އަލްޤައިދާއިން އައިއެސްގެ ދެ މެމްބަރަކު މަރާލައި، އެކަކު ދިރިހުއްޓާ އަތުލައިފި އެވެ

#image_title

ބުރްކިނާ ފާސޯގައި ދާދި ފަހުން އަލްގައިދާ މުޖާހިދީން ވަނީ އޮޕަރޭޝަނެއް ހިންގައި، އައިއެސްގެ ދެ މެމްބަރަކު ނައްތާލައި، ދިރިހުރި މީހަކު އަތުލައިގަނެފަ އެވެ.

ޖަމާޢަތު ނޫސްރަތުލް އިސްލާމް ވަލްމުސްލިމީން (ޖޭއެންއައިއެމް) ގެ މީޑިއާ ޕްލެޓްފޯމް، އަޒް ޒައްލާގާ އިން ހާމަކޮށްފައިވާ ގޮތުގައި މީގެ ކުރިން އަންގާރަ ދުވަހު އަލްގައިދާގެ މުޖާހިދީން އިސްނަގައިގެން ވަނީ ޑޯރީ ޕްރޮވިންސްގައި އައިއެސް ހަނގުރާމަވެރިންނަށް ހަމަލާދީފަ އެވެ.  ނަތީޖާއެއްގެ ގޮތުން އައިއެސްގެ ދެ އޮޕަރޭޓިވުން ނިއުޓްރަލައިޒް ކުރިއިރު، އަނެއް މީހަކު ދިރިހުއްޓާ ހައްޔަރުކޮށްފައިވެ އެވެ.

އައިއެސްގެ ހަނގުރާމަވެރިންގެ އަތުން ތިން ސައިކަލާއި ތިން ކަލާޝްނިކޯވް ރައިފަލާއި އެހެނިހެން އެކި ސާމާނު އަތުލައިގަތް ކަމަށް ރިޕޯޓުގައި ތަފްސީލުކޮށްފައިވެ އެވެ.

Exit mobile version