ޖުނައިދު
މި ޖަމާޢަތަކީ 1999 ވަނަ އަހަރު “ޖަމާޢަތުލް ތައުޙީދު ވަލްޖިހާދު” ގެ ނަމުގައި އުފެއްދި ޖަމާޢަތެކެވެ. 2004 ވަނަ އަހަރު އަލްގައިދާއަށް ބައިއަތު ހިފާފައިވާކަން އިއުލާން ކުރިއެވެ. 2003 ވަނަ އަހަރުގެ މާޗް މަހު ހުޅަނގުގެ ބާރުތަކުން އިރާގަށް އަރައިގަތްއިރު އައިއެސް ވެސް ވަނީ ހަނގުރާމައިގައި ބައިވެރިވެފަ އެވެ.
ޖެނުއަރީ 2006 ގައި އެ ޖަމާއަތް ސުންނީ ބާޣީ އެހެން ޖަމާއަތްތަކާ ގުޅިގެން “ޝޫރާ އަލް މުޖާހިދީން” އުފެއްދިއިރު، އޭގެ ފަހުން 2006 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އިސްލާމިކް ސްޓޭޓް އޮފް އިރާގު (އައިއެސްއައި) އިއުލާން ކުރި އެވެ.
ސީރިއާގައި ދާޚިލީ ހަނގުރާމަ ފެށުމުން އަބޫބަކުރު އަލް ބަޣްދާދީ އިސްކޮށް ހުންނަވައިގެން އައިއެސްއައި އިން ވަނީ 2011 ވަނަ އަހަރުގެ އޮގަސްޓް މަހު ސީރިއާއަށް މަންދޫބުން ފޮނުވާފައެވެ.
2013 ވަނަ އަހަރު އަބޫބަކުރު ބަޣްދާދީ ވަނީ އައިއެސްއައި އާއި ޖަބަހަތުލް ނޫސްރާ އެއްކޮށްލިކަން އިއުލާންކޮށް، އާ އިއްތިހާދަށް “އިސްލާމިކް ސްޓޭޓް އޮފް އިރާގު އެންޑް ދަ ލެވަންޓް” (އައިއެސްއައިއެލް) ގެ ނަން ދީފަ އެވެ. ނަމަވެސް ޖަބަހަތުލް ނޫސްރާ އާއި އަލްގައިދާގެ ލީޑަރުން ކަމަށްވާ އަބޫ މުހައްމަދު އަލް ޖުލާނީ އާއި އައިމަން އަލް ޒަވާހިރީ ވަނީ އެމީހުންގެ މަގުފުރެދިފައިވާ ފިކުރުތަކަށް ހޭލުންތެރިވެ އެ އެއްވުމާ ދެކޮޅު ހަދައި ގުޅިވަޑައިގަތުމަށް ދެކޮޅު ހައްދަވާފަ އެވެ.
ހަތް މަސް ދުވަހުގެ ވެރިކަމުގެ ހަނގުރާމައަށް ފަހު އަލްގައިދާއިން އައިއެސްއާ އެކު އޮތް ހުރިހާ ގުޅުމެއް ކަނޑާލީ 2014 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތިން ވަނަ ދުވަހު އެވެ.
އެ ޖަމާއަތުން ސީރިއާގައި ސަރުކާރުގެ ބާރުތަކާއި އިދިކޮޅު ޖަމާއަތްތަކަށް ބިމުން ހަމަލާދީ، ބޯ ކަނޑާލާ ވީޑިއޯތައް މީޑިއާއަށް އާންމުކުރިއިރު، އެކަމުގެ ސަބަބުން އައިއެސްގެ ޕްރޮފައިލް އިތުރަށް އިތުރުވި އެވެ.
2014 ވަނަ އަހަރު ހުޅަނގު އިރާގުގެ ސިޓީތަކުން އިރާގު ސަރުކާރުގެ ސިފައިން ދުރުކޮށް، ސަރަހައްދު ގެއްލުމުން އިރާގު ސަރުކާރު ވެއްޓުމާ ގާތަށް އައިސް އެމެރިކާއިން އަސްކަރީ އޮޕަރޭޝަންތައް އަލުން ފެށި އެވެ.
އައިއެސް؛ އިސްލާމްދީނުގެ ނަމުގައި ހުޅަނގުން އުފެއްދި ޖަމާޢަތެކެވެ – 2 ވަނަ ބައި
