ލިޔުންތެރިޔާ: ޖުނައިދު ޒާހިދު
ދާޢިޝްގެ ސުލޫކު ކުރުކޮށް ބަލާލުމުން ސާފު ހަގީގަތެއް ހާމަވެގެންދެއެވެ: އަމިއްލައަށް ބުނާ މި ފަރާތަކީ- ހަރަކާތެއްގެ ގޮތުގައި ނުވަތަ ދައުލަތެއްގެ ގޮތުގައި ހުށަހެޅި ނަމަވެސް- ކާމިޔާބީގެ އުސޫލުތަކާ ދުރުގައި އޮތް އަދި ކުރިއަށް ގެންދާ ކަމަށް ބުނާ މަތިވެރި މަޤްޞަދުތަކާ މުޅިން ގުޅުން ކެނޑިފައިވާ އެއްޗެކެވެ.
ހަރަކާތެއްގެ ގޮތުގައި ނުވަތަ ދައުލަތެއްގެ ގޮތުގައި ވަޒަން ކުރިޔަސް ދާޢިޝް ފާޅުވަނީ ހޮޅި އަދި ޑިސްފެންޝަނަލް ގޮތަކަށެވެ. ފިކުރީ ގޮތުން ތަބާވާ މީހުންނާއި ހީވާގި ސަޕޯޓަރުން ނައްތާލެވިފައިވާ މި ސިޓީ ހީވަނީ ދޫކޮށްލާފައިވާ ސިޓީއަކާ – ހުސް އަދި ދިރުމެއް ނެތް ސިޓީއަކާ އެވެ.
ދާޢިޝް އަކީ ހަރަކާތެއްގެ ގޮތުގައި ބަލަން އިޚްތިޔާރު ކޮށްފިނަމަ، އޭގެ ބިންގާ އެޅި ބާރު ގެއްލިފައިވާކަން ހާމަވެގެންދެއެވެ. އާންމުކޮށް މިފަދަ ސަބަބުތަކަށް ތެޔޮ ޖައްސަވާ ފިކުރީ ޖޯޝާއި އާންމުންގެ ތާއީދު ނެތިގެން ގޮސް، އެ ޖަމާއަތުގެ ނާކާމިޔާބީ ވަނީ ވެފަ އެވެ. އަނެއްކޮޅުން، ދައުލަތެއްގެ ގޮތުގައި އަޅުގަނޑުމެން ތަޙުލީލުކޮށްފިނަމަ- “އިރާގުއާއި ސީރިއާގެ އިސްލާމީ ދައުލަތް” (އައިއެސް) ގެ ނަން ދީފައިވާ ގޮތަށް- ދައުލަތެއްގެ މުހިންމު އެއްވެސް މިންގަނޑެއް ފުރިހަމަ ނުކުރެވޭކަން ވެސް ފާހަގަކުރެވެއެވެ.
ދައުލަތަކީ ކޮބައި ހެއްޔެވެ؟
ސިޔާސީ ޢިލްމުގެ ނަޒަރަކުން ބަލާއިރު ދައުލަތަކީ އިސްތިޤްލާލު ލިބިފައިވާ، ސާފުކޮށް ކަނޑައެޅިފައިވާ ޖިއޮގްރަފިކަލް ސަރަހައްދެއްގެ މައްޗަށް ބާރުވެރިކަން ހިންގާ، ޤާނޫނު ތަންފީޒުކުރުމާއި، ތަރުތީބާއި ރައްކާތެރިކަން ދެމެހެއްޓުމާއި، އާންމު ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ތެރެއިން ހިންގާ ސިޔާސީ ފަރާތެއްގެ ގޮތުގައެވެ.
ކްލާސިކަލް ޓާމްސްގައި ދައުލަތަކީ ދާއިމީ ވުޖޫދާއި، ޝަރުއީ ބާރާއި، ދާޚިލީ އަދި ބައިނަލްއަޤްވާމީ ކަންކަން ރެގިއުލޭޓް ކުރުމުގެ ޤާބިލުކަން ލިބިފައިވާ ޤާނޫނީ-ސިޔާސީ އޮނިގަނޑެކެވެ.
