އަލް މިރުސާދަށް އިތުބާރު ހުރި މަސްދަރުތަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި އައިއެސް ހަރުދަނާކޮށް ސަޕްލައި ކުރުމުގެ ނުސީދާ ޒިންމާ އުފުލާފައިވާ އަދި އައިއެސްގެ މެމްބަރުންގެ އިތުބާރު ވެސް އޮތް އޮރަކްޒައިގައި އައިއެސްއައިއެސްގެ މެދު ފަންތީގެ އޮފިޝަލަކު މަރާލި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޝަމްދާރުގެ ދަރިކަމަށްވާ މުހައްމަދު އިގްބާލް ކިޔާ މި މީހާއަކީ ހަގީގަތުގައި ކުރުރަމް އެޖެންސީގެ ރައްޔިތެއް ކަމަށާއި، އައިއެސްގެ މެމްބަރުންގެ ތެރޭގައި އެކި މަގާމުތަކުގައި ވެސް އިތުރު އައިއެސްއައިގެ މުވައްޒަފުން ތިބިކަން އެނގޭ މުހިންމު ލިޔެކިޔުންތަކެއް ވެސް އޭނާގެ އަތުން ލިބިފައިވާ ކަމަށެވެ. އެއީ އައިއެސްގެ މެމްބަރުން އަމިއްލައަށް ނޭނގޭ ގޮތަށް ކަމަށާއި އެ ޖަމިއްޔާއިން ވަނީ ހުނަރުވެރިކަމާއެކު އެމީހުންގެ ތެރެއަށް ވަދެފައެވެ. މި ލިޔެކިޔުންތައް އެކަށީގެންވާ ވަގުތެއްގައި އަލްމިރުސަދު ޝާއިއު ކުރައްވާނެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މުޙައްމަދު އިޤްބާލަކީ ޚައިބަރުގައި ހުންނަ އައިއެސްގެ އޮޕަރޭޝަނަލް ޔުނިޓެއްގެ ކޮމާންޑަރު އަޚްތަރު ނަބީ (ސާދިޤަރު) އާއި ގާތް ގުޅުމެއް އޮންނަ މީހެކެވެ. އޭނާ ކުރިން އައިއެސްގެ ފިނޑިންގެ މަރުކަޒުތަކަށް ސާމާނު ޑެލިވަރީ ކުރަމުން ދިޔައިރު، ޕާކިސްތާނުގެ ޖާސޫސީ އިދާރާ އައިއެސްއައިއާ ވެސް ގުޅިވަޑައިގަތީ، އައިއެސްގެ ފިނޑިން މެދުވެރިކޮށް އެ ޖަމާއަތުގެ ޕްލޭންތައް ތަންފީޒު ކުރަމުންނެވެ.
އެހެން ލިޔެކިޔުންތަކުގެ އިތުރުން އަލްމަރްސާދު ވަނީ މި މީހާގެ ޕާކިސްތާނުގެ އައިޑެންޓިޓީ ކާޑުގެ ތަސްވީރުތައް ވެސް ހޯދާފައެވެ.
މީގެ ކުރިން ޚައިބަރު ޕަޚްތުންޚްވާގައި އަމާޒުކޮށްގެން ހިންގި އޮޕަރޭޝަންތަކުގައި ހަތިޔާރު އެޅި ނޭނގޭ ބަޔަކު ވަނީ އައިއެސްގެ މުހިންމު ލީޑަރުން މަރާލާފައެވެ.
ފާހަގަކޮށްލެވޭ ކަމަކީ ފާއިތުވި މަސްތަކުގައި ޚައިބަރު ޕަޚްތުންޚްވާގެ އޮރަކްޒައި، ޚައިބަރ، ބަޖާއުރު އަދި ކުރުރަމް ޑިސްޓްރިކްޓްތަކުގައި އައިއެސްގެ މަރުކަޒުތަކާ ދިމާއަށް ހަތިޔާރު އެޅި މީހުން ދަތުރުކުރުން އިތުރުވެފައިވާކަމެވެ. މަސްދަރުތަކުން ބުނާ ގޮތުގައި މަސްތުންގްގައި ހުރި މަރުކަޒުތައް ނައްތާލުމަށް ފަހު އައިއެސްގެ ޖަމާއަތްތަކުން ޚައިބަރު ޕަޚްތުންޚްވާގައި ޖަމާވާން ރާވާފައިވެ އެވެ.
















































