އަބޫ އުމަރު އަލް އަފްޣާނީ
20 ވަނަ ގަރުނުގެ ނިމުމާއި 21 ވަނަ ގަރުނުގެ ކުރީކޮޅު މުސްލިމުން ހޭއެރުމުގެ ދުވަސްވަރެކެވެ. 20 ވަނަ ގަރުނުގެ މެދުތެރޭގައި މުސްލިމުން ބަލިކަށިވެ އިސްލާމީ ފިކުރު އާންމުކޮށް ނެތިގެން ދިޔައެވެ. އެކަމަކު ހުޅަނގަށް އަނެއްކާވެސް ބޮލުގައި ރިއްސާތީ، އެއީ ހުޅަނގު ބިރުގަންނަވާލާ ސޯޝަލިޒަމްގެ ނަމުގައި އެހެން ފިކުރެއް އުފެދިގެން ދިއުމެވެ.
ދެވަނަ ބޮޑު ހަނގުރާމައަށްފަހު ރަޝިޔާ ވެގެން ދިޔައީ ފުރިހަމަ ސޯޝަލިސްޓް ނިޒާމެއް ގެންގުޅެ، ވަރުގަދަ ވެގެން ދިޔަ ފުރަތަމަ ގައުމަށެވެ. ޗައިނާއިން ކޮމިއުނިސްޓް ނިޒާމެއް ގެންގުޅެ، ކިއުބާ އަވަހަށް ސޯޝަލިޒަމްގެ ހިޔަނި ދަށަށް ގޮސް، ސޯވިއެޓް ޔޫނިއަން އުފެދި، އިރުމަތީ ޔޫރަޕް ސޯޝަލިސްޓަކަށް ވެ، ވިއެޓްނާމާއި ކޮރެއާ އަދި އެފްރިކާ ވެސް ސޯޝަލިޒަމްގެ ނުފޫޒުގެ ދަށަށް ދިޔައެވެ. ހުޅަނގުގެ މައިގަނޑު އަމާޒު ސޯޝަލިޒަމަށް ބަދަލުވެ އިސްލާމިޒަމަށް ފުރަގަސް ދިނެވެ.
މި ހަމަނުޖެހުން ފެށިގެން އައީ 1947 ވަނަ އަހަރު ކަމަށްވާއިރު، މިއީ ފިނި ހަނގުރާމަ ކަމަށް ވެސް ކިޔައެވެ. މި ދުވަސްވަރު ކުރިމަތިވީ ބާރުގަދަ ދެ ބްލޮކެއް ކަމަށްވާ ސޯޝަލިޒަމް އާއި ހުޅަނގުގެ ކެޕިޓަލިޒަމް ނަމަވެސް ހަނގުރާމަ ސީދާ ނުވި ނަމަވެސް ހުޅަނގުން ހަނގުރާމަކުރީ މަންޒަރު ފަހަތުންނެވެ.
މުހިންމު ހަނގުރާމަތަކަކީ؛
ވިއެޓްނާމްގެ ސޯޝަލިސްޓުންނާއި އެމެރިކާގެ ހަނގުރާމަ
އުތުރާއި ހުޅަނގާއި ދެމެދު ކޮރެއާ ހަނގުރާމަ
ކިއުބާގެ މިސައިލް ކްރައިސިސް އެވެ
ސޯޝަލިޒަމް ދެމިއޮތީ ގާތްގަނޑަކަށް ބައިގަރުނެވެ.
ސޯޝަލިޒަމް، ކެޕިޓަލިޒަމް އަދި އިސްލާމިޒަމް އެކަކު އަނެކަކާ ފުށުއަރާތީ، އަދި ސޯޝަލިޒަމަކީ ވެސް އިސްލާމްދީނާއި މުސްލިމުންނަށް ނުރައްކަލެއް ކަމުން، މުސްލިމުން ވަރަށް ބަލިކަށި ހާލަތެއްގައި ތިބި ނަމަވެސް، ސޯޝަލިޒަމާ ކުރިމަތިލާން ވެސް އައެވެ.
އިސްލާމްދީނާއި ސޯޝަލިޒަމްއާ ދެމެދު ކޯޅުން އޮތީ ކީއްވެގެން ހެއްޔެވެ؟
ސޯޝަލިޒަމްގެ ބިންގާ ބިނާވެފައިވަނީ އޭތީޒަމްގެ މައްޗަށެވެ. ސޯޝަލިސްޓުން އެއްވެސް ދީނެއް ގަބޫލެއް ނުކުރެއެވެ. ސޯޝަލިޒަމްގެ ފަންނުވެރިޔާ ކާލް މާކްސް ވިދާޅުވާ ގޮތުގައި ދީނަކީ އިންސާނުންނަށް ފިޔާ ފަދަ އެއްޗެކެވެ. އެއީ ޢަޤީދާގެ ގޮތުން އެއްވެސް ސުވަރުގެ ދީނެއް ޤަބޫލުކުރާ ބައެއް ނޫނެވެ. ހަމައެހެންމެ، ސޯޝަލިޒަމްގެ އިޤްތިޞާދީ ނަޒަރިއްޔާއަކީވެސް އިސްލާމްދީނާ ފުށުއަރާ ނަޒަރިއްޔާއެކެވެ. ސޯޝަލިޒަމްގެ ނަޒަރުން ބަލާއިރު، އިޤްތިޞާދީ ހަމަހަމަކަން އޮވެ، އެމީހުންގެ ނަޒަރުގައި ހުރިހާ ރައްޔިތުންގެ އެއް ރައުސުލްމާލެއް އޮވެގެން ހުރިހާ ކަމެއް ހިއްސާކުރަން ޖެހެއެވެ.
