ނިފާޤުކަމާއި ކުށުގެ ހިޔަނި ދަށުގައި ޚިލާފަތު ދިރިހުރުން

1 ވަނަ ބައި

ލިޔުންތެރިޔާ: ޝައްބީރު ޖަވާދު

ދަ އިލިސިޓް ފައިނޭންޝަލް އާކިޓެކްޗަރ އޮފް ދަ ދާޢިޝީ ޚަވާރިޖު

“އިސްލާމީ ޚިލާފަތު” ކަމަށް ކިޔާ ބެނާގެ ދަށުން، ދާޢިޝީ ޚަވާރިޖު އުފެދުމުން ފުރަތަމަ ފަހަރަށް ޝައްކު ނުކުރެވޭ އެތައް މުސްލިމުންނެއް އަތުލައިގަތެވެ.  އެ ޖަމާއަތުގެ ބޭރުފުށުގެ ދީންވެރިކަމާއި ޖަޒުބާތީ ޝިއާރުތަކުން އޮޅުވާލައިގެން، މި ފަރުދުންނަށް – އެކަށީގެންވާ ހޭލުންތެރިކަމެއް ނެތުމުން- އެމީހުން ތާއީދުކުރަނީ މަތިވެރި އިސްލާމީ މަސައްކަތަކަށް ކަމަށް ގަބޫލުކުރެވުނެވެ.

ނަތީޖާއެއްގެ ގޮތުން، ހެޔޮ ނިޔަތުގައި ދީނަށް ލޯބިކުރާ މުސްލިމުން، އެމީހުންގެ ޙިއްޞާތަކަކީ ޙަޤީޤީ ދީން ޤާއިމުކުރުމަށް ކުރިއެރުމެއް ނުލިބޭ ކަމެއްކަން ނޭނގި، މުހިންމު މާލީ އަދި އިންސާނީ ވަސީލަތްތައް ދާޢިޝްއަށް ފޯރުކޮށްދިނެވެ.  އޭގެ ބަދަލުގައި އެމީހުން ދަމަހައްޓަމުން ދިޔައީ ފަނާވުމާއި، ޚިޔާލުތަފާތުވުމާއި، އަޚްލާޤީ ގޮތުން ފުނޑުފުނޑުވުން ނޫން އެހެން އެއްޗެއް ނުލިބޭ އަނިޔާވެރި އަދި ފަސާދަވެރި ނިޒާމެކެވެ.

އެއްފަހަރަކު އާންމުންގެ ތާއީދާއި ގްރާސްރޫޓް ފަންޑިންގ އިން ވަކިވެގެން ދިޔަ ދާޢިޝް- ތާރީޚީ ޚަވާރިޖުގެ ފިކުރީ އަދި އޮޕަރޭޝަނަލް ނަސްލު ކުރިއަށް ގެންދިޔަ- ދިރިހުރުމަށްޓަކައި ނާޖާއިޒު އަދި ކުށްވެރިކުރެވޭ ގޮތްތަކަށް ބަދަލުވިއެވެ.  މި އުސޫލުތަކުގެ ތެރެއިން އެންމެ އިސް ގޮތްތަކަކީ ރަހީނުކުރުމާއި، އިންސާނީ ވިޔަފާރިކުރުމާއި، ނިޒާމީ ގޮތެއްގައި ފައިސާ ހޯދުމެވެ.  އިތުބާރު ހުރި ބައިނަލްއަގްވާމީ ރިޕޯޓްތަކުން ދައްކާ ގޮތުގައި 2014 ވަނަ އަހަރު އެކަނި ވެސް ފިދާ ދެއްކުމުގެ ތެރެއިން ގާތްގަނޑަކަށް 25 މިލިއަން ޑޮލަރު އެ ގްރޫޕަށް ލިބިފައިވެ އެވެ.

ޖިނާއީ އާމްދަނީ ހޯދުމުގެ މި ސްޓްރެޓެޖީއަކީ އެ ގްރޫޕްގެ މާލީ މޮޑެލްގެ ބިންގާއެއްގެ ގޮތުގައި ދެމިއޮތް ސްޓްރެޓެޖީއެކެވެ.  މިސާލަކަށް އިރާގުގެ ދިޔާލާ ޕްރޮވިންސްގައި ދާޢިޝްގެ ސިއްރު ނެޓްވޯކްތަކުން ފާއިތުވި އަހަރުތަކުގައި ވެސް ނާޒުކު އާއިލާތަކުން ލައްކަ ޑޮލަރު ނަގަމުން ދިޔައެވެ.

