމައަށް އިނގިރޭސި އޮފިސަރުން އިސްކޮށް ތިއްބެވި ކޮލެޖެއް ކަމަށާއި އަދި ހަމައެހެންމެ، އާޓިލަރީ ތަމްރީނުތަކަށް ނޯޝެރާގައި އުފެއްދި “އާޓިލަރީ ސްކޫލް” ގެ ޓީޗަރުންގެ ތަމްރީނު 1952 ވަނަ އަހަރާ ހަމައަށް އިނގިރޭސިވިލާތުގައި ކުރިއަށް ގެންދިޔަ ކަމަށެވެ. (ޕާކިސްތާން އާމީ، ހީސްޓްރީ އެންޑް އޮގަނައިޒޭޝަން، ލިޔުނީ ސްޓީވަން ޕީ. ކޯހެން، ޞަފްޙާ 77-88)

މިތަނުގައި ފާހަގަކޮށްލަންޖެހޭ ކަމަކީ، ޕާކިސްތާން ސިފައިންގެ ލީޑަޝިޕާ ހަވާލުވި ފުރަތަމަ ދެ އިނގިރޭސި އަސްކަރީ ލީޑަރުން ވަކިވުމަށްފަހު، އެބޭފުޅުންވެސް ނިސްބަތްވަނީ އެއް ދަރަޖައަކާއި ނަސްލަކަށް، ސީދާ އެއް އަސްކަރީ އެކަޑަމީތަކުގައި އިނގިރޭސި އޮފިސަރުން ތަމްރީނުކޮށްފައިވާ ކަމެވެ. އެހެންކަމުން ޖެނެރަލް ގްރޭސީއަށްފަހު ސިފައިންގެ އިސްވެރިއަކަށް ވަޑައިގެންނެވި ފުރަތަމަ ޕާކިސްތާނުގެ ޖެނެރަލަކީ އަލިގަރުގައި ކިޔަވާވަޑައިގެން، އިނގިރޭސިވިލާތުގެ މަޝްހޫރު އަސްކަރީ އެކަޑަމީ “ރޯޔަލް މިލިޓަރީ ކޮލެޖް ސެންޑްހަރސްޓް” އަށް އަސްކަރީ ތަޢުލީމާއި ތަމްރީނު ލިބިވަޑައިގެންނެވި ފީލްޑް މާޝަލް އަޔޫބް ޚާނެވެ.

ސޭންޑްހަރސްޓް މިލިޓަރީ އެކަޑަމީއަށް ވަނުމަކީ ދިވެހި މީހަކަށް ފަސޭހަ މަސައްކަތެއް ނޫނެވެ. ސްޓީވަން ކޯހެން ވެސް މި ނުކުތާ ފާހަގަކުރައްވައި ލިޔުއްވަނީ “އިނގިރޭސިން ސެންޑްހަރސްޓަށް ފޮނުވާނެ މީހުން ވަރަށް ފަރުވާތެރިކަމާއެކު ހޮވާނެ. އެންމެ ވަފާތެރި، އިހުތިރާމް ލިބިގެންވާ އަދި އެންމެ ހުޅަނގުގެ އިންޑިއާ އާއިލާތައް ހޮވާނެ. ދެން މި އާއިލާތަކުގެ ތެރެއިން ހާއްސަކޮށް މުސްލިމުން ހޮވާނީ އެމީހުންގެ ވާޖިބުތަކުގައި ރަނގަޅު އަދި މޮޅު ހިދުމަތެއް ކޮށްފައިވާ ވައިސްރޯއީގެ ކޮމިޝަންޑް އޮފިސަރުން (ވީސީއޯ) ގެ ދަރިންނެވެ.” (ޕާކިސްތާން އާމީ، ހީސްޓްރީ އެންޑް އޮގަނައިޒޭޝަން، ސްޓީވަން ޕީ. ކޯހެން، ޞ. 57)

