ލިޔުނީ: މުބާރިޒް ހެރަވީ
އައިއެސް އިން ފައިސާ ހޯދީ ރަހީނުކުރުމާއި، އަގުހުރި ތަކެތި ލޫޓުވުމާއި، ތެލާއި ގޭސް ވަގަށް ނެގުމާއި ވިއްކުމަށެވެ؛ އަދި ފަނާކުރަނިވި އެޖެންޑާއަށް ފައިނޭންސް ކުރުމަށްޓަކައި އެހެނިހެން ގިނަ ގޮތްތަކެއް ވެސް ބޭނުންކުރި އެވެ.
މިފަދަ އެއް ގޮތަކީ ޣައިރު މުސްލިމުންގެ އަތުން “ޖިޒްޔާ” ގެ ނަމުން މަޝްހޫރު ޓެކްސްއެއް ނެގުމާއި، އަންހެނުންނާއި ކުޑަކުދިން އަޅުންނާއި އަޅުވެތިންގެ ގޮތުގައި ވިއްކުން- އައިއެސްއަށް އާމްދަނީ ލިބޭ އަނެއް މަސްދަރެވެ.
މި ޣައިރު ޤާނޫނީ ޢަމަލުތަކަށް ދީނީ ސިފައެއް ދިނީ، އެމީހުންގެ ކޮރަޕްޓް ޢިލްމުވެރިން ނެރުނު ފަތުވާތަކުގެ ތެރެއިން، އެފަދަ ޢަމަލުތައް ހުއްދަ ކަމަށް ޖަސްޓިފައިކޮށް، އެމީހުންގެ އެހެން ނާޖާއިޒު ޢަމަލުތަކާ އެއްގޮތަށެވެ.
އައިއެސް އިން “ޚިލާފަތު” އާއި “އިސްލާމީ ވެރިކަން” ގެ ނަންތައް ބޭނުންކޮށްގެން، އެހެން ދީންތަކަށް ތަބާވާ މީހުން ވެސް ދިރިއުޅޭ ސިޓީތަކުގައި ޖިޒްޔާ ކުރުމަށް ޑިމާންޑް ކުރި އެވެ.
އެ ދުވަސްވަރު އިރާގުގެ މޫސަލްގައި މި ބަދުނާމު މަގުފުރެދިނުން މިސްކިތްތަކުގެ އިއުލާންތަކުގެ ތެރެއިން ކްރިސްޓިއަނުންނަށް ތިން ގޮތެއް ހުށަހެޅި އެވެ.
އަޅުންގެ ބާޒާރުތަކުގައި ހަލަބޮލިވެފައި ހުރުމަކީ މި އަނދިރި ހިތުގެ ފަރުދުންނަށް އާމްދަނީގެ އަނެއް މަސްދަރެކެވެ. އިސްލާމީ ޝަރީޢަތުގެ ނިވާކޮށްގެން ދޮގުކޮށް ޙައްޤު ކުރެވިފައިވާ މި ބާޒާރުތަކަކީ އިސްލާމްދީނާ އެއްވެސް ޙަޤީޤީ ގުޅުމެއް ނެތް ބާޒާރުތަކެކެވެ.
ހަގީގަތުގައި އިސްލާމްދީން ބާވައިލެއްވީ މުޖުތަމަޢުތަކުން އަޅުވެތިކަން ނައްތާލައި، ފަރުދުން އެމީހުންގެ ޠަބީޢީ މިނިވަންކަމުގެ ޙާލަތަށް އަނބުރާ ގެނައުމަށެވެ. ނަމަވެސް މިޒަމާނުގެ ޚަވާރިޖުން އިސްލާމީ އުޞޫލުތައް އޮޅުވާލައި، އިސްލާމްދީނުގެ އަސާސްތައް ފުނޑުފުނޑުކޮށްލުމަށްޓަކައި އޭގެ ނަން ބޭނުންކުރިއެވެ.
ހިއުމަން ޓްރެފިކިންގެ މި މާކެޓްތަކުގެ ތެރޭގައި، ނާޒުކު އަދި މައުސޫމް މުސްލިމް އަންހެނުންނާއި ކުޑަކުދިންގެ އިތުރުން ޣައިރު މުސްލިމުންގެ ވިޔަފާރިކޮށް، އައިއެސްގެ އިސްލާމްދީނާ ދެކޮޅު ސިޔާސަތުތަކުގެ ޝިކާރައަކަށް ވެވުނެވެ.
2015 ވަނަ އަހަރު “ޑެއިލީ މެއިލް” އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އަފްޣާނިސްތާން، ޕާކިސްތާން، ޗެޗްނިއާ، އަދި ލީބިޔާގެ އަންހެނުން ވެސް އައިއެސްގެ ޖިންސީ އަޅުވެތިކަމުގެ މާކެޓްތަކަށް ގެނެސްފައިވެ އެވެ.
މި ވާހަކަ ތަކުރާރުކޮށް ކަށަވަރުކޮށްދިނީ އައިއެސްގެ އަތްދަށުން ފިލައިގެން ދިއުމަށް ކާމިޔާބު ހޯދި ގައިދީންނެވެ. އިރާގުގެ މޫސަލް އާއި ސީރިއާގެ ރައްގާގައި ހުންނަ މި މާކެޓްތަކަކީ ބޮޑު އާމްދަނީއެއް ހޯދުމުގެ މަސްދަރެއްގެ ގޮތުގައި ނޫނީ އައިއެސްގެ އޮޅުވާލެވިފައިވާ ބާރުތައް ލޯބިޖައްސައި މޮޓިވޭޓް ކުރުމުގެ ވަސީލަތެއްގެ ގޮތުގަ އެވެ.