ބަސީރު އާބިދު
އަފްޣާނިސްތާނަކީ އެއް ޒަމާނެއްގައި ސަރަޙައްދީ ގޮތުންނާއި ބައިނަލްއަޤްވާމީ ގޮތުންވެސް ދިފާޢީ ގޮތުން ބަލިކަށި ޤައުމެއްގެ ގޮތުގައި ބެލެވިފައި އޮތް ޤައުމެކެވެ. އެކަމަކު ފެންނަ ފެނުމުގައި އިސްލާމިކް އެމިރޭޓް އޮފް އަފްޣާނިސްތާން (އައިއީއޭ) އިން ވަނީ އެ އިކުއެޝަން ބޮލަށް އަނބުރާލާފަ އެވެ. އެގައުމުން ގައުމު އަމާންކޮށްދީ، މިހާރު ދަނީ އެގައުމުގެ ބޯޑަރުތަކުން ބޭރުގައި ހުރި ނުރައްކާތައް ނައްތާލުމަށް ހަރަކާތްތެރިވަމުންނެވެ. ގާތްގަނޑަކަށް ފަސް އަހަރު ވަންދެން އަފްޣާނިސްތާނުގެ ސަރުކާރުން ވަނީ އަފްޣާނިސްތާނުގެ މިނިވަންކަމާއި، ގައުމީ އިސްތިގުލާލާއި، ސަރަޙައްދީ އެއްބައިވަންތަކަމާއި، ސަލާމަތް ހިމާޔަތްކޮށް ދިފާޢުކޮށް، އެއަށްވުރެ މާ ކުރިއަރާފައިވާ އެތައް ޤައުމުތަކެއް ފަހަނައަޅައި ގޮސްފައިވާ ކާމިޔާބީއެއް ހޯދާފައެވެ.
އަހަރުތަކެއް ވަންދެން އަފްޣާނިސްތާން ބަލިކަށި އަދި ނުތަނަވަސްކޮށް ބެހެއްޓުމަށް ސަރަހައްދީ އަދި ބައިނަލްއަގްވާމީ ފެންވަރުގައި މަސައްކަތްތަކެއް ކުރެވުނީ، އެހެން މީހުންނަށް ފަސޭހައިން އެގައުމުގެ ޖިއޮގްރަފީ އަމިއްލަ މަސްލަހަތަށް ބޭނުންކުރެވޭނެ ގޮތަކަށެވެ. އެ މަސައްކަތްތައް އަދިވެސް ފާޅުގައި ކުރިއަށްދަނީ ޕާކިސްތާނުގެ ކުލީ އަސްކަރީ ވެރިކަން މެދުވެރިކޮށް ކަމަށާއި، އޭގެ ފަހަތުގައި ސަރަހައްދީ އަދި ބައިނަލްއަގްވާމީ އެހެން އަތްތަކެއް ވެސް ހުރެދާނެ ކަމަށެވެ. އަފްޣާނިސްތާނަކީ ޒަމާނުއްސުރެ ސަރަހައްދީ އަދި ބައިނަލްއަޤްވާމީ ގިނަ ދުޝްމަނުންތަކެއް އޮތް ޤައުމެއް ކަމުގައި ވިޔަސް، އެ ޤައުމުގެ އިޤްތިޞާދީ މުހިންމުކަމާއި، ސާފު އިސްލާމީ ކޯހަކަށް ވަޢުދުވެފައިވާތީއެވެ.
މިއަދު އަފްޣާނިސްތާނުގައި އަނެއްކާވެސް އިސްލާމީ ޝަރީޢަތުގެ މައްޗަށް ބިނާވެފައިވާ ނިޒާމެއް އެޤައުމުގެ މަސްލަހަތު ރައްކާތެރިކޮށްދީ، މި ބިމުގެ ފުރިހަމަ އަގު ހިމާޔަތްކޮށްފިއެވެ. ސަރަހައްދީ ގައުމުތަކުން، އަފްޣާން ސަރުކާރުގެ ސިޔާސަތުތަކުގެ ކާމިޔާބީ ފެނި، ކާބުލްއާ ގުޅުން ބަދަހިކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ. އެހެނަސް ބޮޑެތި ބާރުތަކުގެ ބިރުން މާބޮޑަށް ސަމާލުކަންދީގެން ޢަމަލުކުރަމުންދެއެވެ.
މުޅި ތާރީޚުގައި އެހެން މީހުންގެ ޕްރޮކްސީއެއްގެ ގޮތުގައި ހިދުމަތްކޮށްފައިވާ ޕާކިސްތާނުގެ އަސްކަރީ ވެރިކަމަކީ، ބޭރުގެ ބާރުތަކުގެ އިރުޝާދުގައި، އަފްޣާނިސްތާނުގެ ނާކާމިޔާބު ޖުމްހޫރީ ވެރިކަމުގެ މެމްބަރުންނާއި، ދާޢިޝް ފިޓްނާއާއި، އަމިއްލަ ކުލީ ބާރުތައް އަފްޣާނިސްތާނުގެ މިނިވަންކަމާއި، ޤައުމީ އިސްތިޤްލާލާއި، ސަރަޙައްދީ ނަޒާހަތްތެރިކަމާއި، ސަލާމަތާ ދެކޮޅަށް ބޭނުންކުރުމަށް އަނެއްކާވެސް މަސައްކަތް ކުރަމުންނެވެ.
