އިޤްބާލް ހަމްޒާ
ޕާކިސްތާނުގެ އަސްކަރިއްޔާގެ އެންމެ ކުރީކޮޅުއްސުރެ، އެގައުމުގެ ފައިސާއާއި އާމްދަނީގެ މައިގަނޑު މަސްދަރުތައް ބިނާވެފައިވަނީ ޕްރޮކްސީ ހަނގުރާމަތަކާއި، ޖާސޫސުކުރުމާއި، އެހެން ޤައުމުތަކުގެ ކަންކަމުގެ ތެރެއަށް ވަދެގަތުމުގެ މައްޗަށެވެ. އަފްޣާނިސްތާނާއި ސޯވިއެޓް ޔޫނިއަންއާ ދެމެދު ހިނގި ހަނގުރާމައިގެ ދުވަސްވަރު ޕާކިސްތާނުގެ އަސްކަރިއްޔާ ވަރުގަދަވެ، ފަހުން އެމެރިކާއާއި އަފްޣާން ހަނގުރާމައިގެ ތެރޭގައި ސަޕްލައި ރޫޓްތަކުން ބޮޑު ފައިދާއެއް ލިބުނެވެ.
ޕާކިސްތާނުގެ ޖެނެރަލުންގެ ނަޒަރުގައި މި ސަރަހައްދުގައި ހާއްސަކޮށް އަވަށްޓެރި ގައުމުތަކުގައި ނުތަނަވަސްކަން ނެތް ނަމަ އިގްތިސާދީ ދަތިތަކާއި ވެއްޓުމުގެ ނުރައްކާ ވެސް ކުރިމަތިވާނެ އެވެ. އެއްދުވަހަކު ބަންގްލަދޭޝްގައި އަދި ފަހުން ކަޝްމީރުގައި ވެސް ނުތަނަވަސްކަމުން ލިބުނު ފައިދާތަކާއި އާމްދަނީން މަހުރޫމްވުމަށްފަހު، އެމީހުންގެ ސަމާލުކަން އަފްޣާނިސްތާނަށް އަނބުރާލިއެވެ. ގާތްގަނޑަކަށް ސާޅީސް އަހަރު ވަންދެން އަފްޣާނިސްތާނުގެ ހަލަބޮލިކަމުން އެމީހުންނަށް ވަރަށް ބޮޑު ފައިދާއެއް ލިބުނުއިރު، ހަމަ އެ ޝަރުތުތަކުގެ ދަށުން އެމީހުން ވެސް ނިއުކްލިއާ ބާރަކަށް ވެގެން ދިޔައެވެ.
އެކަމަކު މިހާރު ގާތްގަނޑަކަށް ފަސް އަހަރު ވެއްޖެ، ޕާކިސްތާނުގެ ޖެނެރަލުންގެ އެ ވިޔަފާރި ހުއްޓުމަކަށް އައިސްފައި ވަނީ، ހަތަރު ދިހަ އަހަރު ފަހުން އަފްޣާނިސްތާން ވަނީ ސަމާލު އަދި ސާފު ލޮލުގެ ވެރިންގެ ލީޑަރޝިޕްގެ ދަށަށް ގޮސްފައެވެ. އަފްޣާނިސްތާނުގެ މިހާރުގެ ލީޑަޝިޕަކީ ޕާކިސްތާނުގެ ޖެނެރަލުން ބޭނުންކުރާ ކޮންމެ އުކުޅަކާއި އޮޅުވާލުމެއް ފުރިހަމައަށް އެނގި، އެމީހުންގެ ކޮންމެ ހަރަކާތެއް ގާތުން ފާރަވެރިވާ ލީޑަޝިޕެކެވެ.
މިހާރު ޕާކިސްތާނުގެ ޖެނެރަލުން ދަނީ ދޮގު އުންމީދުތަކެއްގެ މައްޗަށް ބިނާކޮށް ނުތަނަވަސްކަމުގެ އާ ޕްލޭންތަކެއް އެކުލަވާލަމުންނެވެ. އެމީހުން ގަބޫލުކުރާ ގޮތުގައި ދާޢިޝްގެ ނަމުގައި އުފެއްދި މި މަޝްރޫޢުގެ ސަބަބުން އަނެއްކާވެސް ދުނިޔޭގެ ސަމާލުކަން ދަމައިގަނެ، ފަހަރެއްގައި އެމީހުންނަށް މާލީ އެހީތެރިކަމާއި ލުއިތަކުގެ އިތުރު ބުރެއް ލިބިދާނެއެވެ.
