އައިއެސް: ހަގީގަތުގައި އިއުލާން ކުރަނީ ކޮންކަހަލަ ޝަރީއަތެއް ހެއްޔެވެ؟  2 ވަނަ ބައި

އުސާމާ ހައްޤާނީ

އުއްމަތުގެ އެއްބައިވަންތަކަމަކީ އެންމެ ބޮޑު އިސްކަމެއް ދޭ ކަމެކެވެ؛  މާތްالله ކީރިތި ޤުރުއާނުގައި އެކަމަށް ބާރުއަޅުއްވައި، ބައިބައިވުމާއި ޚިލާފުވުން ވަރަށް ހަރުކަށިކޮށް މަނާކުރައްވާފައިވެއެވެ.
«وَاعْتَصِمُوا بِحَبْلِ اللَّهِ جَمِيعًا وَلَا تَفَرَّقُوا»
“އަދި އެންމެން އެކުގައި الله ގެ ރޯނުގައި ވަރުގަދައަށް ހިފަހައްޓައިގެން ތިބެ، ބައިބައި ނުވާށެވެ” (އަލް ޢިމްރާން 103)

الله ގެ ރަސޫލާ (ޞޢވ) ވެސް މަދީނާގައި ތިބި އެކަލޭގެފާނުގެ ޞަޙާބީންގެ މެދުގައި އަޚުވަންތަކަމުގެ ގުޅުން ޤާއިމުކުރައްވައި، މުހާޖިރީންނާއި އަންސާރުން އެކަކު އަޚުން ކަމުގައި ހައްދަވައިފިއެވެ.  އެކަލޭގެފާނު ވިދާޅުވެފައިވާ ފަދައިންނެވެ.
«المؤمن للمؤمن كالبنيان يشد بعضه بعضًا»
“މުއުމިނަކީ އެހެން މުއުމިނަކަށް ވާއިރު، އޭގެ ބައިތައް އެކަކު އަނެކަކަށް ވަރުގަދަވާ އިމާރާތެއް ފަދައިންނެވެ.”  (ބުޚާރީ އާއި މުސްލިމް)

މުސްލިމުންގެ މެދުގައި އެއްބައިވަންތަކަން ޤާއިމުނުވާހާ ހިނދަކު، ނަޞްރު ނުލިބޭނެކަން އަދި ފަތަޙަތަކުގެ ދޮރުތައްވެސް ނުހުޅުވޭކަން ރަސޫލާ (ޞޢވ) އަށް ރަނގަޅަށް ވިސްނިވަޑައިގަތެވެ.
ނަމަވެސް ޚަވާރިޖުންނަކީ އަބަދުވެސް މުސްލިމުންގެ މި އެއްބައިވަންތަކަން މުގުރާލައި، الله ގެ ރަސޫލާ (ޞޢވ) ގެ ޝަރީޢަތުގައި ބާރުއަޅާފައިވާ ކަންކަމާ ދެކޮޅަށް އިދިކޮޅުގެ މަގު އިޚްތިޔާރުކޮށްފައެވެ.  މިފަދަ ޖަމާއަތަކަށް އުއްމަތް ތަމްސީލުކޮށް، އިންސާނިއްޔަތަށް ސުލްހައާއި ހަމަޖެހުމުގެ މަސްދަރަކަށް ވާންޖެހޭ ޚިލާފަތެއް ކަމަށް ދަޢުވާ ކުރެވޭނެ ހެއްޔެވެ؟  ދުވަހަކުވެސް.

