އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ މެދުއިރުމަތީގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ސީރިއާގެ ޑެއިރްޒޫރުގައި ދިން ވައިގެ ހަމަލާއެއްގައި އައިއެސްގެ ލޯކަލް ކޮމާންޑަރުންގެ ތެރެއިން އެކަކު އޭނާގެ އެކުވެރިއަކާ އެކު މަރުވެއްޖެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި އައިއެސްގެ ސިފައިންގެ ތެރޭގައި “މަހުމޫދު” ގެ ނަމުން މަޝްހޫރުވެފައިވާ “އަބޫ ޔޫސުފް” ކިޔާ މި މީހާ؛ އޭނާ މަސައްކަތް ކުރެއްވީ ޑެއިރްޒޫރު ޕްރޮވިންސްގަ އެވެ.
ސީރިއާގެ އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން އިއުލާން ކުރި ގޮތުގައި އަބޫ ޔޫސުފް މަސައްކަތް ކުރައްވަމުން ގެންދެވީ ޝާމް ސަރަހައްދުގައި އައިއެސް ޖަމާއަތުގެ ކޮންޓްރޯލްގެ ދަށުން “އަލްޚާއިރު” ސަބް ޕްރޮވިންސްގެ ގަވަރުނަރުގެ މަގާމުގަ އެވެ.
ފާހަގަކޮށްލަންޖެހޭ ކަމަކީ ޑެއިރްޒޫރަކީ އައިއެސް ސިއްރުން އުޅޭ ސީރިއާގެ އެއް ސިޓީ ކަމަށާއި ދޭތެރެ ދޭތެރެއިން ފައިސާ ދައްކަން ދެކޮޅު ހަދާ ލޯކަލް މުއްސަނދިންނަށް ހަމަލާދޭ ސިޓީއެއް ކަމަށެވެ.