އިސްލާމްދީނުގައި ކޮންމެ މީހަކަށްވެސް ޙަލާލުގޮތުގައި ވިޔަފާރިއާއި މުއްސަނދިކަމުގެ ޙައްޤު ލިބިގެންވެއެވެ. އިސްލާމްދީނުގައި ކޮންމެ މީހަކަށްވެސް މުދަލުގެ މިލްކުވެރިކަމުގެ ހައްގު ލިބިގެންވާ ނަމަވެސް ސޯޝަލިޒަމްގައި މުދަލުގެ މިލްކުވެރިކަމުގެ ހައްގު ލިބެނީ ހަމައެކަނި ދައުލަތަށެވެ. އަދި ހަމައެހެންމެ އިސްލާމްދީނުގައި ހުއްދަ ކަންކަމާއި ޙަރާމް ކަންތައް ސާފުވި ނަމަވެސް ސޯޝަލިޒަމްގައި އެކަންކަން ސާފުނުވެއެވެ.
ކުރުކޮށް ބުނާނަމަ ސޯޝަލިޒަމަކީ އިސްލާމީ ޢަޤީދާއާއި ފިކުރާއި އިޤްތިޞާދީ ޢިލްމާ ޚިލާފު އެއްޗެކެވެ. މުސްލިމުންނާއި ސޯޝަލިސްޓުންގެ މެދުގައި ހަނގުރާމައެއް ފެށި ސަބަބަކީ މި ހަނގުރާމައިގައި ހުޅަނގުން ވެސް ސޯޝަލިސްޓުންނާ ދެކޮޅަށް ހަނގުރާމައެއް ފެށި ސަބަބެވެ.
އެކަމަކު މިހަނގުރާމަ މުސްލިމުން ކާމިޔާބުކުރީ އީމާންތެރިކަމާއި އިސްލާމީ ފިކުރުގެ ނަތީޖާއެއްގެ ގޮތުންނެވެ. ޖިހާދާއި އިސްލާމީ ނިޒާމަށް އަނެއްކާވެސް މުސްލިމް ޒުވާނުންގެ ސިކުނޑީގައި ޖާގަ ލިބުނެވެ.
މުސްލިމް ޒުވާނުންނަށް ވިސްނުނީ ސެކިއުލަރިޒަމް އަށް އެމީހުންގެ މަސްލަހަތު ހިމާޔަތް ނުކުރެވޭނެ ކަމާއި، މިނިވަންކަން ވެސް ނުލިބޭނެ ކަމާއި، ދިފާއު ނުކުރެވޭނެ ކަމެވެ. ހުޅަނގުން ފެށިގެން ސެކިއުލަރ މުސްލިމުންނާ ހަމައަށް ގިނަ ބަޔަކު ގަބޫލުކުރީ ސޯޝަލިޒަމަކީ ދުނިޔެއަށް ބޮޑު ނުރައްކަލެއް ކަމަށެވެ. އެކަމަކު ހުޅަނގުގެ ގައުމުތައް ހިމެނޭ ގޮތަށް ދުނިޔޭގެ ގިނަ ބަޔަކަށް ބަލިކުރަން ނުކުޅެދިފައިވާ ޚުދުމުޚުތާރު ނިޒާމު އިސްލާމީ ފިކުރު ބަލިކޮށްލީ ޖިހާދު ގަބޫލުކުރުމާ އެކުގަ އެވެ.
20 ވަނަ ގަރުނުގެ މެދުތެރޭގައި ހުޅަނގުން ސޯޝަލިޒަމާ މެދު ކަންބޮޑުވެ، އިސްލާމީ ފިކުރުގެ ސަބަބުން ސޯޝަލިޒަމް ނައްތާލެވޭނެކަން އެނގިވަޑައިގަތުމުން، އަމިއްލަ މަސްލަހަތަށްޓަކައި އިސްލާމިޒަމާ ދެކޮޅަށް ކުރާ ޢަދާވާތްތެރިކަން ވަގުތީ ގޮތުން ކުޑަކުރިއެވެ. އަދި އިސްލާމީ ޤައުމުތަކުގައި ތިބި ސެކިއުލަރ ސަޕޯޓަރުންނަށް ސޯޝަލިޒަމާ ދެކޮޅަށް އިސްލާމީ ފިކުރު ހަރުދަނާ ކުރުމަށް އަންގާފައިވެއެވެ.
20 ވަނަ ގަރުނު ނިމުނުއިރު ސޯޝަލިޒަމް ބަލިކަށިވެ ހުޅަނގު ތަންކޮޅެއް ހަމައަކަށް އެޅި ނަމަވެސް އަދި އިތުރު މައްސަލައެއް ކުރިމަތިވެފައެއް ނުވެއެވެ.
މިއީ ހުޅަނގު ތެޅިގަނެ، ހުވަފެންތައް ނަގައި، އެ ސަރަހައްދުގެ ސަރަޙައްދުގެ ބިންގާ ތެޅި، ވޭތުވެދިޔަ ޤަރުނުތަކުގެ ހިތި ހަނދާންތައް ހަނދާންކޮށްދިން ކަމެކެވެ.














































