ޕާކިސްތާނުގެ ކުލީ ސިފައިންގެ ވެރިކަމުގެ އަނދިރި ބައިގަރުނުގެ ތާރީޚު

ސައިފުއްދީން

ބައިގަރުނުގެ ތާރީޚަށް ބަލާއިރު އަޅުގަނޑުމެން ނިންމާލަނީ ޕާކިސްތާނުގެ ޕްރޮކްސީ ލަޝްކަރަކީ އަމިއްލައަށް މުސްލިމުން އުފެއްދި ލަޝްކަރެއް ނޫން ކަމަށެވެ.  އޭގެ ބަދަލުގައި އެއީ ދީނީ މިނިވަންކަމަށްޓަކައި ހިނގަމުންދާ ޖިހާދު ފިއްތާލުމަށްޓަކައި ލޯކަލް ކޯލަބަރޭޓަރުން ބޭނުންކޮށްގެން ސަބްކޮންޓިނެންޓްގައި، ޚާއްޞަކޮށް ޤަބީލާ ސަރަޙައްދުތަކުގައި އިނގިރޭސި އިސްތިޢުމާރީ ބާރުތަކުން އުފެއްދި އެއްޗެކެވެ.

އިނގިރޭސި އިސްތިޢުމާރީންވެސް މި ލަޝްކަރު ބޭނުންކުރީ އުސްމާނީ ޚިލާފަތް ވައްޓާލުމާއި މިފަދަ އެހެން ލަނޑުދަނޑިތައް ޙާޞިލުކުރުން ފަދަ ދުނިޔޭގެ އިމްޕިރިއަލް މަޤްޞަދުތަކަށް ޚިދުމަތްކުރުމަށެވެ.  ހިތާމައަކީ ޕާކިސްތާން އުފެދުނު ދުވަހުން ފެށިގެން މިއަދާ ހަމައަށް މި “ޕްރޮކްސީ އާމީ” ވެސް ކުރިއަށް ދިޔައީ ހަމަ އެ މަގުންނެވެ.  އެންމެ ގިނައިން ފައިސާ ދެއްކި މީހަކު ޚިދުމަތް ކުރަން ތައްޔާރަށް ތިބެއެވެ.  ޕާކިސްތާނުގެ އުދުވާނީ ސިފައިންގެ އަނދިރި ތާރީޚަކީ ދިގު ތާރީޚެއް ކަމަށާއި، ބައެއް މިސާލުތައް ތިރީގައި މިވަނީއެވެ.

– 1970 ވަނަ އަހަރު ޖެނެރަލް ޒިޔައުލްހަޤީގެ ވެރިކަމުގައި އުރުދުންގެ ފަލަސްތީނުގެ ރެފިއުޖީ ކޭމްޕްތަކަށް ބޮން ގޮއްވައި އެތައް ހާސް ފަލަސްތީނުން ޝަހީދުކޮށްދިނެވެ.

– ސޯމާލިއާގައި އދ.

– ބަންގާޅީ މުސްލިމުން ގިނަ އަދަދަކަށް މަރާލުމާއި އެމީހުންގެ ޝަރަފުވެރި އަންހެނުން ނިކަމެތިކުރުން.

– ސެޕްޓެމްބަރު 11 އަށްފަހު އެމެރިކާ އިސްވެ އޮވެ ހުޅަނގުގެ ކޯލިޝަނަށް ޚިދުމަތްކޮށް، އެތައް ހާސް އަފްޣާން، ޕާކިސްތާން، އަދި އެހެނިހެން ހިޖުރަވެރި މުޖާހިދުން ޝަހީދުކޮށް، އެމީހުން އަތުލައިގަނެ، އެމެރިކާއަށް އެތައް ހާސް ޑޮލަރަކަށް ވިއްކުން.

– ދުނިޔޭގެ ހަމައެކަނި އިސްލާމީ ސަރުކާރު ކަމަށްވާ އިސްލާމިކް އެމިރޭޓް އޮފް އަފްޣާނިސްތާން (އައިއީއޭ) ފުރަތަމަ ވެއްޓުމުގައި މުހިންމު ދައުރެއް އަދާކުރުން.  މިއީ މި ޕްރޮކްސީ ލަޝްކަރުގެ ހަނދާން ނައްތާނުލެވޭނެ ޖަރީމާތަކެކެވެ.

މިއަދު އަނެއްކާވެސް ދުނިޔޭގެ ކާފަރު ބާރުތަކުން ފަލަސްތީނާއި އަފްޣާނިސްތާނާއި މި ސަރަހައްދުގެ އެހެން މުސްލިމުންނަށް އަނިޔާކުރުމަށް އީމާންތެރިކަން ވިއްކާ، ކުލީ ލަޝްކަރެއް ބޭނުންވި އިރު، ޕާކިސްތާނު ސިފައިން ލަދުވެތިކަމާއެކު ޓްރަމްޕްގެ ލީޑަޝިޕްގައި އަދި އިންސާނިއްޔަތުގެ ޤާތިލު ނަތަންޔާހޫއާ ގުޅިގެން ޚިދުމަތްތައް ހުށަހެޅިއެވެ.

މި ހުރިހާ ޙަޤީޤަތްތަކުން ސާފުވާ ގޮތުގައި ޕާކިސްތާނުގެ ޕްރޮކްސީ ލަޝްކަރަކީ އިސްލާމީ ލަޝްކަރެއް ނޫން ކަމާއި، ޕާކިސްތާނުގެ ރައްޔިތުންނަށްޓަކައި ހަނގުރާމަކުރާ ލަޝްކަރެއް ނޫން ކަމާއި، މުސްލިމް އުންމަތް ދެމިއޮތުމަށްޓަކައި ހަނގުރާމަކުރާ ލަޝްކަރެއްވެސް ނޫނެވެ.  އެއީ އަނިޔާވެރިންނާއި ދެކޮޅަށް ކޮންމެ އަނިޔާވެރިއަކާއި އިސްތިޢުމާރީ ބާރަކަށް ޚިދުމަތްކުރާ ކުލީ ލަޝްކަރެކެވެ.

Exit mobile version