ރޯޔަލް އިންޑިއަން އާމީއާ ގުޅުމަށް ފަހު އަޔޫބް ޚާން ވަނީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ވެސް އޭނާގެ ގާބިލްކަން ދައްކައި ބަރުމާ (މިޔަންމާ) ސަރަހައްދުގައި ވެސް ޚިދުމަތް ކުރައްވާފަ އެވެ. އައްޔޫބް ޚާނަށް ފަހު ސިފައިންގެ ލީޑަޝިޕާ ހަވާލުވެވަޑައިގަތީ ޖެނެރަލް މޫސާ ޚާން އެވެ. މޫސާގެ ބައްޕައަކީ އަފްޣާނިސްތާނުގެ މީހެއް ކަމަށާއި، އޭނާ ރޭންކްތަކުގެ ތެރެއިން ވީސީއޯގެ މަތީ ދަރަޖައަށް އުފުލިގެން ދިޔަ ކަމަށެވެ. ބައްޕަގެ ވަފާތެރިކަމާއި ހިދުމަތުގެ ބަދަލުގައި އިނގިރޭސިވިލާތުގެ މަޝްހޫރު އަސްކަރީ މަރުކަޒު “ރޯޔަލް މިލިޓަރީ ކޮލެޖް ސެންޑްހަރސްޓް” އާއި ގުޅުމަށް ވެސް މޫސާ ހޮވި ނަމަވެސް ފަހުން ބައެއް މައްސަލަތަކުގެ ސަބަބުން އެތަނަށް ނުދެވި އޭގެ ބަދަލުގައި އިންޑިއާގެ އުތުރުގައި އޮންނަ އިނގިރޭސި އަސްކަރީ އެހެން މުއައްސަސާއެއް ކަމަށްވާ “އިންޑިއަން މިލިޓަރީ އެކަޑަމީ ޑެހްރާ ޑަން” އިން އަސްކަރީ ތަމްރީނު ހޯއްދެވިއެވެ.

1936 ވަނަ އަހަރު ވަޒީރުސްތާނުގައި މުޖާހިދުންނާ ދެކޮޅަށް ހިންގި އަސްކަރީ އޮޕަރޭޝަންތަކުގައި މޫސަ ވަނީ ކެޕްޓަނެއްގެ ގޮތުގައި ބައިވެރިވެފައެވެ.
މިއަދުވެސް އުތުރު ވަޒީރިސްތާނުގެ ‘ބޮޔާ’ ގެ ފަރުބަދަމަތީ ސަރަހައްދުތަކުގައި ހުންނަ އަސްކަރީ ޕޯސްޓެއްގެ ކައިރީގައި މޫސާ ޚާންގެ ނަން އުޖާލާ އަކުރުން ލިޔެފައި ހުރިތަން ފެނެއެވެ. މޫސާގެ ވެރިކަމަށް ފަހު، 1966 އިން 1971 އަށް ސިފައިންގެ ލީޑަޝިޕާ ހަވާލުވެވަޑައިގަތީ ޖެނެރަލް ޔަހްޔާ ޚާން އެވެ. އޭނާވެސް ވަނީ އިންޑިއާގެ މަޝްހޫރު އަސްކަރީ އެކަޑަމީ، ދިހަރަދޫން ތަމްރީނު ހޯއްދަވައި، ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އިޓަލީއާއި މެދުއިރުމަތީގައި ޚިދުމަތް ކުރައްވާފައެވެ.

