ލިޔުނީ: އަލީ އަންސާރު
އާންމު ގޮތެއްގައި ވެރިކަން ހިންގުމާއި، މީހުން ހޯދުމާއި، ދެމެހެއްޓެނިވި ދައުލަތެއް ޤާއިމުކުރުމަށް ކޮންމެހެން ބޭނުންވާ އެއް ޝަރުތަކީ އާބާދީއާއެކު ހެޔޮ ގުޅުންތައް ބާއްވައި، އާންމުންގެ ފުޅާ ތާއީދެއް ހޯދުމެވެ. ޖަމާއަތަކަށް ވެރިކަން ދެމެހެއްޓޭނީ، ރައްޔިތުންގެ ތާއީދު ހޯދައި، އެމީހުންގެ އެންޑޯސްމަންޓް ލިބި، ވަރުގަދަ ތަނބެއްގެ ގޮތުގައި އާންމު ރައްޔިތުންނާ ވަރުގަދައަށް ގުޅިގެންނެވެ.
އަދި އެއާ ޚިލާފަށް، ހަރުކަށި ފިކުރު، ރެޑިކަލިޒަމް، އަދި އަނިޔާވެރި އަމަލުތަކަކީ ދުވަހަކުވެސް ދެމިއޮންނަ ވެރިކަމުގެ އަސާސެއްގެ ގޮތުގައި ނުވެވޭނެއެވެ. މީހުން ކާމިޔާބު ކުރެވެނީ އޯގާތެރިކަމާއި، ރަނގަޅު ސުލޫކާއި، ހެޔޮ މުޢާމަލާތްތަކުގެ ތެރެއިން- އަނިޔާވެރިކަމާއި އުދުވާނީ އަމަލުތަކުގެ ތެރެއިން ނޫނެވެ. އާބާދީއާ މެދު ގޯސްކޮށް އަމަލުކުރާ ނުވަތަ އެމީހުންގެ ތާއީދު ނުލިބިއްޖެނަމަ ވެރިކަން ގާއިމްކުރުމަށް ނުވަތަ ދެމެހެއްޓެނިވި ދައުލަތެއް އުފެއްދުމަށް އުނދަގޫވާނެކަން ސާފުވެއެވެ.
އަފްޣާނިސްތާނުގެ ރައްޔިތުންނަކީ މެދުމިނުގެ ޠަބީޢަތެއްގެ ގޮތުގައި މަޝްހޫރު ބައެކެވެ. ތާރީޚީ ހެކިތަކުން މި ހަގީގަތް ސާބިތުކޮށްދެއެވެ: ބާރުގަދަ ތިން ސަރަޙައްދެއް ގަދަކަމުން އަފްޣާނިސްތާން ކޮންޓްރޯލް ކުރަން މަސައްކަތް ކުރި ނަމަވެސް އެންމެ ފަހުން އެކަން ނާކާމިޔާބުވިއެވެ. އެމީހުންނަށް އެތަނުގެ ރައްޔިތުންގެ ޢަޤީދާތަކަށް ބަދަލެއް ގެނައުމާއި، އެމީހުންގެ ކެތްތެރި ރޫޙު ބަލިކަށިކުރުމާއި، ބޭރުގެ ފިކުރުތައް ތަންފީޒުކުރުމުގެ ފުރުޞަތު ނުލިބުނެވެ. އޭގެ ބަދަލުގައި އެމީހުން ފަހަތަށް ޖެހިލީ ބަލިވުމާއި ބަދުނާމުގައެވެ. މިއީ ދީންވެރި އަފްޣާނިސްތާނުގެ ރައްޔިތުން އެމީހުންގެ ޢަޤީދާތަކުގައި ސާބިތުވެ ތިބޭ ކަމާއި، ހަރުކަށި ފިކުރު ނުވަތަ އަނިޔާވެރި އަމަލުތަކުން އެމީހުންގެ ޤަބޫލުކުރުންތަކަށް ބާރު ނުފޯރުވޭނެ ކަމުގެ ހެއްކެކެވެ.
ހަރުކަށި ފިކުރުގެ އަދި ޕްރޮކްސީ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އައިއެސް އިން ގިނަ ދުވަސްތަކެއް ވަންދެން އަމާޒު ހިފާފައި ވަނީ އަފްޣާނިސްތާނުގެ ދީނަށް ލޯބިކުރާ، މުސްލިމް އަދި މިނިވަންކަމަށް ލޯބިކުރާ ރައްޔިތުން އެ ޖަމާއަތުގެ އަނިޔާވެރި ވެރިކަމުގެ ދަށުގައި އަޅުވާލުމަށެވެ. އަމިއްލައަށް ޚިލާފަތެއް ކަމަށް ބުނާ ނަމުގައި ހިންގާ އެމީހުން މަސައްކަތް ކުރަނީ ހުޅަނގުގެ މަސްލަހަތަށް ހިދުމަތްކުރާ ޕަޕެޓް ސަރުކާރެއް ތާއީދުކޮށް، ހުޅަނގުގެ ގޯސް ފިކުރުތައް އިސްލާމްދީނުގެ ނަމުގައި ޕްރޮޕަގޭޓް ކުރުމަށެވެ.
