އައިއެސްގެ ބޭރުން ރާވާފައިވާ ހަމަލާތަކުން އަހަރެމެން ބަލިކަށި ނުވާނެ ކަމަށް އޮފިޝަލުން ބުނެފި އެވެ.

#image_title

އަފްޣާނިސްތާނުގެ އިސްލާމިކް އެމިރޭޓްގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ޝަހީދު ޚަލީލް އުރު ރަޙްމާން ހައްޤާނީގެ ޖަނާޒާގައި ވިދާޅުވެފައިވަނީ މީގެ ކުރިން ހަތް މަސްދުވަހު އައިއެސް-ކޭ އިން ދިން ހުރިހާ ހަމަލާތަކަކީ އަފްޣާނިސްތާނުގެ ބޯޑަރުތަކުން ބޭރުގައި ދިން ހަމަލާތަކެއް ކަމަށެވެ.

މައުލާވީ އަމީރު ޚާން މުއްތަޤީގެ ވާހަކަފުޅުގައި އައިއެސްގެ ހަމަލާތަކުގައި ޝަހީދުވެއްޖެނަމަ އަމީރާތު ބަލިކަށި ނުވާނެކަމަށް ބާރުއަޅުއްވާފައިވެއެވެ. އެމަނިކުފާނު އަލިއަޅުއްވާލެއްވީ ކޮންމެ ވަޒީރަކާއި ފަރުދަކުވެސް ޝަހީދުވުމަކީ ޝަރަފެއް ކަމުގައި ދެކޭ ކަމަށާއި އެއީ އަމިއްލައަށް ލިބޭ ކާމިޔާބީއެއް ކަމަށެވެ.

އައިއެސް-ޚަވާރިޖަށް ސީދާ ނުވަތަ ނުސީދާ ގޮތެއްގައި ތާއީދު ކުރުމުގައި ހަރަކާތްތެރިވާ ގައުމުތަކުން އެގައުމުތަކުގެ ބޯޑަރުތަކުގެ ތެރޭގައި ތިބުމަށް އަޅާނުލުން ހުއްޓާލުމަށް މުއްތަގީ ވަނީ އިލްތިމާސް ކުރައްވާފަ އެވެ. އޭނާ ބަޔާންކުރެއްވި ގޮތުގައި “މި ފިތުނަވެރި ޖަމާޢަތުން އެންމެންނަށް ގެއްލުން ލިބެއެވެ. މިފަދަ އަނިޔާވެރިންނަށް ހިޔާވަހިކަން ނުދެއްވާ، އަދި ފިޔަތަކުގެ ދަށުން ރައްކާތެރި ނުކުރައްވާށެވެ.”

އަދި ޚަލީލް ރަހުމާން ހައްޤާނީ ފަދަ އިޚްލާސްތެރި ފަރުދުން ޝަހީދުވުމުން ކޮންމެހެން ވެސް ނަތީޖާތަކެއް ކުރިމަތިވާނެ ކަމަށް ފޮރިން މިނިސްޓަރު އަލިއަޅުވާލައްވަމުން ވިދާޅުވީ “އެފަދަ ފަރާތްތަކަށް ސަލާމަތާއި ތާއީދާއި ހިތްވަރު ފޯރުކޮށްދޭ މީހުންނަށް އެންމެ ފަހުން އެމީހުންގެ އަމަލުތަކުގެ ނަތީޖާ ލިބޭނެ” ކަމަށެވެ.

ހަމައެފަދައިން، އެމީހުންގެ ޖިހާދާއި ހަނގުރާމައަކީ ހަމައެކަނި الله އަށްޓަކައި ކުރާ ކަމެއް ކަމުގައި ވާތީ، ޚަލީފާ ސިރާޖުއްދީން ހައްޤާނީ ޝަހީދުވުމުގެ ބަދަލު ހިފުން ދޫކޮށްލަނީ الله ތަޢާލާއަށް ކަމަށް ވެސް މިނިސްޓަރ އޮފް އިންޓީރިއާ އެފެއާޒް ޚަލީފާ ސިރާޖުއްދީން ހައްޤާނީ ވިދާޅުވިއެވެ.

ޚަލީފާ ސިރާޖުއްދީން ހިތާމަ ފާޅުކުރައްވައި ވިދާޅުވީ “އަޅުގަނޑަށް ހަމައެކަނި ހިތާމައަކީ ހާޖީ ސާހިބު ޚަލީލަކީ ކާފަރުންގެ ދުޝްމަނެއްކަމާއި އަދި އެބޭފުޅާގެ ބޮލަށް 5 މިލިއަން ޑޮލަރު ހުށަހަޅައިފައިވާ ކަން ނޭނގުމުންނެވެ. އަދި މުސްލިމަކު ޝާހިދު ކޮށްލުމަކީ އޭގައި
ކޮންފަދަ ކާމިޔާބީ އަކާއި ފަޚުރެއް ވާކަމެއް ހެއްޔެވެ؟

ފާހަގަކޮށްލެވޭ ކަމަކީ މިދިޔަ ބުދަ ދުވަހު އަފްޣާނިސްތާނުގެ އިސްލާމިކް އެމިރޭޓްގެ މިނިސްޓަރު ފޯ ރެފިއުޖީ އެފެއާޒް ޚަލީލް އުރު ރަހުމާން ހައްގާނީ ޝަހީދުވެވަޑައިގަތީ މެންދުރު ނަމާދަށް ފަހު ކުޑައިރުކޮޅެއްގެ ތެރޭގައި އައިއެސް-ޚޯރާސާންގެ އޮޕަރޭޓިވް އެއްގެ ހަމަލާއެއްގަ އެވެ. އޭނާގެ ޖަނާޒާ އޮތީ ޕަކްޓިއާ ޕްރޮވިންސްގެ ގޭރްޑާ ސެރައި ޑިސްޓްރިކްޓްގައި އޮންނަ އޭނާގެ ކާބަފައިންގެ އަވަށުގަ އެވެ. މިއީ ހަމަ އެކަލޭގެފާނު ކާފަރުންގެ ބޮޑު ދެ ސަރަހައްދަކާ ދެކޮޅަށް ޖިހާދު ފެއްޓެވި ތަނެވެ.

އަބޫ އަބްދު ﷲ
Exit mobile version