ޕާކިސްތާނަށް ބޮޑެތި ގެއްލުންތަކަކަށްފަހު ހަނގުރާމަ ހުއްޓާލުމަށް އެދިއްޖެއެވެ

ޕާކިސްތާނު ސިފައިންގެ ތެރޭގައި ބޮޑެތި ގެއްލުންތަކެއް ލިބި، އެތައް ސިފައިންނެއް މަރުވެ، އެމީހުންގެ ހަށިގަނޑުތައް ދޫކޮށްލައި، ބައެއް މީހުން ދިރިތިއްބާ އަތުލައިގަތުމާ ގުޅިގެން ޕާކިސްތާނު ސިފައިން ވަނީ ހަނގުރާމަ ހުއްޓާލުމަށް ތަކުރާރުކޮށް އިލްތިމާސްކޮށްފަ އެވެ.  އެކަމަށް އެދި މިހާރު ރަސްމީކޮށް އިއުލާންކޮށްފައިވާއިރު، އިސްލާމިކް އެމިރޭޓް އޮފް އަފްޣާނިސްތާން (އައިއީއޭ) އިން ވެސް ވަނީ އެކަމަށް އެއްބަސްވެފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އައިއީއޭ އިން ވަނީ 48 ގަޑިއިރުގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ގަބޫލުކޮށްފަ އެވެ.

ފުރަތަމަ އަނިޔާވެރިކަން ފެށީ ޕާކިސްތާނުގެ ބާރުތަކުން ކަމަށްވާތީ، އިސްލާމްއާބާދުން މިހާރު ޖެހެނީ މަޝްވަރާއާއި އަމަލީ ފިޔަވަޅުތަކުގެ ތެރެއިން ޑޫރަންޑް ލައިންގެ މައްސަލަތަކާއި ގުޅުންހުރި އެހެން ކަންކަން ހައްލުކުރުމަށް ބުއްދިވެރި އަދި ބިނާކުރަނިވި ފިޔަވަޅުތަކެކެވެ.

Exit mobile version