ފަހުން 1976 އިން 1988 އަށް ރާއްޖޭގެ ސިޔާސީ އަދި އަސްކަރީ ކަންކަމުގައި ވެރިކަން ކުރެއްވި ޖެނެރަލް ޒިޔައުލް ހައްޤަށް ވެސް ސީދާ އިނގިރޭސި އޮފިސަރުން ތަމްރީނު ކުރެއްވި އެވެ. ޒިޔައުލްހަޤް ފުރަތަމަ އަސްކަރީ ތަމްރީނު ހޯއްދެވީ ދިހަރަދޫން ކަމަށާއި، ދެވަނަ ބޮޑު ހަނގުރާމަ ނިމުނުއިރު އިރުމަތީ ދެކުނު އޭޝިއާ ސަރަޙައްދުގައި އިނގިރޭސި ކޮމާންޑްގެ ދަށުން އޭނާގެ ޤާބިލުކަން ދައްކާލާފައިވާ ކަމަށެވެ.

އެއަށްފަހު ކެންސަސްގެ ފޯޓް ލީވަންވޯރތްގައި ހުންނަ އެމެރިކާގެ ކޮމާންޑް އެންޑް ޖެނެރަލް ސްޓާފް ކޮލެޖަށް މަތީ އަސްކަރީ ތަމްރީނު ހޯއްދެވިއެވެ. 1960 ގެ އަހަރުތަކުގެ ފަހުކޮޅު އުރުދުންގެ ސިފައިން ތަމްރީނު ކުރުމާ ހަވާލުވެވަޑައިގަތީ ޒިޔާއުލްހަޤް ވެސް އެވެ. 1970 ވަނަ އަހަރު އުރުދުންގައި ހިމާޔަތް ހޯދަން އުޅޭ ފަލަސްތީނުގެ ރެފިއުޖީންނާ ދެކޮޅަށް އުރުދުން ސިފައިން އަސްކަރީ އޮޕަރޭޝަންތައް ފެށިއިރު، ބްރިގޭޑިއަރެއްގެ ގޮތުގައި އުރުދުންގެ 2 ވަނަ ސިފައިންގެ ޑިވިޜަން ލީޑް ކުރެއްވީ ޒިޔާއުލްހަޤްއެވެ.

ފަލަސްތީނުގެ މަސްދަރުތަކުން ބުނާ ގޮތުގައި މި އޮޕަރޭޝަންތަކުގައި ފަލަސްތީނުގެ އެތައް ހާސް މައުސޫމް މުސްލިމުން ޝަހީދުވެފައިވެއެވެ. އިނގިރޭސި ތަމްރީނު ލިބިފައިވާ އަސްކަރީ އެކަޑަމީތަކުގެ މި ސަފުގެ އެންމެ ފަހުގެ އިސް އޮފިސަރަކީ ޖެނެރަލް އާސިފް ނަވާޒް ޖަންޖުއާ އެވެ. ޖެނެރަލް އާސިފް ނަވާޒް 1991 އިން 1993 އަށް ޕާކިސްތާނުގެ ގްރައުންޑް ފޯސް ލީޑް ކުރެއްވިއިރު، އޭނާގެ ކުރީގެ ތައުލީމު ހާސިލް ކުރެއްވީ ރަވަލްޕިންޑީގެ ސެއިންޓް މެރީ މިޝަނަރީ ސްކޫލުން ކަމަށާއި، އެއްފަހަރަކު އޭނާ އަމިއްލައަށް ވިދާޅުވި ގޮތުގައި އޭނާގެ ތައުލީމުގައި އެންމެ މުހިންމު ދައުރެއް އަދާކުރީ އެ ސްކޫލުގެ ޔޫރަޕްގެ ދެ ޓީޗަރުން ކަމަށްވާ ފާދިރީ ބާންސް އާއި މެޑަމް މޭ ފްލިންޗް ކަމަށެވެ.