އިސްލާމްދީނުގައި އެބަތިބި ބަހާއި އަމަލަކީ އެއްބަހެއް އަދި އެއްގޮތެވެ.  ޞަލީބީން އިސްލާމީ ބިންތަކަށް އަރައިގަތްއިރު، އިސްލާމިކް އެމިރޭޓް އޮފް އަފްޣާނިސްތާން (އައިއީއޭ) އިން މަސައްކަތް ކުރީ އުއްމަތުގެ އެއްބައިވަންތަކަން ދެމެހެއްޓުމަށާއި މުސްލިމުން އެކަކު އަނެކަކާ ދެކޮޅަށް ނުތިބެ، އޭގެ ބަދަލުގައި ސަފުތައް އެއްބައިވަންތަކޮށް ދުޝްމަނުން ބަލިކުރުމަށެވެ.  އެމީހުން ބުނި އެއްޗެއް، އެމީހުން އަމަލީ ގޮތުން ސާބިތުކޮށްދީ، އަފްޣާނިސްތާނުގެ ބިމުން ޞަލީބީ ސިފައިން ފޮނުވާލިއެވެ.  އަދި އެއާ ޚިލާފަށް ޚަވާރިޖުންވެސް އައިއެސް ޖަމާއަތް ފަދައިން މި އެއްބައިވަންތަކަން ނައްތާލައި މުސްލިމުންނަށް މަޖުބޫރުކޮށްގެން އެތެރޭގެ ހަމަނުޖެހުންތައް ހިންގިއެވެ.

އިސްލާމީ އުއްމަތުގެ ހަށިގަނޑަށް އައިއެސް އިން ކުރި އެންމެ ބޮޑު ގެއްލުމަކީ ބައިއަތު އިޢުލާނާއި ޚިލާފަތެއްގެ ދަޢުވާ މެދުވެރިކޮށް މުސްލިމުންގެ ސަފުތައް ބަހާލުމެވެ.  އިސްލާމީ ޝަރީޢަތުގައި މިހާރު ހުރި އަމީރެއްގެ ޙާޟިރުގައި ލީޑަޝިޕްގެ ދަޢުވާ އެހެން މީހަކަށް ހުއްދައެއް ނޫނެވެ؛  ޙަދީޘްގައި ބަޔާންވެގެންވާ ފަދައިންނެވެ.
«إذا بويع لخليفتين فاقتلوا الآخر منهما»

ދެ ޚަލީފާއަކަށް ބައިޢަތު ހިފުންޏާ ދެން ފަހުގެ ޚަލީފާ ނައްތާލާށެވެ.  (މުސްލިމް ރިވާކުރައްވާފައި)

މުއްލާ އުމަރު މުޖާހިދު (އާރްއެޗް) ގެ ނިޒާމުން އިސްލާމްދީނާ ޚިލާފު އެއްވެސް އަމަލެއް އައިއެސްއަށް ފެނުނީ އޭނާއަކީ ކާފަރެއް (ތަކްފީރު) ކަމަށް ކަނޑައެޅުން ޙައްޤުވާ ކަމެއް ހެއްޔެވެ؟  ދުވަހަކުވެސް.  އޭނާއަކީ ހަމައެކަނި މުސްލިމުން ފަޚުރުވެރިވާ ޝަޚުސިއްޔަތެއް ނޫން ކަމަށާއި، ދުނިޔޭގެ ތަހުލީލުކުރާ ފަރާތްތަކާއި ޖާސޫސީ އިދާރާތަކުން ވެސް އޭނާގެ މަސައްކަތަކީ އިސްލާމީ ޢަޤީދާގެ މަސްދަރުގައި ބިންވަޅު ނެގިފައިވާ މަސައްކަތެއް ކަމަށް ބެލި ޝަޚުޞިއްޔަތެކެވެ.

އިނގިރޭސި ނޫސްވެރިޔާ އަދި ކުރީގެ އަޅުވެތި ޔުވޮން ރިޑްލީ ބުނަނީ؛
“ހުޅަނގުން އޭނާއަކީ އަނިޔާވެރިއެއް ކަމަށް ބެލި ނަމަވެސް، އޭނާގެ ނިޒާމުގައި ގައިދީންނާ މެދު ކަންތައް ކުރާ ގޮތް ބިނާވެފައި އޮތީ ކީރިތި ޤުރުއާނުގެ އުނގަންނައިދިނުމުގެ މައްޗަށެވެ. އޭނާގެ ސާދާކަމާއި އިންސާފުވެރިކަން އަހަންނަށް އެނގުމުން އަހަރެންގެ ނަޒަރިއްޔާތު މުޅިން ބަދަލުވި.”

