ލިޔުނީ: އުޒައިރު އާޒިމް
ޝައްކެއްވެސްނެތްގޮތުގައި، ހުޅަނގުގެ ޑިމޮކްރަސީގެ ހަލަބޮލި ޓްރެޖެކްޓަރީއަށްފަހުވެސް، އަފްޣާނިސްތާން ދަތުރުކުރަމުން ދިޔައީ 1970 ގެ އަހަރުތަކުގެ މުސީބާތްތަކާ ދިމާއަށެވެ. ނަމަވެސް އައިއީއޭގެ ސިޔާސީ އަދި އަސްކަރީ ފިޔަވަޅުތަކާއި އިސްލާމީ ޝަރީއަތުގެ ހަގީގީ އުސޫލުތަކަށް އައިއީއޭ އިން ވަކާލާތު ކުރުން ވެގެން ދިޔައީ އަނެއްކާވެސް އަފްޣާނިސްތާން ސަލާމަތް ކުރުމުގެ ވަސީލަތަކަށެވެ. އެންމެ ދެ ހަފްތާގެ ތެރޭގައި އެގައުމުގައި ފެނުނީ އެތެރޭގެ ހަމަނުޖެހުންތަކަށް ނިމުމެއް ގެނައުމުގެ އިތުރުން އެފަދަ ޚިޔާލުތަފާތުވުންތަކުގެ ނުރައްކާ ދެން ނުޖެހޭނެކަން ކަށަވަރުކޮށްދޭ ވަރުގަދަ އަސްލު އިސްލާމީ ނިޒާމެކެވެ. މިއަދު އަފްޣާނިސްތާނުގެ ރައްޔިތުންނަށް ހުޅަނގުގެ ޑިމޮކްރަސީއާއި މުޤައްދަސް އިސްލާމީ ޝަރީޢަތުން އެމީހުންނަށް ގެނެސްދިން ކަންކަމާއި، އެމީހުންގެ ޝަރަފާއި ކަރާމާތް ރައްކާތެރިކުރެވިފައިވަނީ ކޮން ނިޒާމެއްގެ ދަށުންކަން ސާފުކޮށް ތަފާތުކުރެވޭނެއެވެ.
ކުރިން ފާހަގަކުރެވުނު ފަދައިން ޑިމޮކްރަސީއަކީ ހަމައެކަނި ހުޅަނގުގެ ޤައުމުތަކުން ބޭނުންކުރާ ޕްރޮޕެގެންޑާ ވަސީލަތެކެވެ. އެމީހުން ވަނީ އިސްލާމީ ދުނިޔޭގެ ވަކި ހަރަކާތްތަކާއި ލީޑަރުން އޮޅުވާލުމަށް ތަކުރާރުކޮށް މަސައްކަތްކޮށް، އެމެރިކާގެ ޔުނިވާސިޓީތަކުން ޑިގްރީ ހާސިލްކޮށްފައިވާ މީހުން ވެރިކަމަށް ގެނެސް، އިސްލާމީ ޖުމްހޫރިއްޔާތަކާއި ޑިމޮކްރެޓިކް ޝިއާރުތަކުގެ ނިވާކޮށްގެން ތަޚުތަށް ބަހައްޓާފައެވެ.
ހިތާމައަކީ މި ލީޑަރުންގެ ތެރެއިން ބައެއް ލީޑަރުން ޑިމޮކްރަސީގެ ނުފޫޒަށް ބޯލަނބާ، އެކަމަށް ތައުރީފުކޮށް، “އިސްލާމީ ޑިމޮކްރަސީ” ފަދަ ލަފުޒުތައް ތައާރަފްކޮށްފައިވާތީ އެވެ. މިސާލަކަށް 1992 ވަނަ އަހަރު ސިޔާސީ އަރުވާލެވިފައިވާ ދުވަސްވަރު ޓިއުނީޝިއާގެ އިސްލާމީ ލީޑަރު ރަޝީދު އަލް ޣަނޫޗީ ލަންޑަން އޮބްޒަރވަރ އަށް ދެއްވި އިންޓަވިއުއެއްގައި ފާހަގަކުރެއްވިއެވެ.
