ލިޔުންތެރިޔާ: ހިޖާޒު ތަމީމް
އައިއެސް އަކީ ހަތިޔާރު އެޅި ޖަމާއަތެއްގެ ގޮތުގައި ބަރޯސާވެފައިވަނީ ހަމައެކަނި އަސްކަރީ ބާރަށް ނޫން ކަމަށާއި އިގްތިސާދީ ފައިނޭންސިންގެ ތަޖުރިބާކާރު ގޮތްތައް ވެސް ގާއިމްކޮށްފައިވާ ޖަމިއްޔާއެކެވެ. ހަނގުރާމަވެރިންނަށް މުސާރަ ދިނުމުގެ އިތުރުން، މަރުވެފައިވާ މެމްބަރުންގެ އާއިލާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީ، ޖަލުގައި ތިބި ހަނގުރާމަވެރިންގެ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދެ އެވެ. މީގެ އިތުރުން އައިއެސްގެ އޮޕަރޭޝަންތައް ދެމެހެއްޓުމަށްޓަކައި އިޖުތިމާއީ އަދި އިގްތިސާދީ ތަފާތު ޕްރޮގްރާމްތައް ފަށަން ވެސް ވަނީ މަޖުބޫރުވެފަ އެވެ.
އައިއެސް އިން ހިފާފައިވާ ސަރަހައްދުތަކުގައި އާންމު ހިދުމަތްތައް ފޯރުކޮށްދެނީ ލޯކަލް ސަޕޯޓް ހޯދުމާއި، އަލަށް ރެކްރޫޓުން ހޯދުމާއި، ރޭންކްތައް ހަރުދަނާކުރުމާއި، އަސްކަރީ ތަމްރީނު ދިނުމާއި، ކެމްޕޭންތަކަށް ބޭނުންވާ މުހިންމު ހަތިޔާރާއި ސާމާނު ހޯދުމަށެވެ.
މި ފުޅާ ދާއިރާއެއްގައި ހިންގާ ހަރަކާތްތައް ހިންގުމަށްޓަކައި އައިއެސްއަށް ބޭނުންވަނީ ވަރުގަދަ އަދި ދެމެހެއްޓެނިވި މާލީ އިންފްރާސްޓްރަކްޗަރެކެވެ.
ފަހުގެ ހޯދުންތަކުން ކަށަވަރުވާ ގޮތުގައި އައިއެސް އިން މަސައްކަތް ކުރަނީ ހަމައެކަނި އެމީހުންގެ ފިކުރު ޕްރޮޕަގޭޓް ކުރުމަށެވެ. މި ސަރަހައްދުތަކުން އައިއެސް އިން ވަނީ އެކި ސްޓްރެޓެޖީތަކުގެ ތެރެއިން ގިނަ މާލީ ވަސީލަތްތައް ކާމިޔާބުކަމާއެކު ހޯދާފައެވެ.
މިސާލަކަށް އައިއެސްގެ ފިކުރާއި މެތޮޑޮލޮޖީ ގަބޫލުކުރި ފަރުދުންނާއި ޖަމާއަތްތަކަށް ވިޔަފާރި ތަރައްގީ ކުރުމަށް މާލީ އިނާޔަތްތައް ދިނެވެ. ބަދަލުގައި އެމީހުންގެ މައްޗަށް ލާޒިމުވީ %10 ގެ މަޖުބޫރު ޓެކްސްއެއް އެ ޖަމިއްޔާއަށް ދެއްކުމެވެ. ހަމައެއާއެކު، މި ފަރުދުން ވަނީ އެމީހުންގެ ސަރަހައްދުތަކުގެ ތެރޭގައި ޕޮޓެންޝަލް އޮޕަރޭޓިވުންގެ ގޮތުގައި މަސައްކަތްކޮށް، އައިއެސްގެ ނުފޫޒު ވަރުގަދަކޮށްފަ އެވެ.
