ލިޔުނީ: ހާރިތު އުބައިދާ
ސުލްޠާން މުޙައްމަދު (އަލްޕް އަރްސްލާން)
އަލްޕް އާސްލާން ވެރިކަމާ ހަވާލުވީ އޭނާގެ ދޮންބައްޕަ ޓޮގްރިލް ބެ މަރުވުމުން ކަމަށާއި، އޭނާ ވެރިކަމާ ހަވާލުވުމުން ގައުމުގައި ބައެއް މައްސަލަތައް ކުރިމަތިވި ނަމަވެސް، އަލްޕް އާސްލާން ވަނީ މި މައްސަލަތަކުން އަރައިގަނެފަ އެވެ. އަލްޕް އަރްސްލާނަކީ ވިސްނުންތޫނު ތަޖުރިބާކާރު ލީޑަރެއް އަދި އޭނާގެ ދޮންބައްޕަ ޓޮގްރިލް ބެއި ފަދަ ހިތްވަރުގަދަ ބޭފުޅެއް ކަމަށާއި، ގައުމުގެ ބޯޑަރުތައް ފުޅާކުރުމަށް އަމަލީ ފިޔަވަޅުތައް އެޅުއްވި ބޭފުޅެކެވެ.
ފުރަތަމަ ސެލްޖުކް ސަރުކާރުގެ ނުފޫޒުގެ ދަށުގައި އޮތް ބިންތަކުގައި އޭގެ ވެރިކަން ހަރުދަނާ ކުރެއްވުމަށްފަހު ބޭރު ދުނިޔެއާ ދިމާއަށް ވަޑައިގެންނެވިއެވެ. ސުލްޠާން އަލްޕް އަރްސްލާން އަބަދުވެސް ޝައުޤުވެރިވެވަޑައިގަތީ الله އަށްޓަކައި ޖިހާދުކުރުމަށާއި، އަވަށްޓެރި ކްރިސްޓިއަން ރަސްކަމުގައި އިސްލާމްދީން ފެތުރުމަށްޓަކައެވެ؛ އޭނާ އަބަދުވެސް މަސައްކަތް ކުރެއްވީ އަރްމީނިއާ އާއި ރޯމަނުންގެ ބިންތައް އިސްލާމީ ދައުލަތުގެ ބަޔަކަށް ހަދަން.
ހަގީގަތުގައި އޭނާއަކީ އިޚްލާޞްތެރި މުޖާހިދެއް ކަމަށާއި، އިސްލާމީ ޖިހާދަށް އޮތް ރޫޙާނީ ޝައުޤުވެރިކަމަކީ އަލްޕް އަރްސްލާނަށް ބޮޑެތި ކާމިޔާބީތަކެއް ހޯދައި، އޭނާގެ ޖިހާދީ އަމަލުތަކަށް ދީނީ ކުލައެއް ލިބުނު ހަމައެކަނި ސަބަބެވެ.
ސެލްޖުކް ދައުލަތުގެ މި ބޮޑު ލީޑަރަކީ މުޖާހިދެއް ކަމަށާއި، ކްރިސްޓިއަން ބިންތަކުގައި އިސްލާމްދީން ފެތުރުމަށްޓަކައި ބޮޑެތި ޤުރުބާނީތަކެއް ވެވަޑައިގެން، ބައިޒަންޓައިން ސަރުކާރުގެ ގިނަ ސަރަޙައްދުތައް އިސްލާމްދީނުގެ ދިދަ ދަށަށް ގެނެވި ބޭފުޅެކެވެ.
އަލްޕް އަރްސްލާންގެ ވެރިކަމުގައި ބޯޑަރުތައް ފުޅާކުރުމުގެ ކުރިން ހަތް އަހަރު ވަންދެން އޭނާގެ ސަރުކާރުގެ ބޭރު ސަރަހައްދުގެ ހާލަތު މުރާޖައާކޮށް، މި ސަރަހައްދުތައް ރައްކާތެރިކަން ޔަގީންވުމުން އޭނާގެ ބޮޑު އަމާޒު ހާސިލް ކުރުމަށް ރާވަން ފެށި އެވެ.
އޭނާގެ އަމާޒަކީ ސެލްޖުކް ދައުލަތުގެ ކައިރީގައިވާ ކްރިސްޓިއަން ބިންތައް ފަތަޙަކުރުމުގެ އިތުރުން، އުބައިދު ދައުލަތުގެ ނަމުންވެސް މަޝްހޫރު މިޞްރުގައި އޮތް ފާތިމީ ވެރިކަމުގެ ބާރު ނިމުމަކަށް ގެނައުމާއި، ޢައްބާސީ ޚިލާފަތާއި ސެލްޖުކް ދައުލަތުގެ ދިދަ ދަށުގައި މުޅި އިސްލާމީ ދުނިޔެ އެއްބައިވަންތަކުރުމެވެ. އަލްޕް އަރްސްލާން އޭނާގެ ނިޔަތް ތަންފީޒު ކުރުމަށްޓަކައި ބޮޑު ލަޝްކަރެއް ޖަމާކޮށް، މި ލަޝްކަރުގެ އިސްވެރިކަމުގައި އަރްމީނިއާ އާއި ޖޯޖިއާއަށް ހިނގައިގަނެ، މި ބިންތައް ފަތަޙަކޮށް، އޭނާގެ ކޮންޓްރޯލަށް ގުޅުވައިލިއެވެ.
އަދި މި ސަރަޙައްދުތަކުގައި އިސްލާމްދީން ފެތުރުމަށް މަސައްކަތް ކުރެއްވި ކަމުން، ހިޖުރައިން 414 ވަނަ އަހަރު އަރްސްލާން ކުރިއަށް ވަޑައިގެން ސީރިޔާގެ އުތުރު ސަރަޙައްދުތަކަށް ހަމަލާދީ، ޞާލިޙް ބިން މުރުދާސް ޢަލީ އުފެއްދެވި ހަލަބުގައި ޝީޢީ މުރަދުސީ ވެރިކަން ވަށާލެއްވިއެވެ.
ދެން އަލްޕް އަރްސްލާން ތުރުކީގެ ލީޑަރު އަތުނޭސް ބިން އުކް ޚްވަރަޒްމިއަން ފޮނުއްވައިގެން ސީރިޔާގެ ދެކުނަށް ހަމަލާދީ، ޚްވާރަޒްމިއަން ފާތިމީންގެ އަތުން ރަމްލާ އާއި ގުދުސް އަތުލައިގަތް ނަމަވެސް މިޞްރުގެ ބޯޑަރުތަކަށް ވަންނަ މުހިންމު ދޮރެއް ކަމަށްވާ އަސްކަލޯން ފަތަޙަ ނުކުރެވުނެވެ ސުލްޠާނާއެވެ.