“ޑިމޮކްރަސީއަށް އިޝާރާތް ކުރަނީ ހުޅަނގުގައި އަމަލުކުރާ ވެރިކަމުގެ ލިބަރަލް މޮޑެލްއަށް ނަމަ- މީހުން މިނިވަންކަމާއެކު އެމީހުންގެ މަންދޫބުންނާއި ލީޑަރުން އިންތިޚާބުކުރާ ނިޒާމެއް ނަމަ، އަދި މިނިވަންކަމާއި ބާރާއި އިންސާނީ ހައްގުތައް ރައްޔިތުންނާ ހަވާލުކުރާ ނިޒާމަކަށް- އޭރުން މުސްލިމުންނަށް އެމީހުންގެ ދީނުން އެއްވެސް ކަމެއް ނުފެންނާނެ.” އެއީ ޑިމޮކްރަސީއާ ފުށުއަރާ ކަމެއް ވެސް ނޫނެވެ.
ހިތާމައަކީ، މިޒަމާނުގެ ދުނިޔޭގައި އިސްލާމީ މަޤްޞަދުތައް ޙާޞިލުކުރުމަށް ޑިމޮކްރަސީއަކީ އެކަށީގެންވާ ވަސީލަތެއް ކަމަށް ދެކި، މުސްލިމް އެހެން ގިނަ ލީޑަރުންވެސް މިފަދައިން ހުޅަނގުގެ ނުފޫޒުތައް ގަބޫލުކޮށްފައިވެއެވެ. ނަމަވެސް އެމީހުންނަށް ފުން ހަގީގަތެއް ދެނެގަތުމަށް ނާކާމިޔާބުވެއެވެ: އިސްލާމްދީނުގައި އެއަށް ތަބާވާ މީހުންނަށް އިންސާނުން އުފެއްދި ޤާނޫނުތަކަށް ތަބާވުން ސާފުކޮށް މަނާކޮށް، އޭގެ ބަދަލުގައި އިލާހީ އަދި ސުވަރުގެވަންތަ ޤާނޫނަށް ހަރުކަށިކޮށް ތަބާވުމަށް ގޮވާލައެވެ. އިންސާނީ ބުއްދިއާއި ފަންނުވެރިކަމަށްވުރެ މޮޅު މި ޤާނޫނަކީ، އިންސާނިއްޔަތުގެ ރޫޙާނީ އަދި ޖިސްމާނީ ބޭނުންތަކަށް، އެ ބޭނުންތަކުގެ ވުޖޫދުގެ ހުރިހާ ކަމެއް ބެލުމަށްފަހު، ފުރިހަމައަށް ޙައްލުކޮށްދޭ ޤާނޫނެކެވެ.
ނިންމާލަމުން ގަބޫލުކުރަންޖެހޭ ކަމަކީ އަފްޣާނިސްތާނުގެ އިސްލާމީ އަމީރާތުން ބޭރުގެ އަދި ހުޅަނގުގެ މޮޑެލްތަކާ ދެކޮޅު ހަދާކަމެވެ. ދިގު ޒަމާންތަކެއް ވަންދެން އަފްޣާނިސްތާނުގެ އެތެރޭގެ ހަމަނުޖެހުންތަކުގެ އަސްލަކީ ސާފު އިސްލާމީ ނިޒާމެއް ނެތުމެވެ. ލިބަރަލް ނުވަތަ ހުޅަނގުގެ ޑިމޮކްރެޓިކް އުސޫލުތައް ތަންފީޒުކުރުމަކީ ކުރެވޭނެ ހައްލެއް ނަމަ، އެކަމުގެ ސަބަބުން އަފްޣާނިސްތާނަށް ކުރިން ވެސް ސުލްހަ ލިބިގެން ދިޔައީސް. ނަމަވެސް ތާރީޚުން ފެންނަނީ އެހެން ގޮތެކެވެ.
އަފްޣާނިސްތާނަށް ދެމިއޮންނަ ސުލްހައާއި ހަމަޖެހުން ލިބޭނީ އިސްލާމީ ޝަރީޢަތް ޤާއިމުކޮށް ތަންފީޒު ކުރުމުންނެވެ. އިސްލާމީ އަމީރާތުގެ މުހިންމު ވަރުގަދަ ކަމަކީ އާބާދީގެ ރޫޙާނީ އުންމީދުތަކަށް އިޙްތިރާމް ކުރުމެވެ. ހުޅަނގުގެ ފިކުރުތަކުގެ ނުފޫޒު ފޯރާފައިވާ ފަރުދުންގެ ކުޑަ މައިނޯރިޓީއެއް ފިޔަވައި، އަފްޣާނިސްތާނުގެ ގިނަ ބަޔަކު ޑިމޮކްރަސީގެ އަޚްލާޤީ އުނިކަންތަކާއި އޭގެ ޒާތުގައި ހުރި ބަލިކަށިކަންތައްތައް ވަރަށް ބޮޑަށް އެނގި، އެކަމާ ވަރުގަދައަށް ދެކޮޅު ހަދައެވެ.