އެ ގްރޫޕުން ކުރި ބޮޑު ހަރަދުތަކުގެ ސަބަބުން ފައިސާގެ ދައުރު މެދުނުކެނޑި ކުރިއަށް ގެންދިއުމަށް ތަފާތު ސްޓްރެޓެޖީތައް ތައާރަފް ކުރަން ޖެހުނެވެ. މި މަޤްޞަދު ޙާޞިލުކުރުމަށްޓަކައި އައި.އެސް.އައި.އެސް އިން ވަނީ ފައިނޭންޝަލް ޕްރޮކިއުމަންޓްގެ އެތައް ގޮތެއް އެކުލަވާލާފައެވެ. ފުޅާ ދާއިރާއެއްގައި ބަލާއިރު، ގްރޫޕްގެ މާލީ ވަސީލަތްތައް މުހިންމު ދެ ބަޔަކަށް ބަހާލެވިދާނެ: ބޭރުގެ މާލީ މަސްދަރުތަކާއި އެތެރޭގެ މާލީ މަސްދަރުތަކެވެ.
ބައިނަލްއަޤްވާމީ ތަޖުރިބާކާރުން ވަނީ އައިއެސްގެ މާލީ ވަސީލަތްތަކުގެ ބްރޭކްޑައުން ތިރީގައި މިވަނީ ޝާއިޢުކޮށްފައެވެ.
– ސާފުނުކުރާ ތެޔޮ: 38%
– ގުދުރަތީ ގޭސް: 17%
– ވައްކަން ކުރުމާއި ފިދާވުން: %12
– ފޮސްފޭޓް: 10%
– މާކިއުރީ: 10%
– ދަނޑުވެރިކަމުގެ އުފެއްދުންތައް (ހަނޑުލާއި ބާލީ): 7%
– ފިދާ ހޯދުމަށް ރަހީނުކުރުން: %4
– މާލީ އެހީ: %2
ރަޝިޔާގެ އިންސްޓިޓިއުޓް ފޯ ސްޓްރެޓެޖިކް ސްޓަޑީޒް އިން ކުރި ދިރާސާތަކުން ދައްކާ ގޮތުގައި އައިއެސް އިން 2015 ވަނަ އަހަރު ފުރަތަމަ އަހަރީ ބަޖެޓް އިއުލާން ކުރިއިރު، އެއީ ގާތްގަނޑަކަށް 2،250،000،000 ޑޮލަރު (ދެ ބިލިއަން، ދެސަތޭކަ ފަންސާސް މިލިއަން ޑޮލަރު) އެވެ.
މި ބަޖެޓް ކަނޑައެޅިފައިވަނީ އެގައުމުގެ ސިފައިންގެ މުސާރައާއި، އިރާގާއި ސީރިއާގެ ހިފާފައިވާ ސަރަހައްދުތަކުގައި ހިދުމަތް ފޯރުކޮށްދިނުމާއި، އަސްކަރީ އޮޕަރޭޝަންތަކާއި، ތަމްރީނު ޕްރޮގްރާމްތަކާއި، ފިކުރީ ތައުލީމަށް ފައިނޭންސް ކުރުމަށެވެ.
ކުރިއަށް އޮތް ބައިތަކުގައި އައިއެސްގެ ޖަމާއަތް ދެމެހެއްޓުމަށް ބޭނުންކުރާ މާލީ މަސްދަރުތަކުގެ ތަފްސީލީ ތަހުލީލެއް އަޅުގަނޑުމެން ގެނެސްދޭނަމެވެ.
1. ބޭރުގެ މާލީ މަސްދަރުތައް
2. އެތެރޭގެ މާލީ މަސްދަރުތައް
ދާޢިޝީ ޚަވާރިޖު ފިތުނަވެރިކަމުގެ ފަހަތުގައިވާ އިޤްތިޞާދީ މެޝިނަރީ ބެލުން – 2 ވަނަ ބައި
