ބުރްކިނާ ފާސޯގައި އަލްގައިދާއިން ދިން ހަމަލާއެއްގައި އައިއެސްއަށް ގެއްލުންތަކެއް ލިބިއްޖެއެވެ

އަލްގައިދާއާ ގުޅިފައިވާ ޖިހާދީ ހަރަކާތުގެ ހުޅަނގު އެފްރިކާގެ ގޮފިން ބުރްކިނާ ފާސޯގައި އައިއެސްގެ ހަނގުރާމަވެރިންނަށް ހަމަލާދީފި އެވެ.

ޖުލައި 8 ވަނަ ދުވަހު ނެރުނު ބަޔާނެއްގައި ޖަމާޢަތު ނޫސްރަތުލް އިސްލާމް ވަލްމުސްލިމީން (ޖޭއެންއައިއެމް) ގެ މީޑިއާ އަޒް ޒައްލާގާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ޖަމިއްޔާގެ ހަނގުރާމަވެރިން ވަނީ ޑޯރީ ޕްރޮވިންސްގެ ބޮންބޯފާ ސަރަހައްދުގައި އައިއެސްގެ ޔުނިޓަކަށް އަމާޒުކޮށް ހަނގުރާމަވެރިންތަކެއް މަރާލާފައެވެ.

މިއީ ބުރްކިނާ ފާސޯގައި އައިއެސްއާ ދެކޮޅަށް އަލްގައިދާއިން އޮޕަރޭޝަންތައް ހިންގާ ފުރަތަމަ ފަހަރެއް ނޫނެވެ؛  މީގެ ކުރިން ދިން ހަމަލާތަކުގެ ސަބަބުން ވެސް އައިއެސް ޖަމާއަތަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ.

Exit mobile version