އާސިފް ނަވާޒް ވަނީ އިނގިރޭސިވިލާތުގެ ސެންދަރސްޓް މިލިޓަރީ އެކަޑަމީގައި ވެސް އޭނާގެ ކުރީކޮޅު އަސްކަރީ ތަމްރީނު ހޯއްދަވާފައެވެ. މިގޮތުން އިނގިރޭސި އޮފިސަރުންގެ ސީދާ ލީޑަރޝިޕްގެ ދަށުން ފަސް އަހަރު ފަހުން ގާތްގަނޑަކަށް 42 އަހަރު ވަންދެން ސިފައިން ތިބީ އިނގިރޭސިން ހޮވައި، އެމީހުންގެ އަސްކަރީ ނިޒާމުގައި ތަމްރީނު ލިބިފައިވާ އޮފިސަރުންގެ އަތްމަތީގައެވެ. އެހެންކަމުން އިނގިރޭސިން ގަރުނަކަށްވުރެ ގިނަ ދުވަހު އިންޑިއާގެ މުސްލިމުން އަޅުވެތިކޮށްފައިވާ އަސްކަރީ ދަރަޖައާއި، މި ބާރާއެކު އިންޑިއާގައި އުފެދުނު ކޮންމެ ޖިހާދީ ހަރަކާތެއް ފުނޑުފުނޑުވެ، ހަމަ އެ ބަދުނަސީބު ދަރަޖަ “މިނިވަންކަމަށް” މިނިވަންވިއިރު، އެހެން ހުރިހާ މުސްލިމުން، ޚާއްޞަކޮށް ޢިލްމުވެރިންނާއި މުޖާހިދުން މި ޚިޔާނާތްތެރިންގެ އަޅުވެތިކަމުގެ ދަށުގައި ތިބުމަށް މަޖުބޫރުވިއެވެ.

މުޖާހިދީންގެ ހަރަކާތަށް ލޯބިކުރާ މީހުންނަކީ ވެސް ޕާކިސްތާން އުފެއްދުމަށްފަހު “ދުޝްމަނުން” ކަމަށް ބެލެވުނު އިރު، ޕާކިސްތާން އުފެއްދުމުގެ ކުރިން ކުރި ފަދައިން ހަމަ އެ ލަޝްކަރު އެމީހުންގެ ފަހަތުން ކުރިއަށް ދިޔައެވެ. އެއްފަރާތުން ޤަބީލާ ސަރަޙައްދުތަކުގައި އިޕީ ފާޤިރު ރަޙިމަހުﷲ އާއި އެހެނިހެން ޖިހާދީ ލީޑަރުންނަށް ކުރާ އަނިޔާތައް ހިނގައި އެމީހުންގެ ބައްދަލުވުންތަކަށް ބޮން އަޅަމުން ދިޔައިރު އަނެއްފަރާތުން ޕާކިސްތާނުގެ ސިޓީ ސަރަޙައްދުތަކުގައި މި ހަރަކާތާ ގުޅުންހުރި މީހުންނަށް ގޯނާކުރުމާއި އުނދަގޫކުރުން ކުރިއަށް ދިޔައެވެ.

މި ނުކުތާ ބަޔާންކުރައްވަމުން ޑރ ސަރުކާރު، އަދި އެހެންކަމުން އެމީހުން އަދިވެސް ދެކެމުން އައީ ދުޝްމަނުންގެ ގޮތުގައެވެ.” (ސައިދު އަޙްމަދު ޝަހީދާއި އެބައިމީހުންގެ މުޖާހިދުންގެ ޙަރަކާތް، ޞ. 769)

އެހެންކަމުން ޕާކިސްތާން އުފެދުނު ފަހުންވެސް އަސްކަރީ ތަމްރީނު ދިނުމުގެ މަންހަޖަށް ބަދަލެއް ނާދެއެވެ؛ އެހެންކަމުން އަސްކަރިއްޔާގައި “ރަހުމަތްތެރިޔާ” އާއި “ދުޝްމަނުން” ގެ މާނަ އަސާސީ ގޮތުން އޮތީ ޕާކިސްތާން އުފެއްދުމުގެ ކުރިން އިނގިރޭސިން ދަސްކޮށްދިން މާނަތަކާ އެއްގޮތަށެވެ.

Exit mobile version