އައިއެސް އިން މިހާރު ހިނގަމުންދާ އިސްލާމީ ނިޒާމާ ދެކޮޅަށް ބަޣާވާތްކޮށް އެ ނިޒާމާ ދެކޮޅަށް ހަތިޔާރު އެޅި ހަނގުރާމައެއް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ. އެބޭފުޅުންގެ އިދިކޮޅު ކަމަކީ ހަމައެކަނި އިސްލާމީ އަމީރާއަށް ނިސްބަތްވާ ކަމެއް ނޫނެވެ؛ އެމީހުން ވަނީ ދުނިޔޭގެ ކޮންމެ ޖިހާދީ އަދި އިސްލާމީ ހަރަކާތަކާ ދެކޮޅަށް ތެދުވެފައެވެ. އިސްލާމްދީނުގެ ބޮޑެތި ޢިލްމުވެރިންނާއި، ފިޤުހު ޢިލްމުވެރިންނާއި، ފިކުރީ ޢިލްމުވެރިންނާމެދު އެބައިމީހުން ކުރާ އަނިޔާތަކުގެ މައްޗަށް އެބައިމީހުންގެ ލޭ އޮހޮރިފައިވާ އަތްތަކުން ހެކިދެއެވެ. ތަކުރާރުކޮށް އެމީހުންގެ ނަފްރަތު އުފެދޭ އަމަލުތަކުން އިސްލާމްދީނުގެ ސާފު މަތިވެރި ސޫރަ ކިލަނބުކޮށްލާފައިވެއެވެ.
ހަރުކަށި އަދި ރެޑިކަލް ޑޮކްޓްރިންތަކާއެކު އައިއެސް އިން އުންމީދު ކުރަނީ އަފްޣާނިސްތާނުގެ ދީނަށް ލޯބިކުރާ ރައްޔިތުންގެ ވެރިކަން ކުރުމަށެވެ. ތިރީގައި މިވަނީ އަފްޣާނިސްތާނުގެ އިޙްތިރާމް ލިބިގެންވާ ބިމުގައި ވެރިކަން ކުރުމަށް އައިއެސްއަށް ނާޤާބިލު ބައެއް ސަބަބުތަކެވެ.
1. އަނިޔާވެރިކަމާއި ބާބަރިޒަމް
އަނިޔާވެރިކަމާއި ވަލު ޖަނަވާރުކަމަކީ އައިއެސްގެ ޖާދޫގައި ވެސް އެކުލެވިގެންވާ ކަމެއްކަން ފާހަގަ ކުރެވެއެވެ. ކޮންޓްރޯލް އަތުލައިގަތް ކޮންމެ ތަނެއްގައި ވެސް އާބާދީއާ ދެކޮޅަށް ކެތްތެރިކަމެއް ނެތި ފަހަތަށް ނުޖެހޭ އަނިޔާވެރި އަމަލުތައް ހިންގާފައިވެ އެވެ.
އައިއެސްގެ މުޅި އަނދިރި ތާރީޚުގައި ވެސް ފެނިފައިވަނީ ހަމައެކަނި ބާބަރިޒަމް އެވެ. އެމީހުންގެ ވެރިކަމުގެ ދަށުގައިވާ ސީރިޔާއާއި އިރާގުގެ ސަރަހައްދުތަކުގައި ތަކުރާރުކޮށް ޤަތުލުއާންމުތައް ހިންގިއެވެ. އެމީހުން ކެތްތެރިކަމެއް ނެތި މައުސޫމް އަދި ނިކަމެތި ފަރުދުން ޖަސްޓިފިކޭޝަނެއް ނެތި ކަތިލިއެވެ. މި އަނިޔާވެރިކަންތައް ހިނގާފައިވަނީ ހަމައެކަނި ސީރިއާ އާއި އިރާގަށް ނޫނެވެ؛ އަފްޣާނިސްތާނުގެ ނަންގަރްހާރު ޕްރޮވިންސްގައި ފުރަތަމަ އުޅުނު ދުވަސްވަރު ވެސް އެމީހުން ވަނީ ގުނާ ނުލެވޭ ބިރުވެރި ކަންތައްތަކެއް ހިންގާފައެވެ.
ނުނިމޭ…