އައިއެސް-ކޭ ބްރާންޗާއި ތާޖިކް ރައްޔިތުންގެ

#image_title

ލިޔުނީ: އާސިމް އުމަރު

އައިއެސް-ޚޯރާސާން ގޮފިން ހިމެނެނީ އަފްޣާނިސްތާނާއި ޕާކިސްތާނުގެ ގަބީލާ ސަރަހައްދުތަކާއި އީރާނުގެ ސިސްތާން-ބަލޫޗިސްތާން ސަރަހައްދުގެ އިތުރުން ތަޖިކިސްތާން، އުޒްބެކިސްތާން، ތުރުކްމެނިސްތާން އަދި ކިރްގިސްތާންގެ ބޯޑަރު ސަރަހައްދުތަކެވެ.  މޮސްކޯގެ ކްރޮކަސް ކޮންސެޓް ހޯލަށް ދިން ހަމަލާއާ ގުޅިގެން އައިއެސް-ޚޯރާސަން ގޮފިގެ ބެނާގެ ދަށުން މި ހާދިސާގެ ޒިންމާ ވެސް އެ ޖަމާއަތުން ނަގާފައިވެ އެވެ.

ޚާއްސަކޮށް ޚުރާސާން ގޮފިގެ ތެރޭގައި އައިއެސްގެ ބޮޑު ބައެއް ހިމެނެނީ ބޭރުގެ ހަނގުރާމަވެރިންނެވެ.  ހެކިތަކާއި ރިޕޯޓްތަކަށް ބަލާއިރު، މި ބިދޭސީ އައިއެސްގެ މެމްބަރުންގެ ބޮޑު ބަޔަކީ ތާޖިކް އަދި ޕާކިސްތާނުގެ ގައުމިއްޔަތުގެ މީހުންނެވެ.

އައިއެސް އަށް ޚާއްސަކޮށް ޚުރާސާން ގޮފިއަށް ތާޖިކިސްތާނުގެ ރައްޔިތުން ރެކްރޫޓް ކުރުން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.  އަމިއްލައަށް މަރުވުމާއި އެހެނިހެން މަރުގެ ހަމަލާތަކުގައި ބައިވެރިވާ ފަރާތްތަކުގެ ތެރޭގައި މުހިންމު ގޮތެއްގައި ހިމެނެނީ ތަޖިކިސްތާނުގެ އިގްތިސާދީ ހާލަތުގެ ގޮންޖެހުންތަކުގެ ސަބަބުން ރަޝިޔާ އާއި އެހެން ގައުމުތަކަށް ހިޖުރަކުރާ ތާޖިކިސްތާނުގެ ރައްޔިތުންނެވެ.

ބިންގަނޑު ފުރިފައިވާ ގައުމެއް ކަމަށްވާ ތަޖިކިސްތާނަކީ ސިޔާސީ ނުތަނަވަސްކަމާއި، ބަލިކަށި ވެރިކަމާއި، ސަރުކާރުގެ އޮނިގަނޑުތަކުގެ ތެރޭގައި ފެތުރިފައިވާ ކޮރަޕްޝަނާއި، އުފެއްދުމާއި އެކްސްޕޯޓް ދަށްވުމާއި، ބޭރުގެ އިންވެސްޓްމަންޓްތައް މަދުވުމާއި، ގުދުރަތީ ކާރިސާތަކާއި، އިގްތިސާދީ ހާލަތު ގޯސްވުމަށް މެދުވެރިވާ އެކިއެކި ކަންކަމާ ކުރިމަތިލާން ޖެހޭ ގައުމެކެވެ.

އިޤްތިޞާދީ ދަތިތަކުގެ ސަބަބުން ތާޖިކިސްތާނުގެ ގިނަ ރައްޔިތުން ރަޝިޔާއާއި ޔޫރަޕްގެ އެކި ޤައުމުތަކަށް ހިޖުރަކުރާއިރު، އެ ޤައުމުތަކުން ގިނަ ފަހަރަށް ވަޒީފާ ލިބެނީ އިމާރާތްކުރުމާއި ދަނޑުވެރިކަމާއި ކުދި ވިޔަފާރިތަކުންނެވެ.  އެމީހުންނަށް ލިބޭ އާމްދަނީގެ ބައެއް އަނބުރާ ތަޖިކިސްތާނުގައި ތިބި އެމީހުންގެ އާއިލާތަކަށް ފޮނުވަނީ ސަޕޯޓް ދިނުމަށެވެ.

ރަޝިޔާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ ޒަރީއާއިން އައިއެސްއަށް ގިނަ އަދަދެއްގެ ތާޖިކް މީހުން ރެކްރޫޓް ކުރެއެވެ.  ބައެއް މީހުންނަށް އައިއެސްއާ ގުޅުމަށް ފިކުރުގެ ނުފޫޒު ފޯރާއިރު ގިނަ ބަޔަކު ޝައުގުވެރިވަނީ މާލީ ފައިދާތަކުގެ ސަބަބުންނެވެ.  އެމީހުން ރިކްރޫޓް ކުރުމުން، އެމީހުންގެ މިޝަން ކަނޑައެޅިފައިވާ ވަކި ތަންތަނަށް – ޔޫރަޕް ނުވަތަ އޭޝިއާގައި ހަމަލާތައް ދިނުމަށް – ޑިޕްލޮއި ކުރެވެ އެވެ.