މިހާރުވެސް އޭނާއާ ބެހޭ އެތައް ތަހުލީލުތަކާއި ލިޔުންތަކެއް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޝާއިއުކޮށްފައިވެ އެވެ.  ދުޝްމަނަކަށް މީހެއްގެ އިންސާފަށް އިއުތިރާފުވެ، އަދިވެސް މުސްލިމަކު އޭނާއާ މެދު އިހުތިރާމް ކުޑަ ގޮތަކަށް އަމަލުކޮށް، އޭނާގެ ނިޒާމަކީ ކާފަރެއް ކަމަށް އިއުލާން ކުރުމަކީ ކިހިނެއް ކުރެވޭނެ ކަމެއް ހެއްޔެވެ؟  މިކަމުން ދޭހަވަނީ އައިއެސް އަމިއްލައަށް އިސްލާމްދީނުގެ އުޞޫލުތަކާއި ރަތް ރޮނގުތައް ހުރަސްކޮށްފައިވާކަން ނޫން ހެއްޔެވެ؟

ޚިލާފަތު އިޢުލާން ކުރުމުންވެސް އައިއެސް މަޑުމަޑުން ނުތިބެ އިސްލާމްދީނުގެ ދުޝްމަނުންގެ މަޤްޞަދުތައް ފުއްދައިދެވޭހާ ހިނދަކު އެ މަކަރުވެރިކަން ކުރިއަށް ގެންދިޔައެވެ.  އަފްޣާނިސްތާނުގެ މިނިވަންކަމާއި މުސްލިމުންގެ ޝަރަފު ދިފާއުކުރުމަށް މުޖާހިދުން އެމެރިކާއާ ދެކޮޅަށް އަހަރުތަކެއް ވަންދެން ޖިހާދުގައި އުޅުނުއިރު، އައިއެސް އިން އައިއީއޭއާ ދެކޮޅަށް އާ ފްރަންޓެއް ހުޅުވައި، މުސްލިމް ބާރުތައް އެތެރޭގެ ހަމަނުޖެހުންތަކަށް ދަމައިގަތެވެ.

މި ޢަމަލުގެ ސަބަބުން މުޖާހިދުންގެ ބާރާއި ފޯކަސް އަހަރުތަކެއް ބޭކާރުވެ، ނަތީޖާއެއްގެ ގޮތުން ކުރުވެދާނެ ހަނގުރާމަ ދިގުދެމިގެން ދިޔައެވެ.  ވިހި އަހަރު ފާއިތުވެގެން ދިޔައެވެ؛  އިސްލާމްދީނުގެ ދުޝްމަނުންނަށް އަމާޒުކުރަން ޖެހޭ ތިރިތައް އޭގެ ބަދަލުގައި މުސްލިމުންނާ ދިމާއަށް ޖަހާފައި ހުއްޓެވެ.  އިސްލާމްދީނުގެ ޤަދީމީ ދުޝްމަނުން މުސްލިމުންގެ މެދުގައި ބައިބައިވުން އުއްމީދު ކުރަމުން އައިތާ އަހަރުތަކެއް ވެފައިވާއިރު، އައިއެސް އިން އެ އުންމީދު ފުއްދައިދިނެވެ.

ނިންމާލަމުން ބުނަން ޖެހޭނީ، މުޙައްމަދީ ޝަރީޢަތުގައި ބާރުއަޅާފައިވާ ހުރިހާ އެއްޗަކާ ދެކޮޅަށް އައިއެސްއިން އަމަލުކޮށްފައިވާ ކަމަށެވެ.  އައިއެސް އިން ދަޢުވާކުރާ ޝަރީޢަތަކީ، الله ގެ ރަސޫލާ (ޞޢވ) އިންސާނިއްޔަތަށް ގެނެސްދެއްވި ޝަރީޢަތާ ސާފު އަދި ފުން ތަފާތެކެވެ.

Exit mobile version