މަސްދަރުތަކުން އަލް މެރްސާދަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޕާކިސްތާނުގެ އިންޓަ ސާވިސަސް އިންޓެލިޖެންސް (އައިއެސްއައި) އިން ގަސްތުކުރަނީ ޑިސްޓްރަޕްޓިވް އަދި އިންސަރޖެންޓް ގްރޫޕްތަކާ އެކު ކޯޑިނޭޝަން ވަރުގަދަ ކުރުމަށް ތުރުކީއަށް ވަފުދެއް ފޮނުވުމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޕާކިސްތާނުގެ ޖާސޫސީ އިދާރާގެ އަމާޒަކީ އަފްޣާނިސްތާނުގައި އަމާންކަން ނެތުމާއި ހަލަބޮލިކަން އުފެއްދުމަށް މި ޑިސްޓްރަޕްޓިވް ގްރޫޕްތަކުގެ ލީޑަރުންނާ ގާތް އެއްބާރުލުން ގާއިމްކޮށް، އަފްޣާނިސްތާނުގެ އިސްލާމީ އެމިރޭޓާ ދެކޮޅަށް ސްޓްރެޓެޖިކް އަދި ޓެކްޓިކަލީ އެމީހުން ބޭނުންކުރުމެވެ.
މި ނިންމުން ނިންމާފައިވަނީ ޕާކިސްތާނުގެ ޖާސޫސީ އިދާރާއިން މިހާރުވެސް އަފްޣާނިސްތާނުގެ ތެރޭގައި އައިއެސް-ކޭގެ މަގުސަދުތަކަށް ސްޓްރެޓެޖިކް ގޮތެއްގައި ބޭނުން ކުރަމުން އަންނަ ދަނޑިވަޅެއްގައެވެ. ފަހުގެ ސަލާމަތީ ރިޕޯޓްތަކުން ދައްކާ ގޮތުގައި ޕާކިސްތާނުގެ ޖާސޫސީ އިދާރާއިން ވަނީ އައިއެސްއަށް އާ ތަމްރީނު ފެސިލިޓީތަކެއް ބަލޫޗިސްތާނުގައި ގާއިމްކޮށްފަ އެވެ.
އަފްޣާނިސްތާނުގެ އިސްލާމިކް އެމިރޭޓްގެ ތަރުޖަމާނު ޒަބީހުالله މުޖާހިދު ދާދި ފަހުން ނެރުއްވި ބަޔާނެއްގައި ކަށަވަރުކޮށްދެއްވީ، ހަގީގަތުގައި ވެސް ބަލޫޗިސްތާނާއި ޚައިބަރު ޕަޚްތުންޚްވާގައި އައިއެސްއަށް ތަމްރީނު މަރުކަޒުތައް ގާއިމްކޮށްފައިވާ ކަމަށެވެ. އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި ފަހަކަށް އައިސް އަފްޣާނިސްތާނުގައި ހިންގި އަމާންކަން ނެތް އަމަލުތަކުގައި ބައިވެރިވި އައިއެސްގެ ގިނަ މެމްބަރުން ޕާކިސްތާނުން ހުރަސްކޮށްފައިވެ އެވެ.