ހަމައެއާއެކު، އެމީހުންގެ ކޮމާންޑަރުންނާއެކު، އަފްޣާނިސްތާނުގެ ކުރީގެ ޖުމްހޫރީ ސަރުކާރުގެ ބައެއް ކުރީގެ އަރްބާކީސް (މިލިޝިއާ) މީހުން، ދެކުނު ޕަޝްޓަންޚްވާއާއި ބަލޫޗިސްތާނަށް އެއްކޮށްފައިވެއެވެ. އެ ސަރަހައްދުގައި ތާޒާ ނުތަނަވަސްކަމެއް އުފެއްދުމުގެ އުންމީދުގައި އެކަންކަން އަލުން އިންތިޒާމު ކުރަން މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ. އެކަމަކު މި މަޝްރޫއު ވެސް ނާކާމިޔާބީއާ ކުރިމަތިވެފައި ވަނީ އަފްޣާނިސްތާނުގެ ވެރިން އެކަމަށް ފުރިހަމައަށް ސަމާލުވެ ތިބުމުންނެވެ. މި އުފެއްދުންތައް އަލުން އިންތިޒާމުވެ ނުވަތަ އަފްޣާނިސްތާނަށް ހުރަސް ކުރުމުގެ ކުރިން، ބިމުން ފޭބުމުގެ ކުރިން އެމީހުންގެ ހަރަކާތްތައް ރޫޅިގެންދެއެވެ.
އަފްޣާނިސްތާނުގެ ރައްޔިތުންގެ އިތުރުން ބަލޫޗިސްތާނާއި ޚައިބަރު ޕަޚްތުންޚްވާގެ ރައްޔިތުންވެސް ކުރިއަށްވުރެ މާ ބޮޑަށް ހޭލުންތެރިވެފައިވެއެވެ. އެމީހުން މިހާރު ބޭނުމެއް ނޫން ޕާކިސްތާނުގެ ޖެނެރަލުންގެ ވިޔަފާރި އެމީހުންގެ ބިންތަކުގައި ކުރިއަށް ގެންދިއުމަށެވެ. މި ފަނާކުރަނިވި ފަރާތްތައް ކަމަށްވާ ދާޢިޝް އާއި ކުރީގެ ޖުމްހޫރީ ޢަރުބާކީސް (މިލިޝިއާ) ޕަޝްތޫން ސަރަޙައްދުތަކުގައި ބެހެއްޓުމަށް ޖެނެރަލުން މަސައްކަތް ކުރި ނަމަވެސް އެމީހުންނަށް ވަނީ ލޯކަލް އާބާދީގެ ވަރުގަދަ ދެކޮޅުވެރިކަމެއް ކުރިމަތިވެފައެވެ. މީގެ ދުވަސްކޮޅެއް ކުރިން ބަލޫޗިސްތާނުގެ ޕިޝިން އާއި ކުޗްލަކްގެ ރައްޔިތުން ހަމަ މި މައްސަލައާ ދެކޮޅަށް މުޒާހަރާތައް ބާއްވައި، މިމީހުންގެ ޙާޟިރީ މިހާރު ތަޙައްމަލު ނުކުރެވޭނެ ކަމަށް މީޑިއާ މެދުވެރިކޮށް ފާޅުގައި އިޢުލާން ކުރިއެވެ.
މިހާރު ހުއްޓިފައިވާ ޕާކިސްތާނުގެ ޖެނެރަލުންގެ ދިގު ޒަމާންވީ ވިޔަފާރިއަށް މި އެންމެ ފަހުގެ ދޮގު އުންމީދު ވެސް ގެއްލިގެން ދާން އުޅެނީ އެވެ. އެއްފަރާތުން އަފްޣާނިސްތާނުގެ މިހާރުގެ ސަރުކާރުން ގާތުން ބަލަމުންދާއިރު، މިފަދަ މަޝްރޫއުތަކާއި ނުބައި ސްކީމްތަކުގެ ކުރިމަތީގައި ހިމޭން ނުވާނެއެވެ. އެފަދަ ޕްލޭންތައް އަމަލީ ގޮތުން ތަންފީޒު ކުރުމުގެ ކުރިން އެކަން ހުއްޓުވުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ. އަނެއްކޮޅުން ބަލޫޗިސްތާނާއި ޚައިބަރު ޕަޚްތުންޚްވާގެ ރައްޔިތުން ދެން ބޭނުން ނުވަނީ އެމީހުންގެ ބިން އެހެން ޤައުމުތަކާ ދެކޮޅަށް، ޚާއްޞަކޮށް އަފްޣާނިސްތާނުގެ ރައްޔިތުންނާ ދެކޮޅަށް ބޭނުންކުރުމަށެވެ. އެއީ ޕާކިސްތާނުގެ ޖެނެރަލުންނަށް އެތައް އަހަރެއް ވަންދެން ޚިދުމަތްކުރި ސިޔާސަތުތައް ކުރިއަށް ގެންދިއުމަށް ދުވަހެއް ދުވަހަކަށް ދަތިވަމުންދާ ސަބަބެވެ.






