ތާޖިކިސްތާނުގެ އައިއެސް ހަނގުރާމަވެރިން ރަޝިޔާ، ތުރުކީ، އީރާން، އަފްޣާނިސްތާން، އަދި އެހެނިހެން ގައުމުތަކުގައި މަރުގެ ހަމަލާތަކާ ގުޅުން ހުރި ކަމަށް ބުނެފައިވާއިރު، އޭގެ ތެރެއިން ގިނަ ބަޔަކު ވަނީ އަމިއްލައަށް މަރުވާ މީހުންގެ ގޮތުގަ އެވެ.

މާޗް މަހު ނެރުނު ބަޔާނެއްގައި ތަޖިކިސްތާނުގެ ރައީސް އިމޯމަލީ ރަހްމޮން ވަނީ މި ހަމަލާތަކުގައި ތާޖިކިސްތާނުގެ ރައްޔިތުން ބައިވެރިވުން އިތުރުވަމުންދާތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.  އޭނާ ހާމަކުރެއްވި ގޮތުގައި ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ތާޖިކިސްތާނުގެ 24 ފަރުދަކު ވަނީ ތަފާތު 10 ގައުމެއްގައި ހަމަލާދީފައެވެ.  ނަމަވެސް މި އަދަދަކީ ކޮންޒަވޭޓިވް އަންދާޒާއަކަށް ވެދާނެ ކަމަށާއި، އެއީ އައިއެސް-ޚޯރަސާންގެ މެމްބަރުން އެހެން އެތައް ހަމަލާތަކެއްގައި ބައިވެރިވެފައިވާތީ އެވެ.

މިސާލަކަށް ކާބުލްގައި ތާޖިކް އައިއެސްގެ އޮޕަރޭޓިވްއަކު އޭނާގެ ފައިތިލަގައި ފޮރުވިފައިވާ ގޮވާތަކެތި ބޭނުންކޮށްގެން ދީނީ މަދްރަސާއަކަށް ހަމަލާދޭން ރާވާފައިވީ ނަމަވެސް އެ ޕްލޭން ތަންފީޒު ކުރުމުގެ ކުރިން އޭނާ ހައްޔަރުކުރި އެވެ.

ތާޖިކިސްތާނުން އަމިއްލައަށް މަރުވި ހަމަލާތަކުގެ ފާހަގަކޮށްލެވޭ މިސާލުތަކުގެ ތެރޭގައި އަބޫ މުހައްމަދާއި އަބޫ އިލްޔާސް (ކާބުލްގެ އީމާން މިސްކިތަށް ހަމަލާދިން)، އަބޫ އުމަރު ޖަވާދު (ޗައިނާގެ ހޮޓަލެއްގައި ހަމަލާދިން މީހާ)، އަބްދުލް ޖައްބާރު (ޗައިނާގެ ހޮޓަލަކާއި އަސްކަރީ އެއާފީލްޑަށް ހަމަލާދިން މީހުން ހިމެނެ އެވެ  )، ޒަކަރިއްޔާ (ފޮރިން މިނިސްޓްރީގައި ހަމަލާދިން މީހާ، ޚައިބަރު ކަނޑަހަރީގެ ނަމުން ވެސް ނަންދެވިފައިވާ)، އަދި އަބްދުލްހަޤް ޚުރާސާނީ އެވެ  (ބަލްޚްގައި ހުންނަ އަތޮޅު މައި މަރުކަޒުގައި ހަމަލާދިން މީހާ).

މޮސްކޯގެ ކްރޮކަސް ކޮންސެޓް ހޯލުގައި ތާޖިކިސްތާނުގެ އައިއެސްގެ މެމްބަރުން ދިން ޓެރަރިސްޓް ހަމަލާގައި 145 މީހުން މަރުވެފައިވެ އެވެ.  ހަމައެފަދައިން ފްރާންސް، ޖަރުމަނު، އޮސްޓްރިއާ، އަދި އެމެރިކާ ފަދަ ގައުމުތަކުގައި ހައްޔަރުކުރި އައިއެސްގެ ގިނަ އަދަދެއްގެ މެމްބަރުންނަކީ ތާޖިކިސްތާނުގެ ރައްޔިތުން ކަމަށް ފާހަގަކުރެވުނެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ތަޖިކިސްތާނުގެ ގޮންޖެހުންތަކެއް ހުރި އިގްތިސާދީ ހާލަތުގެ ސަބަބުން އައިއެސް-ޚޮރާސާން އަށް ރިކްރޫޓް ކުރުމުގެ ފުރިހަމަ ފުރުސަތުތަކެއް އެބަހުއްޓެވެ.  މީގެ އިތުރުން ތަޖިކިސްތާނުގައި އިސްލާމީ ގިނަ ކަންތައްތަކަށް ހުރަސްއެޅިފައިވާތީ، އައިއެސް އަށް ފަރުދުން ޝައުގުވެރިކޮށް ރިކްރޫޓް ކުރުމަށް މަގުފަހިވެފައިވެ އެވެ.

Exit mobile version