އިންސާނީ ފުރާނައަށް ކުރިމަތިވި ނުރައްކަލުގެ އިތުރުން، ދާޢިޝީ ޚަވާރިޖުގެ ޙާޟިރީއާއި ބާރުވެރިކަމުން، އެ ސަރަޙައްދުގެ ސަޤާފީ އަދި ތަހުޒީބީ ތަރިކައަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.  އެ ޖަމާއަތުން އާންމުކޮށް ބުދުތައް ނައްތާލާ އަދި ޝިރުކުއާ ދެކޮޅު މީހެއްގެ ގޮތުގައި ސްޓައިލް ކުރިއިރު، އަމަލީ ގޮތުން އެ ޖަމާއަތުން އިސްކަން ދިނީ ބުދުތަކާއި އާސާރީ ތަކެތި ނައްތާލުމަށް ވުރެ ވައްކަމާއި ވިއްކުމަށެވެ.

އެމީހުންގެ ވެރިކަމުގެ އަނދިރި ހިޔަނި ދަށުގައި އިސްލާމީ ބިންތަކުން ތާރީހީ ތަކެތި ޓްރެފިކްކޮށް ސްމާގްލަރުންނާ ހަވާލުކުރިއެވެ.  އެއަށްފަހު މި ތަކެތި ތުރުކީ މެދުވެރިކޮށް ރޫޓްކޮށް ޔޫރަޕްގެ މާކެޓްތަކުގައި ވިއްކައިގެން އެ ގްރޫޕަށް އެތައް ސަތޭކަ މިލިއަން ޑޮލަރެއް ލިބުނެވެ.

ދާޢިޝީ ޚަވާރިޖުންގެ ނިފާޤުކަން ވަކިން ބޮޑަށް ފާޅުވެގެން ދިޔައީ ހުޅަނގުގެ ޤައުމުތަކާ މުޢާމަލާތް ކުރުމުންނެވެ.  އެއްފަރާތުން ހުޅަނގުން އިސްލާމްދީނުގެ ދުޝްމަނުންގެ ގޮތުގައި ވަރަށް ބޮޑަށް ކުށްވެރިކޮށް، އެމީހުންނާ އެއްވެސް ގުޅުމެއް ކުރުން މަނާކުރިއެވެ.  އަނެއްކޮޅުން މާލީ ދަތިތަކާ ކުރިމަތިލާން ޖެހުމުން ހުޅަނގުގެ މެދުވެރިން މެދުވެރިކޮށް އާސާރީ ތަކެއްޗާއި އެހެނިހެން މުދާތައް ހިމެނޭ ވިޔަފާރިއާއި ސްމާގްލިންގ އޮޕަރޭޝަންތައް ފާޅުގައި ހިންގިއެވެ.

ޙައިރާންކުރުވަނިވި އަދި ހާމަކަން ބޮޑު ކަމެއްގެ ގޮތުގައި، އެމީހުންގެ ސަރަޙައްދީ ކޮންޓްރޯލް ނިމުމާ ގާތްވެފައި ވަނިކޮށް، ދާޢިޝް އިން ވަނީ ސީރިއާގެ ސިޓީއެއް ކަމަށްވާ މަންބިޖްގައި ރަސްމީކޮށް “ޑިޕާޓްމަންޓް އޮފް އެންޓިކިއުޓީސް” އެއް އުފައްދާފައެވެ.  މި އޮފީހަށް ޙަވާލުކުރެވުނީ ވަގަށް ނަގާފައިވާ ތަކެތި ވިއްކުމާއި ބަދަލުކުރުން ރެގިއުލޭޓްކޮށް ނިޒާމީ ކުރުމަށެވެ- އެއީ އެމީހުންގެ ޖިނާއީ ވިޔަފާރި މުއައްސަސާއަކަށް ހެދުމެވެ.

ޚުލާޞާކޮށް ދަންނަވާނަމަ، ދާޢިޝީ ޚަވާރިޖުން އެމީހުންގެ ޣައިރު ޝަރުޢީ ވުޖޫދު ދިގުދެމިގެން ދިއުމަށްޓަކައި، ޙަލާލު ނުވަތަ ޣައިރު ޤާނޫނީ، ދީނީ ނުވަތަ ޣައިރު ދީނީ ގޮތެއް ބޭނުންކުރިއެވެ.  ނަމަވެސް الله ގެ ބަދަލުނުކުރެވޭ ޝަރީޢަތް ދެމިއޮތީ: އަނިޔާވެރިންނާއި ފަސާދަވެރިން ވަގުތީ ގޮތުން ކުރިއަރައި، އެކަމަކު އެމީހުންގެ ނިމުމަކީ ބަދުނާމާއި ނައްތާލުމެވެ.  الله ތަޢާލާ އިޢުލާން ކުރައްވާ ފަދައިންނެވެ.

  “إِنَّ اللَّهَ لَا يُصْلِحُ عَمَلَ الْمُفْسِدِينَ” (یونس، آيت ۸۱)

“ހަމަކަށަވަރުން الله ފަސާދަކުރާ މީހުންގެ މަސައްކަތް އިސްލާހު ނުކުރައްވައެވެ.”  (ޔޫނުސް ސޫރަތް، އާޔަތު 81)

Exit mobile version