އަފްޣާނިސްތާނުގައި އެމެރިކާއަށް ލިބުނީ ނިކަމެތި ނާކާމިޔާބީއެކެވެ. މީގެ އިތުރުން ޕާކިސްތާނަކީ ޓެރަރިޒަމް އާލާކުރާ ތަނެއްގެ ގޮތުގައި ޒަމާނުއްސުރެ މަޝްހޫރު ގައުމެކެވެ. އެ ޤައުމުގެ ރައްޔިތުން ބައިބައިވެ، ޖިއޮގްރަފީގައި މިހާރު ޚާއްޞަ ސްޓްރެޓެޖިކް ވެލިއުއެއް ނެތް، އަދި މި ސަރަޙައްދުގެ އިޤްތިޞާދީ މުސްތަޤްބަލުގައި އޭގެ ބަރުދަން ކުޑައެވެ. މުޅި ތާރީހުގައި ވެސް ހަނގުރާމަވެރި ޖަމާއަތްތަކުގެ ތަމްރީނާއި ސްޕޮންސަޝިޕްގެ ތެރެއިން ހިދުމަތްތައް ކުއްޔަށް ދީގެން އަމިއްލައަށް ދެމެހެއްޓި އެވެ. މިހާރު ފެންނަ ފެނުމުގައި ޕާކިސްތާނުން ދާއިޝް ހަނގުރާމަވެރިން ތަމްރީނުކޮށް، ކުރީގެ ޖުމްހޫރީ ޕްރޮކްސީތައް އަލުން ގުރޫޕްކޮށް، އަމިއްލަ ކުލީ ބާރުތައް ބޭނުންކޮށްގެން އަފްޣާނިސްތާނަށް ހަމަނުޖެހުން ގެނައުމަށް ހުޅަނގުގެ ގައުމުތަކުން، ޚާއްސަކޮށް އެމެރިކާއިން އާ މަޝްރޫއެއް ނަގައިގެން ހަމަ އެ އުސޫލު ތަކުރާރު ކުރަމުންދެއެވެ.
އައިއީއޭ އިން މި ހަގީގަތްތައް ވަރަށް ކުރީކޮޅު ދެނެގަނެ، އެއަށް ރިއާޔަތްކޮށް ތައްޔާރުވި އެވެ. ޕާކިސްތާނުގެ އަސްކަރީ ވެރިކަމުގެ ގޯސްތަކާއި ނުހައްގު އުދުވާނީ އަމަލުތަކާ ގުޅޭ ގޮތުން އައިއީއޭ އިން ތަކުރާރުކޮށް އިންޒާރު ދިނެވެ. އެކަމަކު، ޚުދު ޕާކިސްތާނުގެ ގިނަ ބަޔަކު ވެސް ބުނާ ފަދައިން، އެގައުމުގެ އަސްކަރީ ލީޑަޝިޕް އަޅުވެތިކަމުގެ މަސްތުވެގެން ގޮސް، ސާފުކޮށް ވިސްނުމުގެ ގާބިލްކަން ގެއްލިއްޖެ އެވެ.
ޕާކިސްތާނުން އަންނަ ނުރައްކާތެރިކަން ފުރިހަމައަށް އެނގި، އައިއީއޭ އިން ތަކުރާރުކޮށް އިންޒާރުތައް ދިނެވެ. އެހެނަސް ޕާކިސްތާނުގެ އަސްކަރީ ވެރިކަމަކީ އެގައުމަށް ދީފައިވާ ސިޔާސަތަށް އަމަލުކުރުމަށް އަޒުމް ކަނޑައަޅާފައިވާ ވެރިކަމެއްކަން ސާފުވިއެވެ. ނަތީޖާއެއްގެ ގޮތުން އައިއީއޭއަށް އަމަލުކުރުން ނޫން ގޮތެއް ނެތެވެ. އެއީ އަފްޣާނިސްތާނާއި އެގައުމުގެ އަނިޔާވެރި ރައްޔިތުންގެ ސަލާމަތަށް ނުރައްކާވާ ދާއީޝީ ޚަވާރިޖް އާއި އެހެނިހެން ޓެރަރިސްޓް މަރުކަޒުތަކާ ދެކޮޅަށް ބަލޫޗިސްތާނާއި ޚައިބަރު ޕަޚްތުންޚްވާގެ އެތެރޭގައި ހިންގި އޮޕަރޭޝަންތަކެކެވެ.
ލިބިފައިވާ ހެކިތަކާއި އަފްޣާން ސަރުކާރުގެ ސުލޫކަށް ބަލާއިރު، ޕާކިސްތާނާ މެދު ސްޓްރެޓެޖިކް ކެތްތެރިކަމުގެ ސިޔާސަތު ނިމުމަކަށް އައިސްފައިވާ ކަމަށް ފެނެ އެވެ. އޭގެ ބަދަލުގައި އަފްޣާނިސްތާނުން އަވަސް އަދި ނިންމާލަދޭ ގޮތަކަށް ރައްދު ދިނުމުގެ ސިޔާސަތެއް ގެންގުޅުން އެކަށީގެންވެ އެވެ.






































