އަފްޣާނިސްތާނުގެ އިސްލާމިކް އެމިރޭޓްގެ ތަރުޖަމާނު މިއަދުގެ މައުލޫމާތު ދެއްވި ގޮތުގައި ޣޫރު ޕްރޮވިންސްގެ މެދުތެރޭގައި އޮންނަ ފެރޯޒްކޯ ސިޓީގެ ބޭރުގައި ސަލާމަތީ ބާރުތަކުން ހިންގި އޮޕަރޭޝަންތަކުގައި ދާޢިޝްގެ ދެ ހަނގުރާމަވެރިން މަރާލެވިއްޖެ އެވެ.
ޒަބީހުالله މުޖާހިދު ނެރުނު ބަޔާނެއްގައި ވިދާޅުވީ މި އޮޕަރޭޝަން ހިންގީ ހުކުރު ދުވަހު (17 ރަބީ އަލް ތާނީ / 29 މިޒާން) ފެރޯޒްކޯ ސިޓީގެ މާކޯ ސަރަހައްދުގައި ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން ލޯކަލް ޚަވާރީޖުންގެ ގްރޫޕްގެ ލީޑަރު ވެސް މަރާލާފައިވާ ކަމަށާއި އަދި އޭނާ އާއި އެކު އޭނާގެ މުހިންމު އެއް އެކުވެރިއަކު ވެސް މަރާލެވިފައިވާ ކަމަށެވެ. މިދެންނެވި ގްރޫޕްގެ އެހެން ބައެއް މެންބަރުން ދިރިތިއްބާ ވަނީ އަތުލައިގަނެފައެވެ.
މުޖާހިދު އިތުރަށް ވިދާޅުވީ މިއީ މިދިޔަ ރަބީއުލްއަވަލް މަހުގެ ނުވަ ވަނަ ދުވަހު ޣޫރާއި ދައިކުނޑިއާ ދެމެދުގެ މަގުގައި 14 އަށް ވުރެ ގިނަ މީހުން މަރާލި ޖަމާއަތް ކަމަށާއި ކާބުލާއި ބަމިޔާންގައި ވެސް ބައެއް ހަމަލާތަކުގައި ބައިވެރިވި ޖަމާއަތެއް ކަމަށެވެ.
އަލްމިރްސަދުގެ ރިޕޯޓްތައް ކަށަވަރުކޮށްދެއްވަމުން ޒަބީހުالله މުޖާހިދު އަނެއްކާވެސް ވިދާޅުވީ އެ ޖަމާއަތަކީ ސީދާ ބަލޫޗިސްތާނުގައި ހުންނަ އައިއެސްގެ މަރުކަޒުތަކުން އިސްކޮށް ހަރަކާތްތެރިވާ ޖަމާއަތެއް ކަމަށާއި އެ ޖަމާއަތުގެ ޕްލޭންތައް ލިބުނީ އެތަނުން ކަމަށެވެ.