މި މާނަކުރުމުގެ އެންމެ އަސާސީ ކަންތައްތައް ވެސް ފުއްދައިދިނުމުގައި ދާޢިޝް ނާކާމިޔާބުވެއެވެ. އެއްވެސް ސްޓޭބަލް، ބައިނަލްއަޤްވާމީ ގޮތުން ޤަބޫލުކުރެވޭ ސަރަޙައްދެއް ކޮންޓްރޯލް ނުކުރާއިރު، ވަކި އާބާދީއެއްގެ މައްޗަށް ޤާނޫނުތައް ދެމެހެއްޓެނިވި ގޮތެއްގައި ނުވަތަ ޝަރުޢީ ގޮތެއްގައި ތަންފީޒުކުރުމުގެ ޤާބިލުކަންވެސް ލިބިފައި ނުވެއެވެ.
ދައުލަތުގެ އަސާސީ ބައިތައް
އެއްވެސް ފަރާތެއް ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށްޓަކައި، ވަކި މުހިންމު ބައިތަކެއް ހުންނަން ޖެހެއެވެ. މި ބިންގާ އަޅާ އުނިއިތުރުތަކަކީ ހަމައެކަނި ނަޒަރިއްޔާތުގެ އުނިއިތުރުތަކެއް ނޫން ނަމަވެސް ސިޔާސީ ފަރާތަކަށް ޝަރުއީ ބާރާއި ވެރިކަން ހިންގޭނެ އޮޕަރޭޝަނަލް ފްރޭމްވޯކެއްގެ ގޮތުގައި ޚިދުމަތްކުރާ އެއްޗެކެވެ:
1. ކަނޑައެޅިފައިވާ ޖިއޮގްރަފިކަލް ޓެރިޓަރީ
ވަކި ޖިއޮގްރަފިކަލް އޭރިއާއެއްގެ މައްޗަށް ކޮންޓްރޯލް ކުރުމަކީ ދައުލަތަކަށް ވުމަށް ޝަރުޠު ފުރިހަމަވާ ކަމެކެވެ. މި ސަރަޙައްދީ ކޮންޓްރޯލްގެ ސަބަބުން ޤާނޫނުތައް ތަންފީޒުކުރުމާއި، ވެރިކަމުގެ ޕްރޮގްރާމްތައް ހިންގުމާއި، ޤަބޫލުކުރެވޭ ޙައްދުތަކުގެ ތެރޭގައި ބާރުވެރިކަން ބޭނުންކުރެވޭނެއެވެ. ދިގުދެމިގެންދާ އަދި ސާފުކޮށް ކަނޑައެޅިފައިވާ ސަރަޙައްދީ ކޮންޓްރޯލެއް ނެތް ދާޢިޝް، މި އަސާސީ ޓެސްޓުން ނާކާމިޔާބުވެއެވެ.
2. އާބާދީ
ދައުލަތެއްގެ ގާނޫނުތަކަށް ތަބާވެ، އެ ދައުލަތެއްގެ ބާރަށް އިހުތިޔާރުން ތާއީދުކުރާ ރެސިޑެންޓް ޕޮޕިއުލޭޝަނެއް އޮންނަން ޖެހެ އެވެ. މަޖުބޫރުކުރުމާއި، ބިރުވެރިކަމާއި، ނުވަތަ އަސްކަރީ ބާރުވެރިކަމުގެ މައްޗަށް ބިނާވެފައިވާ ވެރިކަމަކީ، ޝަރުޢީ ދައުލަތެއްގެ ގޮތުގައި ބެލުމުގެ ޝަރުޠު ހަމަނުވާ ކަމެކެވެ. ހިލޭސާބަހަށް ބައިއަތު ހިފުމުގެ ބަދަލުގައި ބިރުދެއްކުމާއި އަނިޔާވެރިކަމަށް ދާޢިޝް ބަރޯސާވުމަކީ ދައުލަތުގެ ދަޢުވާއަށް ބުރޫއަރާ ކަމެކެވެ.
3. ސަރުކާރު
ދައުލަތެއްގެ ސިޔާސީ، އިޤްތިޞާދީ، ސަލާމަތީ، އަދި އިޖްތިމާޢީ ކަންކަން ބެލެހެއްޓުމަށްޓަކައި އިންތިޒާމުކުރެވިފައިވާ އަދި ޙަރަކާތްތެރި ސަރުކާރެއް ކޮންމެހެން ބޭނުންތެރިއެވެ. އެއްވެސް ދައުލަތަކަށް ސްޓްރަކްޗަރޑް އިދާރީ ވަސީލަތެއް ނެތި ފައިދާހުރި ގޮތެއްގައި ހިންގޭކަށް ނުވަތަ ޝަރުޢީ ކަމުގެ ދަޢުވާއެއް ނުކުރެވޭނެއެވެ. ގިނަ ފަހަރަށް ފެކްޝަނަލިޒަމް އާއި އަނިޔާވެރިކަމުން ދުއްވާ ދާޢިޝްގެ ހަލަބޮލި އަދި ލާމަރުކަޒީ ލީޑަޝިޕަކީ ޝަރުޢީ ވެރިކަމެއްގެ ގޮތުގައި ޝަރުޠު ހަމަވާ ކަމެއް ނޫނެވެ.
4. އިސްތިޤްލާލު
އިސްތިޤްލާލުން ދޭހަވަނީ ބޭރުގެ ބާރުތަކަށް ތަބާނުވެ އެތެރޭގެ ކަންކަމާއި ބޭރުގެ ކަންކަމުގައި މިނިވަން ނިންމުންތައް ނިންމުމުގެ ޤާބިލުކަމެވެ. ނަމަވެސް ދާޢިޝް އިން ދައްކާ ގޮތުގައި ބޭރުގެ ފަރާތްތަކުގެ ނުފޫޒާއި މެނިޕިއުލޭޝަންގެ ދަށުން ހިންގާފައިވާއިރު، އެއީ ހަގީގީ އިސްތިގުލާލީ ފަރާތަކަށްވުރެ ވަސީލަތަކަށް ހަދައިގެންނެވެ. މި ދަށުދަރަޖައިގެ ކަންކަން ފުޅާދާއިރާއެއްގައި ގަބޫލުކުރާއިރު، މިނިވަން ދައުލަތެއްގެ ދަޢުވާ އިތުރަށް ބަދުނާމުވެގެންދެއެވެ.
ދާޢިޝް ހަރަކާތެއްގެ ގޮތުގައި ތަޙުލީލު ކުރިޔަސް ނުވަތަ ދައުލަތެއްގެ ގޮތުގައި ތަޙުލީލު ކުރިޔަސް، އެ ދެ ކަންކަމުގައި ވެސް ނިންމާލަދޭ ގޮތަކަށް ނާކާމިޔާބު ވެއެވެ. ހަރަކާތެއްގެ ގޮތުގައި އެއީ ދިރުމާއި ނުފޫޒުން އެއްކިބާވެފައިވާ ހަރަކާތެކެވެ؛ ދައުލަތެއްގެ ގޮތުގައި، ޝަރުޢީ ދައުލަތަކަށް ވުމަށް ބޭނުންވާ ކޮންމެ ބިންގަލެއް ނެތެވެ. އޭގެ ޒާތުގައި ފިކުރީ މައިގަނޑާއި އަމަލީ ސުލޫކުގެ މައްޗަށް ބިނާކޮށް ދާޢިޝް އަކީ ހަރަކާތެއްވެސް އަދި ދައުލަތެއްވެސް ނޫން ކަމަށާއި، އޭގެ ބަދަލުގައި އެއީ ކުށެއްނެތް މީހުންނަށް އިންތިހާއަށް ތަކުލީފު އުފުލާ، އިސްލާމްދީނުގެ ސޫރަ ވަރަށް ބޮޑަށް ކިލަނބުވެފައިވާ ބާރުގަދަ، އަނިޔާވެރި، އަދި ފާޅުގައި ޓެރަރިސްޓް ޖަމާއަތެކެވެ.
ދާޢިޝް: ޙަރަކާތެއްވެސް އަދި ދައުލަތެއްވެސް ނޫން
